Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޞާލިޙުގެ މައްޗަށް ކުރި ތުހުމަތު

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެޔަށް ހުރަސް ނާޅާނެކަން"

ހަމަލާދިން ބަޔަކާއި މިކަމުގެ ފަހަތުގައި ތިބި ބައެއް ހޯދައި އެކަމުން ގައުމު ސަލާމަތްކުރަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 15:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރު ނުކުރަން އިސްވެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޗެއާޕާރސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ޙަސަން ލަޠީފު މެދުވެރި ކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޕޯސްޓް ކުރި މެސެޖެއްގައިވަނީ، ރައީސުލް ޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އަސްކަރިއްޔާގެ ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެމަނިކުފާނަށް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިއްރުކުރަން މަސައްކަތް ކުރައްވަނީ ކޮންކަމެއްތޯ ވިދާޅުވެ، އެ މެސެޖްގައި ސުވާލު އުފައްދަވާފައިވެއެވެ. ޙަސަން ލަޠީފު މެދުވެރި ކުރައްވައި ރައީސް ނަޝީދު ފޮނުއްވި މި މެސެޖްގެ ސްކްރީން އިމޭޖްތައް ސޯޝަލް މީޑިއާގައިވެސް ވަނީ އާއްމުވެފައެވެ.

އަންގާރަދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަކަސް ޖަވާބުދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދުވެސް ގަބޫލު ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ ރާއްޖޭގައި އެފަދަ ކަމެއް އިތުރަށް ތަކުރާރުވެގެން ނުވާނެފަދަ ބިރުވެރިކަމެއް ކަމަަށާއި، ހަމަލާދިން ބަޔަކާއި މިކަމުގެ ފަހަތުގައި ފޮރުވިފައި ފިލާ ތިބި ބައެއް ހޯދާ އެކަމުން ގައުމު ސަލާމަތްކުރަން ޖެހޭކަމަަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ފެންނަނީ މި މައްސަލާގައި އެކި ވާހަކަތައް ދެކެވެމުން އައިސް މައްސަލައިގެ އަސްލު ގެއްލި މުޅިން އެހެން ދިމާއަކަށް އަމާޒު ހިފާފައި ހުރިތަން ކަމަށާއި، އެފަދަ ވާހަކަތައް ފެތުރުމުގެ ބަދަލުގައި މިވަގުތު އަމާޒަކަށްވާންވީ އެފަދަ ކަންކަން ރާއްޖޭގައި ހިނގިޔަނުދީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް އައި އިންތިޚާބުތަކުގެ ތެރެއިން 2019ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ކާމިޔާބީއަކީ ގިނަބައެއްގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެއިންތިޚާބުތައް ކާމިޔާބުކުރުމަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި، އެންމެ ބޮޑަށް މަސައްކަތް ކުރެއްވީވެސް ރައީސް ނަޝީދުކަމަށް ގަބޫލުފުޅުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

އިންކުއަރީ ކުރިއަށްގެންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށް ކޮމިޓީގެ މުޤައްރިރު ހޯމަދުވަހު ވިދާޅުވިއެވެ.

ރައީސް ސޯލިހުރައީސް ނަޝީދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު