Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށު ފަތުރުވެރިކަން ކުރިއެރުވުން

އިތުރު 3 އަތޮޅެއްގައި ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް މަޝްވަރާކޮށްފި

9 ޖޫން 2021 | ބުދަ 04:09

މިނިސްޓްރީން ދަނީ ވަކިވަކި އަތޮޅުތަކުގެ ކައުންސިލްތަކާއި މަޖިލިސް މެމްބަރުންނާ ބައްދަލުކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ޖޫން 2021 | ބުދަ 04:09
ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ ވަރޗުއަލް ބައްދަލުވުންތަކުގެ ތެރެއިން

ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ ވަރޗުއަލް ބައްދަލުވުންތަކުގެ ތެރެއިން

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން އިތުރު ތިން އަތޮޅެއްގެ ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަޝްވަރާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ބާއްވަމުންދާ މަޝްވަރާ ބައްދަލަވުންތަކުގެ ދަށުން ނ. ރ. އަދި ބ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާ ތިން ދުވަހުގެ މަތިން ބައްދަލުކޮށްފައެވެ. ވަރޗުއަލްކޮށް ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގެ ތެރެއިން ނ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާ އެކު ބައްދަލުވުން ބާއްވާފައި ވަނީ ޖޫން ހަ ވަނަ ދުވަހުއެވެ. އަދި ރ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާ އެކު ޖޫން ހަތް ވަނަ ދުވަހު ބައްދަލުވުން ބާއްވާފައިވާއިރު، ބ. އަތޮޅުގެ ރަށު ފަތުރުވެރިކަމުގެ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ޖޫން 8 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުންތަކުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި އެ މިނިސްޓްރީގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިގެން ދަނީ ރަށު ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފަތުރުވެރިކަމުން ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކައުންސިލްތަކާ އެކު މިނިސްޓްރީއަށް މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަތުރުވެފަތުުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ރަށު ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާކުރެއެވެ.

އޭގެ އިތުރުން ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ހަ ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅުންހުރި ފަތުރުވެރިކަމުގެ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު، ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރުމާއި ފަތުރުވެރިކަމުގެ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމަށް ގެނެވުުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލައެވެ. އަދި ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތަކުގެ ބީލަމުގެ މަސައްކަތްތަކުގެ ވާހަކަ އާއި އެ އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަޕްޑޭޓެއް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެއެވެ.

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިކަމަށް ހާއްސަ ޔުނިޓެއް ގާއިމުކޮށް އެ ޔުނިޓުން ވަކިވަކި އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވަމުންދާ އިރު، މިއީރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތެކެވެ.

ޓޫރިޒަމް މިނިސްޓްރީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
30 އޮކްޓޯބަރު 2023

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި

30 އޮކްޓޯބަރު 2023
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި
07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
06 އޮކްޓޯބަރު 2023

ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!

06 އޮކްޓޯބަރު 2023
ޓާގެޓް ހާސިލް ކުރަން ތިން މަހުން 5 ލައްކައެއްހާ ފަތުރުވެރިން ބޭނުންވާނެ!
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
18 ސެޕްޓެމްބަރު 2023

ރިސޯޓް ކުއްޔާއި ކުލީގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރޭ، ކުޑަކުރީ ޖޫރިމަނާގެ ރޭޓް: ސަރުކާރު

18 ސެޕްޓެމްބަރު 2023
ރިސޯޓް ކުއްޔާއި ކުލީގެ ޖޫރިމަނާ އެއްކޮށް މަޢާފެއްނުކުރޭ، ކުޑަކުރީ ޖޫރިމަނާގެ ރޭޓް: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް