Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުން

މި މަހު ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ހަވާލު ކުރެވޭނެ - ރައީސް

9 ޖޫން 2021 | ބުދަ 04:33

ބްރިޖްގެ ޓެންޑާ ނިމި، އިވެލުއޭޝަން މަސައްކަތް ނިމުމަކާ ހަމައަށް ވަނީ ގޮސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޖޫން 2021 | ބުދަ 04:33
ގްރޭޓަރ މާލެ

ގްރޭޓަރ މާލެ

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފެށުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް ވަނީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލައި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ ޓެންޑާ ނިމި، އިވެލުއޭޝަން މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބްރިޖު އިވެލުއޭޓުކޮށް ނިންމައި ވަކި ބަޔަކާ ހަވާލުކުރެވި، ބްރިޖްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މި މަސް ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސަތްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމުން އެބޭންކާއެކު ބާއްވާ ބައްދަލުވުންތައް ލަސްވުމުގެ ސަބަބުން ބްރިޖްގެ މަސައްކަތަށް ވެސް ލަސްތަކާ ކުރިމަތިލާންޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ވެސް މިމަޝްރޫއަށް ލަސްތަކެއް ކުރިމަތިވިކަމަށް ރައީސް ވިދާޅުވިއެވެ.

އެގްޒިމް ބޭންކުުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމުން، ބްރިޖްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވޭނީ އިންޑިއާގެ ކުންފުންޏަކަށެވެ. ގުޅީފަޅުގައި ޕޯޓު އެޅުމަށް އިތުރަށް ހިއްކަން ޖެހޭބައެއް އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ފައިނޭންސް ރެއިޒްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ/ މިޕޯޓުގެ މަސައްކަތް ވެސް ކުރާނީ އިންޑިއަން އެގްޒިމް ބޭންކުގެކްރެޑިޓް ލައިންގެ ދަށުންނެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށްވަނީ ނިންމާފައެވެ. މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭއާއި، ބްރިޖްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ކުރަމުންދާއިރު، މިޕްރޮޖެކްޓާއެކު ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ ބޮޑު ބަދަލެއް އަންނާނީ ގުޅިފަޅަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު، ވިޔަފާރީގެ ގޮތުންވެސް ގުޅިފަޅުވެގެންދާނީ ސަރަޙައްދުގެ އިޤްތިޞާދީ މައި ހަބަށެވެ. މިބޮޑު މަންޒަރު ގުޅެނީ ގްރޭޓަރ މާލެ ކަނެކްވިޓީ ބްރިޖްގެ މަޝްރޫޢާއެވެ. ގުޅިފަޅާއި ބްރިޖް ގުޅާލައި ސަރަޙައްދު ހިމެނޭހެން 6 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންވަނީ ކުރިއަށްގެންގޮސްފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްރައީސް ސޯލިހު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2023

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ޖޮއިންޓް މޮނިޓަރިން ކޮމިޓީން ބައްދަލުކޮށްފި

24 އޮކްޓޯބަރު 2023
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ޖޮއިންޓް މޮނިޓަރިން ކޮމިޓީން ބައްދަލުކޮށްފި
01 ޖޫން 2022

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

01 ޖޫން 2022
ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
13 މާރިޗު 2022

ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް

13 މާރިޗު 2022
ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާއިން - ރައީސް ޞާލިޙް
13 މާރިޗު 2022

ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް

13 މާރިޗު 2022
ރަޝިޔާ - ޔޫކްރެއިން ހަނގުރާމައާގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މިއަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން - ރައީސް
13 މާރިޗު 2022

މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން

13 މާރިޗު 2022
މިދިޔަ 2 އަހަރު ތެރޭގައި ރާއްޖޭގެ އިގުތިސާދަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން
08 މާރިޗު 2022

ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

08 މާރިޗު 2022
ޓެރަރިޒަމާ ގުޅޭ އިންޓެލް މައުލޫމާތު ރައީސަށްވެސް ހުށަހަޅަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
04 މާރިޗު 2022

އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން

04 މާރިޗު 2022
އޮޕަރޭޝަނަށްފަހު ރައީސް ޞާލިޙްގެ ފުރަތަމަ ފެނިލުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް