Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދު ކުރެއްވި ތުހުމަތު

ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނާ މައްސަލައިގެ ތުހުމަތުތައް ރައީސް ޞާލިހަށް

ޑިފެންސް މިނިސްޓަރ ވިދާޅުވަނީ ވަކި ވަކި ސިފައިން މަޖިލީހަށް ޙާޒިރުވާން ކަންބޮޑުވާކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 05:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު

ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރު ނުކުރަން އިސްވެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާރސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް މެދުވެރި ކުރައްވައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ޕޯސްޓް ކުރި މެސެޖްގައި ބުނެފައިވަނީ، ރައީސުލް ޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އަސްކަރިއްޔާގެ ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެމަނިކުފާނަށް އެއްގޮތަކަށް ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ސިއްރުކުރަން މަސައްކަތް ކުރައްވަނީ ކޮންކަމެއްތޯ ކަމަށް ވިދާޅުވެ އެ މެސެޖްގައި ސުވާލު އުފައްދަވާފައިވެއެވެ. ހަސަން ލަތީފް މެދުވެރި ކުރައްވާ ރައީސް ނަޝީދު ފޮނުއްވި މި މެސެޖްގެ ސްކްރީން އިމޭޖްތައް ސޯޝަލް މީޑިއާގައިވެސް ވަނީ އާއްމުވެފައެވެ.

Advertisement - newsAdvertisement

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށްބުނެ އަސްކަރިއްޔާއިން މަޖިލީހަށް ފޮނުއްވި ސިޓީގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްސަލައެއް އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވިއެެވެ. އެހެން ނަމަވެސް އެ މައްސަލަ ކޮމިޓީންވަނީ ބޭރުކޮށްލާފައެވެ.

އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިނަށް ޓެގް ކުރައްވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފޮނުއްވި މެެސެޖްގައި ވިދާޅުވެފައިވަނީ 241 ކޮމިޓީގެ ތަހުގީގަށް ހުރަސް އެޅުއްވުމަށް މަސައްކަތް ނުކުރެއްވުމަށެވެ. ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން ކަންކަމަށް ހުރަސްތައް މެދުވެރި ކުރުވުމަށް ކުރައްވާ މަސައްކަތް ހަމަ ނުޖެހޭ ކަމަށެވެ.

އީވާގެ މެސެޖްގައި، ރައީސް ނަޝީދުގެ ހާލަތާމެދު ވީ ހަމްދަރުދީގެ "ޑެޑްލައިން" ހަމަވީ ތޯ ސުވާލު އުފައްދާފައިވެއެވެ. މެސެޖް ނިންމަވާލައްވާފައިވަނީ މިއީވާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ.

241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް އެކި ފަރާތްތައް ހާޒިކޮށް ގެންދަވަނީ މެއި 6 ވަނަ ދުވަހުގެ ހާދިސާ ހިނގުމުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވުމަށް މެދުވެރިވި ސަބަބުތައް އޮޅުން ފިލުވުމަށް ސުވާލު ކުރަމުންނެވެ.

ރައީސް ނަޝީދުރައީސް ސޯލިހުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު