Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާދިހު އިސްމާޢީލް ނިޔާވުން

ކުޅިވަރުގެ ނަމޫނާ ޚިދުމަތްތެރިޔާ މާދިހުގެ ކުއްލި ވަކިވުމާއެކު ކުޅިވަރު އާއިލާ ހިތާމައިގައި

މާދިހަކީ އަމިއްލަ ހައިސިއްޔަތުންވެސް ކުޅިވަރަށް ޚިދުމަތްކުރެއްވި ބޭފުޅެއް

އަތޫފް އާތިފް
އަތޫފް އާތިފް | 8 ޖޫން 2021 | އަންގާރަ 04:43
ކުޅިވަރުގެ ނަމޫނާ ޚިދުމަތްތެރިޔާ މާދިހު އިސްމާޢީލް

ކުޅިވަރުގެ ނަމޫނާ ޚިދުމަތްތެރިޔާ މާދިހު އިސްމާޢީލް

ދިވެހިރާއްޖޭގެ ކުޅިވަރަށް އެތަށް ޚިދުމަތްތަކެއް ކޮށްދެއްވަމުން އައި މާދިހު އިސްމާޢީލް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

"ރާއްޖެ.އެމްވީ" އަށް އެނގިފައިވާ ގޮތުން މާދިހު ނިޔާވީ ކުއްލި ގޮތަކަށް ބަލިވެ، ހޯމަ ދުވަހުގެރޭ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު މާދިހުގެ އުމުރަކީ 51 އަހަރެވެ.

ކުއްލި ގޮތަކަށް މާދިހު ނިޔާވިއިރު، އޭނާ ފާހަގަކޮށްލެވެނީ ކުޅިވަރަށް ޚިދުމަތް ކޮށްދިނުމުގައި ހިނިތުންވުމާއެކު ސާބިތުވެ ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މާދިހުގެ އެހީތެރިކަން އެކި ކުލަބުތަކަށާއި ރެކްރިއޭޝަނަލް ކުޅިވަރުތަކަށްވެސް ވަނީ ލިބިފައެވެ. މީގެ އިތުރުން މާދިހު ފާހަގަކޮށްލެވެނީ ކުޅިވަރުތައް ކުރިއެރުވުމަށް އަމިއްލަ ހައިސިއްޔަތުންވެސް ގިނަ ގޮތްގޮތުން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

މާދިހަކީ ރާއްޖޭން ބައިނަލްއަގުވާމީ ގޭމްސްތަކުގައި ވާދަކުރިއިރު، ޓީމުގެ ކޮންޓިންޖެންޓްގައި ހިމެނިގެންވެސް އެކިއެކި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ކުޅިވަރު އާއިލާއިން ދެކޭގޮތުގައި މާދިހު ވަކިވެގެންދިޔުމަކީ ރާއްޖޭގެ ކުޅިވަރަށްވެސް ލިބިގެންދިޔަ ބޮޑު ގެއްލުމެކެވެ.

މީގެ އިތުރުން މާދިހަކީ ކުރިން ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރި ބޭފުޅެކެވެ. އަދި މި ފަހުން މަސައްކަތް ކޮށްފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާއެވެ. ޣިޔާސުއްދީން ސްކޫލުން ވަނީ މާދިހު ނިޔާވުމާއެކު އެކަމުގެ ހިތާމައިގައި ބަޔާނެއްވެސް ނެރެފައެވެ. މި ބަޔާނުގައި ބުނެފައިވަނީ މާދިހު ޣިޔާސުއްދީނާ ގުޅުމަށްފަހު އަގު ނުކުރެވޭނެ ވަރުގެ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޣިޔާސުއްދީންގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ މާދިހު ނިޔާވުން އެއީ ގައުމުން އަގުހުރި ދަރިއަކު ގެއްލުން ކަމަށެވެ. އަދި ޕެންޑަމިކާއެކު މާދިހު މަސައްކަތް ކުރައްވަމުން ގެންދިޔައީ ވޮލެންޓިއަކޮށްކަން މުސްތަފާ ފާހަގަކުރެއްވިއެވެ.

މާދިހު ނިޔާވުމާއެކު ކުޅިވަރު އާއިލާގެ އެކި ފަރާތްތަކުން އަންނަނީ ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑީއާ މެދުވެރިކޮށް ފޮނުވަމުންނެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖުތަކުގައި މާދިހުގެ ވަކިވެދިޔުން އެއީ ދިވެހި ކުޅިވަރަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ކުޅިވަރު އާއިލާގެ ބޭފުޅުން ވަނީ ފާހަގަ ކޮށްފައެވެ.

މާދިހު އިސްމާޢީލް

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2018

ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން

29 ޑިސެމްބަރު 2018
ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން
05 ޑިސެމްބަރު 2018

ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

05 ޑިސެމްބަރު 2018
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު
31 އޮކްޓޯބަރު 2018

ކުއްލި ގޮތަކަށް ސްވާފުން ރާއްޖެ ވަކިވެއްޖެ!؟

31 އޮކްޓޯބަރު 2018
ކުއްލި ގޮތަކަށް ސްވާފުން ރާއްޖެ ވަކިވެއްޖެ!؟
04 މާރިޗު 2018

ފިއޮރެންޓީނާގެ ކެޕްޓަން ކުއްލި ގޮތަކަށް މަރުވެއްޖެ

04 މާރިޗު 2018
ފިއޮރެންޓީނާގެ ކެޕްޓަން ކުއްލި ގޮތަކަށް މަރުވެއްޖެ
17 ފެބުރުއަރީ 2018

ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ

17 ފެބުރުއަރީ 2018
ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ
26 ސެޕްޓެމްބަރު 2017

ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން

26 ސެޕްޓެމްބަރު 2017
ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން
11 އޯގަސްޓު 2017

ކުރިސްޓިއާނޯ ރޮނާލްޑޯ އަކީ ނަމޫނާ ކުޅުންތެރިއެއް: އަރިގޯ ސާޗީ

11 އޯގަސްޓު 2017
ކުރިސްޓިއާނޯ ރޮނާލްޑޯ އަކީ ނަމޫނާ ކުޅުންތެރިއެއް: އަރިގޯ ސާޗީ
05 މެއި 2017

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ

05 މެއި 2017
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ
15 މާރިޗު 2017

އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

15 މާރިޗު 2017
އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް