Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޓީ ކައުންސިލްތައް ބާރުވެރިކުރުވުން

ފުވައްމުލަކު ނޭޗަރ ޕާކާއި އައްޑޫ މާފީށެކިޅި އަދި މަތިކިޅި ކައުންސިލްގެ ބެލުމުގެ ދަށަށް

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 5 ޖޫން 2021 | ހޮނިހިރު 19:09
އައްޑޫ ސިޓީ

އައްޑޫ ސިޓީ

ފުވައްމުލަކު ސިޓީ ނޭޗަރ ޕާކާއި އައްޑޫ ސިޓީ މާފީށެކިޅި އަދި މަތިކިޅި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކް ހިންގައި ބެލެހެއްޓުމުގެ އެންމެހާ ކަންކަން ކުރުމަށް ފުވައްމުލަކު ސިޓީކައުންސިލާއި ހަވާލުކުރުމަށްޓަކައި އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގެވެ.

Advertisement - newsAdvertisement

މިއެއްބަސްވުންތަކުގެ ސަބަބުން ލާމަރުކަޒީގޮތުން ފުވައްމުލަކުގެ ނޭޗަރޕާރކް މެދުވެރިކޮށް ތިމާވެށީގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ބާރުއެޅިގެންދާނެއެވެ. އަދި މިހާރު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ކަމެއް ހިންގުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެވިގެންދާނެއެވެ. މިގޮތުން ނޭޗަރ ޕާރކްގައި މަސައްކަތްކުރާ މިނިސްޓްރީގެ މުއައްޒަފުންނާއި ހަރުމުދަލާއި ތަކެތި ސިޓީކައުންސިލްގެ ދަށަށް ބަދަލުވެގެންދާނެއެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ސިޓީގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ނޭޗަރ ޕާކުން ލާމަރުކަޒީ އުސޫލުން ކައުންސިލުތަކަށް މާލީ މަންފާ ލިބިދިނުމާއި، ޢާއްމު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެސަރަޙައްދުން އިޖުތިމާއީ އަދި އިގްތިސާދީ މަންފާ ލިބިދިނުމާއެކު، އެ ސަރަހައްދުގެ ވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

2018 ވަނަ އަހަރުގެ ޖޫން މަހު ހުޅުވާފައިވާ ފުވައްމުލައް ނޭޗަރ ޕާކަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ފުވައްމުލައް ބަންޑާރަކިޅި އާއި ދަނޑިމަގި ސަރަޙައްދު މެނޭޖްކުރުމަށް ގާއިމުކޮށްފައިވާ ޕާކެކެވެ. މިޕާކުން ލިބިދޭ ޚިދުމަތްތަކުގެ ތެރޭގައި ކެނޯ ދުއްވުމާއި ބޯޓް ޕެޑްލިންގ ހަރަކާތްތައް ހިމެނެއެވެ. މިއީ ފުވައްމުލަކުގެ ރައްޔިތުން މުނިފޫހިފިލުވައި މަޖާކޮށްލުމަށް ހަފުތާ ބަންދުތަކުގައާއި އެހެނިހެންވެސް ހުސް ވަގުތުތަކުގައި ގޮސް އުޅޭ ތަނެކެވެ. އަދި މިއީ ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއްވެސް މެއެވެ. މީގެ އިތުރުންވެސް މިތަނަކީ އެކިއެކި ހަފްލާތައް ބާއްވާ ތަނަކެވެ.

ފުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާރވެއް ގޮތުގައި 28 އޮކްޓޫބަރ 2020 ގައި ވަނީ ކަނޑައަޅާފައެވެ. އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްގީގެ މަޝްރޫޢުތައް ހިންގާ ތަނަކަށް ޔުނެސްކޯއިން ދޭ މިލަގަބަކީ ތިމާވެށީގެ ގޮތުން އާދަޔާޚިލާފު ޚާއްސަ ސިފަތައް ލިބިގެންވާ ތަންތަނަށް ދެވޭ ޚާއްސަ ލަގަބެކެވެ. ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާހައުލު ހިމާޔަތް ކުރެވި، އިގްތިސާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަގީންވެފައިވާ، އިގްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ބާރުއަޅާ ނިޒާމެކެވެ.

އައްޑޫ ސިޓީގެ މާފީށެކިޅި ސަރަހައްދު މެނޭޖްކޮށް ބެލެހެއްޓުމަށް މި އެއްބަސްވުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫގެ މޭޔަރ އަލީ ނިޒާރެވެ.  

އައްޑޫ ސިޓީގެ ހުޅުދޫގެ ދެކުނަށްވާ ގޮތަށް އޮންނަ މާފިށި ސަރަހައްދަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަޙައްދެކެވެ. މިސަރަޙައްދަކީ ވެސް، އެހެން ޗަސްބިން ސަރަހައްދުތަކެކޭ އެއްގޮތަށް، ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމާއި، ރަށުގެ މީރުފެން ފަށަލަ ތާޒާކޮށް ބޭއްވުމަށް މުހިއްމު ދައުރު އަދާކުރާ ސަރަހައްދެކެވެ. އަދި މިފަދަ ސަރަހައްދުތަކަކީ ކާބަން ސިންކްގެ ގޮތުގައި ކާބަން ރައްކާކުރާ ސަރަޙައްދުތަކެކެވެ. މިސަރަހައްދުން ފެންނަ ދިރުންތަކުގެ ތެރޭގައި ކުޅިފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައިވެއެވެ. މިސަރަހައްދުގައިވާ ފެންގަނޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ މަހުގެ ބާވަތެއް ކަމުގައިވާ ކޮންގަރއީލް ފެނެއެވެ. އަދި ގިނަ ޢަދަދަކަށް ތެލާޕިޔާ އާއި ކުޅިތަކުގައި އުޅޭ ފިނިހަކުގެ ބާވަތްތައް ވެސް މިސަރަހައްދުން ފެނެއެވެ. މިސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަހައްދެކެވެ. އަދި މި ސަރަހައްދުން ފެންނަ ދޫނީގެ ތެރޭގައި ދޮންފެންފޯއް ދޫނި، ދޮންދީނި، ހުވަދޫ ރާބޮނދި، މާކަނާ އަދި ތޭރަވާ ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މިސަރަހައްދުގައި ލޯކަލް ޓޫރިޒަމް ގާއިމްކުރުމަށް ޕްލޭންކުރައްވާފައިވާ އިރު މިއެއްބަސްވުމުގެ ސަބަބުން މިސަރަހައްދު މެނޭޖްކުރުމާއި ތަރައްގީ ކުރުމުގެ ޕްލޭންތަކާއި އިންޓަގްރޭޓް ކުރުމަށް މަގުފަހި ވެގެންދާނެއެވެ.

އައްޑޫ ސިޓީގެ މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫގެ މޭޔަރ އަލީ ނިޒާރެވެ.

އައްޑޫ ސިޓީގެ މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 (ތިން ލައްކަ ރުފިޔާ) ހިމެނޭގޮތަށް މިނިސްޓްރީން ޕްލޭންކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ.

އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ މެދަށްވާ ގޮތަށް އޮންނަ މަތިކިޅި ސަރަހައްދަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ  ޗަސްބިން ސަރަޙައްދެކެވެ. މިސަރަހައްދަކީ ބޮޑު ޗަސްބިމުގެ ސަރަހައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަޙައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. މިސަރަޙައްދަކީ މިރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިއްމު ސަރަޙައްދެކެވެ. މިސަރަޙައްދުގައިވާ ގަސްގަހާގެއްސަށް ބަލާލާއިރު، ގިނަ އަދަދަކަށް ހެދިފައިވަނީ ’ކާފަރުބުރު‘ ނަމަކަށް ކިޔާ ވިނައިގެ ބާވަތެކެވެ. މީގެ އިތުރުން މި ސަރަޙައްދުގައި ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ރުއް ގިނަ އަދަދަކަށް ހެދިފައިވެއެވެ. މި ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ގިނަ އަދަދެއްގެ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަޙައްދެކެވެ.

މިއެއްބަސްވުމުގެ ދަށުން މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯޓޫރިޒަމް އަދި އިކޯގާރޑަން ކޮންސެޕްޓް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި، މިސަރަޙައްދުގެ ރީސްޓޮރޭޝަނަށް ބޭނުންވާ ގޮތަށް، މިސަރަޙައްދުގައި "އިންވޭސިވް ސްޕީޝީސް" އެއް ގޮތަށް ފެތުރެމުންދާ ކާފަރު ބުރު ސާފުކުރުމާއި، މިސަރަޙައްދު މެނޭޖްކުރުމަށް ބޭނުންވާ ޓޫލްސް ގަނެވޭނެއެވެ. މިއެއްބަސްވުމުގެ ދަށުން މަތިކިޅީގައި ކުރުމަށް ރޭވިފައިވާ ރިސްޓޮރޭޝަންގެ މަސައްކަތްތަކަކީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ "Reimagine Recreate  “Restore,ނުވަތަ "މާހައުލީ ނިޒާމުތައް އިޔާދަކުރުން" މިޝިޢާރާއި ގުޅުންހުރި މަސައްކަތްތަކެވެ. މީހުން ދިރިއުޅޭ ގިނަރަށްރަށުގައި ހުރި ބައެއް ކުޅި،ފާ، ޗަސްބިން ސަރަހައްދުތަކަކީ ކޮންމެވެސް ވަރެއްގެ ރިސްޓޮރޭޝަންއެއް ނުވަތަ ރީހެބިލިޓޭޝަން އެއް ބޭނުންވާ ސަރަޙައްދުތަކެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއައްޑޫ ސިޓީ ކައުންސިލްފުވައްމުލަކު ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު