Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓެރަރިޒަމްއާއި ހައްދު ފަހަނައަޅާ ދިއުމުގެ އަމަލުތަ

"ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ތަންތަން ގޮއްވާލަން އުޅޭކަމަށް ބުނެ ޕްރޭންކް ކޯލްތަކެއް ލިބުނު"

ބަޔަކަށް މިއީ ސަމާސާއަކަށްވިޔަސް އެމްއެންޑީއެފުން މިއިންކޮންމެކަމެއް ވެސް ސީރިއަސްކަމެއްގެ ގޮތުގައި ބަލާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 08:41
މިނިސްޓަރ އޮފި ޑިފެންސް މާރިޔާ އަހުމަދު ދީދީ

މިނިސްޓަރ އޮފި ޑިފެންސް މާރިޔާ އަހުމަދު ދީދީ

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާއަށްފަހު، ތަންތަން ގޮއްވާލަން އުޅޭކަމަށް ބުނެ "ޕްރޭންކް" ކޯލްތަކެއް ލިބުނުކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. ކޮވިޑް-19ގެ ނުރައްކާ މިދިޔަ އަހަރު ފެށުނުތަނާހެން މި މަސައްކަތުގައި ސިފައިން އެކި ފަންތީގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސިފައިން ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއް ވެސް ރައްޔިތުން ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އެއް އިރެއްގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވި މި މުއައްސާސާއާއި މުއައްސަސާގެ އޮފިސަރުން ކުރަމުންދާ މަސައްކަތަކީ އެންމެ ފެންވަރު ރަނގަޅު މަސައްކަތްތައްކަމަށް ރައްޔިތުން މިއަދު ބުނަމުންދާކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ލިބިގެންދިޔަ އައު އިތުބާރާއެކު މިއަދު ކޮވިޑް ފެސިލޓީއެއް ތަރައްޤީކުރަންކަމުގައިވިޔަސް، ނޫނީ ވެކްސިނާއި ސާމްޕަލް ފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުންކަމުގައިވިޔަސް މިކަންކަން ސިފައިނާ ހަވާލުކުރުމަށް ރައްޔިތުން އެދޭކަމަށް ވިދާޅުވިއެވެ. މިއާއެކު މިއަދު ސިފައިންގެ ޒިންމާ އިތުރުވެފައިވާއިރު، މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާއާއެކު އެމްއެންޑީއެފުންވަނީ "އެމްބަރ" އަށް ސެކިއުރިޓީ ސްޓޭޓަސް މަތިކޮށްފައެވެ.

Advertisement - newsAdvertisement

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ނިރުބަވެރި އިތުރު ނުރައްކާތެރި ހަމަލާތަކެއް ވެސް އައުން އެކަށީގެންވާތީ އެކަމަށް އެމްއެންޑީއެފުން ފުރިހަމައަށް ތައްޔާރުވެތިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މާރިޔާވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ތަންތަން ގޮއްވާލަން އުޅޭކަމަށް ބުނެ "ޕްރޭންކް" ކޯލްތަކެއް ލިބުނުކަމަވެ. ބަޔަކަށް މިއީ ސަމާސާއަކަށް ނުވަތަ ސަކަރާތަކަށް ވިޔަސް އެމްއެންޑީއެފުން މިއިންކޮންމެކަމެއް ވެސް ސީރިއަސްކަމެއްގެ ގޮތުގައި ބަލައި ރައްކާތެރިކަން ކަށަވަރުކުރުމުގައި މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ، ސަމާސާއަކަށް ވެސް މިފަދަ ދަނޑިވަޅެއްގައި ހިތްތަކުގައި ބިރުވެރިކަން އުފެދޭން މަގުފަހިވާ މިފަދަ ކަންކަމުން ދުރުހެލިވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ މާރިޔާ ވަނީ މި އިންކުއަރީއަށް މަރުހަބާ ވިދާޅުވާ ކަމަށާއި މަޖިލީހުން އަހާ ކޮންމެ ސުވާލަކަށް ޖަވާބު ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މާރިޔާ ވަނީ މަޖިލީހުގެ އިންކުއަރީއަށް ކޮންމެ ވަގުތަކު ވެސް އެކަމަނާ ހާޒިރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް ވިދާޅުވެފައެވެ. ޑިފެންސް މިނިސްޓްރީން އެ މުއައްސަސާގެ ކަންކަން ރަަނގަޅުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައާއި ރިކޮމެންޑޭޝަން އަބަދުވެސް ބަލައިގަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައިގެންދިން ހަމަލާއާ ގުޅިގެން ސެކިއުރިޓީ ބްރިީޗްވި ގޮތުގެ އިންކުއަރީއެއް ހަދަން ނިންމައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މަަސަައްކަތް ފެށީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. މިނިސްޓަރ މާރިޔާ ވަނީ މަޖިލީހުގެ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރަން ނިންމިގޮތުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެމްއެންޑީފްއަކީ ދެފުށްފެންނަ ޒިންމާދާރު އަދި ވަކިން ޚާއްސަކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެގެން މަސައްކަތްކުރާ މުއައްސަސާއަކަށްވެގެން ހިނގައްޖެކަމަށެވެ. މި ސަބަބައްޓަކައި ރައްޔިތުންގެ ލޯތްބާއި އިތުބާރު ދުވަހެއް ދުވަހަކަށް އެމްއެންޑީއެފްއަށް އިތުރުވާކަން ތަކުރާރުކޮށް މިނިސްޓަރ ވަނީ ފާހަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު