Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް އުފެދުނު ގޮތް

ކޮވިޑް ވެކްސިނަކީ ޗައިނާގެ މިލިޓަރީ ސައިންޓިސްޓު ޔުސެން ޖާއޯގެ އެއްޗެއް ކަމަށް ދައުވާކުރި– ރިޕޯޓްތައް

ޔުސެން ވަނީ އޭނާ ކޮވިޑަށް ވެކްސިނެއް އުފައްދާފައިވާ ކަމަށް 24 ފެބްރުއަރީ 2020ގައި ހާމަކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 9 ޖޫން 2021 | ބުދަ 12:19
ވޫހާން- ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭން އެންމެ ފުރަތަމަ ފެނުނު ސިޓީ

ވޫހާން- ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭން އެންމެ ފުރަތަމަ ފެނުނު ސިޓީ

ކޮވިޑަށް ޗައިނާއިން އުފެއްދި ވެކްސިނަކީ އެގައުމުގެ މިލިޓަރީ އޮފިސަރު ޔުސެން ޖާއޯ އެއްޗެއް ކަމަށް ބުނެފައިވަނިކޮށް ކުއްލި ގޮތަކަށް އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުސެން ވަނީ އޭނާ ކޮވިޑަށް ވެކްސިނެއް އުފައްދާފައިވާ ކަމަށް 24 ފެބްރުއަރީ 2020ގައި ހާމަކޮށްފައެވެ. އެކަމަކު އޭގެ ހަފްތާތަކެއް ފަހުން އޭނާ ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް ބުނެއެވެ.

ޗައިނާގެ ވޫހާން ސިޓީން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު ޕެންޑަމިކެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ނިންމާފައިވަނީ 11 މާރޗް 2020 ގައެވެ.

އެހެން ކަމުން ޔުސެން ހާމަކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އޭނާވަނީ ޑަބްލިއުއެޗްއޯއިން ކޮވިޑްގެ ބަލިމަޑުކަން ޕެންޑަމިކެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން ވެކްސިން އުފައްދާފައެވެ. އަދި މިއީ ޗައިނާއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފައްދާފައިވާ ވެކްސިނެއްކަން ވެސް ހާމަވެއެވެ.

ފިލިންޑަރސް ޔުނިވަރސިޓީގެ ޕްރޮފެސަރ ނިކޮލައި ޕެޓްރޮސްކީ ވިދާޅުވީ، މި ލިޔެ ކިޔުމަކީ ކޮވިޑް އުފެދުނު ގޮތް ހޯދުމަށް ލިބުނު ކުރިއެރުމެއް ކަމަށާއި، ޗައިނާއިން ކޮވިޑް ފެނުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެކްސިން އުފައްދާފައިވުން އެއީ އެކަމާ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މިއީ ކުރީއްސުރެ އުފައްދަން މަސައްކަތް ކޮށްފައިވާ ވެކްސިނެއްކަން ހާމަވާ ކަމަށް ޕެޓްރޮސްކީ ވިދާޅުވިއެވެ.

މީގެ ކުރިން ޑަބްލިއުއެޗްއޯ އަދި އެމެރިކާއިން ވެސް ވަނީ ޗައިނާއިން ކޮވިޑް އުފެދުނު ގޮތް އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އެހެން ނަމަވެސް ޑަބްލިއުއެޗްއޯގެ ޓީމެއް ވަނީ ޗައިނާގެ ވޫހާނަށް ގޮސް ވައިރަސް އުފެދުނު ގޮތް ދެނެގަތުމުގެ ގޮތުން ދިރާސާތަކެއް ކޮށްފައެވެ.

ކޮވިޑް-19ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު