Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ފުރައްސާރައާ ދެކޮޅަށް ކުރި މުޒާހަރާ

މޭޑޭ މުޒާހަރާގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނީފޯމު ހުރީ ގާނޫނުގައިވާ މިންގަނޑަށް- މިނިސްޓަރ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމު ކުރެއްވި ސުވާލުތަކުގެ ޖަވާބު މިނިސްޓަރ ވަނީ ސިޓީއަކުން ދެއްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ޖޫން 2021 | ބުދަ 07:38
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނީފޯމު ހުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށް، ސަރވިސް ނަމްބަރު ފެންނަ ގޮތަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޭޑޭގައި ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރާ ސުވާލުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމު ކުރެއްވި ސުވާލުތަކުގެ ޖަވާބު މިނިސްޓަރ ވަނީ ސިޓީއަކުން ދެއްވާފައެވެ. މި ސިޓީ އިއްވާފައިވަނީ މަޖިލީހުގެ އަމީންއާންމެވެ.

މެންބަރު މީކާއިލް މައިގަނޑު ތިން ސުވާލެއް ކުރައްވާފައިވާއިރު ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލުން އަމަލުނުކުރަނީ ކީއްވެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރާ ޖިނާއީ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަބަދުވެސް ހާމަކުރަމުން ދަނީ ތަފާތު ކުރުމެއް ނެތި އަމަލުކުރެވޭ އެއް އުސޫލެއްގެ މަތިން ކަމަށެވެ.

މިގޮތުން ވަނަވަރު އާންމުކުރާއިރު ޖިނާއިީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުށުގެ ތަބީއަތާއި ކުށުގެ ކުޑަބޮޑުމިނާއެކު އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއާއި، އެމީހަކީ ތަކުރާރުކޮށް ކުށުގެ އަމަލުކުރުމުގެ ރެކޯޑު އޮތް މީހެއްތޯއާއި އެ ކުށުގެ އަމަލަކާ މުޅި މުޖްތަމައުގެ މަސްލަހަތު ގުޅިފައިވާ މިންވަރާ މިފަދަ ކަންކަމުގެ މައްޗަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާގެ ވަނަވަރާއި އެ މައްސަލައަކާ އެ މީހާއާ އޮތް ގުޅުން ބަލައި މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ހިނގަމުންދާ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މައުލޫމާތު ހިއްސާކުރާއިރު ބަލާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 1 މެއި 2021 ވަނަ ދުވަހު ރަސްފަންނުގައި ޖިންސީ ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގައި އަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލައިގެ ތަހުގީގު ނިންމައި ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައާ މެދު ގޮތް ނިންމުމުގެ މަރުހަލާ ހިނގަމުން ދާ ކަމަށެވެ.

މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބޮޑީ ކެމެރާ ބޭނުން ކުރުމަކީ ޕޮލިސީ ލެވަލްގައި އެކަން ކުރަން ނިންމާ ކެމެރާތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމެއް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޕެންޑަމިކާ ގުޅިގެން ބަޖެޓުން އެ ޚަރަދު ނުކުރެވުމާ ގުޅިގެން 2021 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާ ކަމަށެވެ.

އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ހިންގައި ރިލައިބިލިޓީއަށް ބަލައި އެމެރިކާއިން ކެމެރާ ހޯދުމަށް ޓެންޑަރ ބޯޑަށް ހުށަހެޅުމުން އެކަން އެގޮތަށް ކުރަން ނުފެންނަކަމަށް ޓެންޑަރ ބޯޑުން 5 މެއި 2021 ވަނަ ދުވަހު ނިންމާފައިވާ ކަމަށާއި ބޮޑީ ކެމެރާތައް ހޯދުމަކީ މިއަހަރުގެ ތެރޭގައި މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެސް ޓާގެޓެެއް ކަމަށެވެ.

މިނިސްޓަރ އިމްރާންމިނިސްޓްރީ އޮފް ހޯމް އެފެއަރޒްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު