Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅީފަޅު ތަރައްގީކުރުން

ގުޅީފަޅުގައި ވިޔަފާރި ބަނދަރު ހަދާނަމަ ސިޓީ ކައުންސިލުން ކޯޓަށް ދާނެ

8 ޖޫން 2021 | އަންގާރަ 12:14

ގުޅީފަޅު ޕްލޭން ރިވައިޒް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި- މުޢިއްޒު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 8 ޖޫން 2021 | އަންގާރަ 12:14
ގުޅީފަޅު މައްސަލާގައި ޑރ. މުޢިއްޒު ރައީސް ޞާލިޙާ ބައްދަލު ކުރެއްވުން

ގުޅީފަޅު މައްސަލާގައި ޑރ. މުޢިއްޒު ރައީސް ޞާލިޙާ ބައްދަލު ކުރެއްވުން

މާލެ ސިޓީ ކައުންސިލްގެ ނިންމުމާ ޚިލާފަށް ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރާ ނަމަ އެކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގުޅީފަޅުގައި އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކޮށް ވިޔަފާރި ބަނދަރެއް ހަދަން ސަރުކާރުން ނިންމާފައިވާއިރު، ސިޓީ ކައުންސިލުން ބޭނުންވަނީ އެތަނުގައި އާންމުނަށް ދިރިއުޅެވޭނެ ގޮތަށް ގޯތި ގެދޮރު ބިނާކުރުމަށެވެ. އެކަމާ ގުޅިގެން މޭޔަރ ވަނީ ރައީސް ޞާލިޙާ ބައްދަލުވެސް ކުރައްވާފައެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް އޮތް ހައްލު ކަމަށެވެ. އެކަމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ކުރާނެ ކަމަށްށެވެ. އެގޮތުން ރައީސްއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ގުޅީފަޅު ޕްލޭން ރިވައިޒް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

އެހެންނަމަވެސް އަދިވެސް އެތަނަކީ ވިޔަފާރި ބަނދަރަކަށް ހަދައި އިންޑަސްޓްރިއަލް ޒޯނަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، ގުޅީފަޅު ހިއްކުމާ ގުޅޭ އީއައިއޭ ކޮންސަލްޓަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ސިޓީ ކައުންސިލުން ވެސް ބައިވެރިވި ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ޕްލޭނާ އެއްގޮތަށް އެކަން ކުރިއަށް ގެންތާއީދު ނުކުރައްވާކަން އެ ބައްދަލުވުމުގައި ވެސް ހާމަކުރެއްވި ކަމަށެވެ.

މުއިއްޒު ބޭނުންފުޅުވަނީ އެކުވެރިކަމާއެކު ބިނާކުރުވަނިވި މަސައްކަތްތަކެއްކޮށް، ދުރު ރާސްތާއަށް އެންމެ ރަނގަޅުވާނެ ގޮތަށް މާލޭގެ ރައްޔިތުން ގެދޮރު ވެރި ކުރުވުމުގެ މައްސަލަ ހައްލުވެގެން ދިއުން ކަމަށެވެ.

އެގޮތުން ގުޅީފަޅުގެ މި ޕްލޭނަށް ބަދަލު ގެނައުމަށް ސަރުކާރާއެކު ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އަދި ކިތަންމެ ބައްދަލުވުމެއް ބާއްވަން ޖެހުނަސް ބާއްވަވަން ތައްޔާރަށް ހުންނެވި ކަމަށާއި، އަދި އެ މަޝްވަރާތައްކޮށް އެއްވެސް ކޮޅެއްގަ ނުޖެހިއްޖެ ނަމަ ކޯޓަށް ވެސް ވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިއްކަން ފެށި ގުޅީފަޅުގައި އޭރު ޕްލޭންކޮށްފައިވަނީ ރައްޔިތުންނަށް ދޫކުރުމަށް ފްލެޓު އަޅައި ގެދޮރު ބިނާކުރާށެވެ.

ނަަމަވެސް އެތަނުން ދޫކޮށްފައިވާ ތަންތަން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭނެ ކަމަށް ބުނެ އަދި އެއީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ އެތަން އިންޑަސްޓްރިއަލް ޒޯން އަކަށް ހަދަން ނިންމީ ޑރ. މުޢިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އެތަން އަނެއްކާ ވެސް އާންމުން ދިރިއުޅޭ ތަނަކަށް ހެދުމަށް މުޢިއްޒު މަސައްކަތް ކުރައްވާއިރު އެ މަސައްކަތުގެ ތެރެއިން ރައީސް ޞާލިޙާވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި އެ ނިންމުމަކީ 2015 ވަނަ އަހަރު ހަދާފައިވާ ޕްލޭންތަކުގެ ލިޔެކިޔުމުގެ އަލީގައި ފައިނަލައިޒް ކުރި ޕްލޭނެއް ކަން ރައީސް ވެސް ފާހަގަކުރައްވާފައިވެއެވެ.

ގުޅީފަޅުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ އަންހެނެއް

19 ޑިސެމްބަރު 2025
 ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ އަންހެނެއް
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް