Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ތަހުގީގު

"މަޖިލީހަށް ހާޒިރުވާން އަންގާފައެއް ނެތް، އަންގައިފިނަމަ ހާޒިރުވާނަން"

މަޖިލީހުގެ އިންކުއަރީއަށް ކޮންމެ ވަގުތަކުވެސް ހާޒިރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 5 ޖޫން 2021 | ހޮނިހިރު 10:12
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ 

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ 

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާ ގުޅިގެން މަޖިލީހަށް ހާޒިރުވާން އަންގާފައެއް ނުވާކަމަށާއި، ހާޒިރުވާން އަންގައިފިނަމަ ހާޒިރުވާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާ ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފައިވާކަން ހާމަވެފައިވަނިކޮށެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީއިން ޑިފެންސް މިނިސްޓަރ މާރިޔާއަށް ގުޅާލުމުން އެކަމަނާ ވަނީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާ ގުޅިގެން މަޖިލީހަށް ހާޒިރުވާން އަންގާފައި ނުވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މާރިޔާ ވަނީ މަޖިލީހުގެ އިންކުއަރީއަށް ކޮންމެ ވަގުތަކުވެސް އެކަމަނާ ހާޒިރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ހާޒިރުވާން އަންގައިފިނަމަ ހާޒިރުވާނެކަމަށްވެސް ވިދާޅުވެފައެވެ.

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާ ގުޅިގެން، ޗީފް އޮފް ޑިފެންސް ފޯސް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ މި މައްސަލައާއި ގުޅިގެން އެމްއެންޑީއެފްގެ ވަކި ވަކި އޮފިސަރުން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށް އެމްއެންޑީއެފުން ބުނުމުންނެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށެވެ. މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ބޭނުވެއްޖެ ހާލަތެއްގައި އެ މައުލޫމާތު ވެސް ފޯރުކޮށްދޭނީ މުއައްސަސާއިން ކަމަށެވެ. ސިފައިންނަކީ އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތް ކުރުމުގެ އިޚްތިޔާރު ލިބެގެންވާ ބައެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ން ކުރިއަށްގެންދާ އިންކުއަރީއާ ގުޅޭގޮތުން ނެރުނު ބަޔާނުގައި އެމްއެންޑީއެފުން ބުނީ އެ އިންކުއަރީއަށް އެމްއެންޑީއެފް އިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. މި އިންކުއަރީއަށް ވަކިވަކި ސިފައިންނަށާއި ފުލުހުންނަށް ވެސް މައުލޫމާތު ދެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެމްއެންޑީއެފުން ބުނީ ކޮމިޓީގެ އިންކުއަރީއަށް ވަކިވަކި ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދޭ ގޮތަށް ގާނޫނީ ހައިސިއްޔަތު އޮތް ނަމަވެސް އެކަމަކީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްއާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތައް ނޫން އެހެން އެއްވެސް ފަރާތަކާ ހިއްސާކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ސިފައިންނަކީ 24 ގަޑި އިރުގެ ޚިދުމަތެއްދޭ ބަޔަކަށް ވާއިރު އެފަދަ އެއްވެސް މައުލޫމާތެއް ކޮމާންޑަރެއްގެ ހުއްދަ ނެތި ބަޔަކާ ހިއްސާކުރުމަކީ ވެސް މަނާކަމެއް ކަމުގައި ބުނެފައިވެއެވެ. އެގޮތުން ސިފައިންގެ މައްސޫލިއްޔަތުގެ ތެރެއިން ލިބޭ މައުލޫމާތުތަކާ ގުޅިގެން ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށާއި، އެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރާ މަސްއޫލިއްޔަތުތަކާ ގުޅިގެން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ޑިފެންސް މިނިސްޓަރ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަޔާނުގައި ބުނީ އެ އުސޫލު ނޫން އެހެން ގޮތަކަށް އަމަލުކުރުމަށް ޝަރުއީ ކޯޓެއްގެ އެއްވެސް ހުކުމެއް ނެތް ކަމަށާއި އެހެންވެ އެ އުސޫލުގެ ތެރެއިން ކޮމިޓީގެ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ.

މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއާއި ގުޅިގެން މަޖިލީހަށް ހާޒިރުވާން އަންގާފައި ނުވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެފައިވާއިރު، އެކަމަނާއަކީ މި މައްސަލައިގައި އެކި މަރުހަލާތަކުން ފާޑުކިޔުން އަމާޒުކުރާ ފަރާތެކެވެ. އެގޮތުން ހަމަލާ ދިނުމުގެ ކުރިން ހަމަލާގެ މައުލޫމާތު މަޖިލީހުގެ މެމްބަރަކު އެކަމަނާއާއި ހިއްސާކުރުމުންވެސް އެކަމަށް ފިޔަވަޅު ނާޅުއްވާކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ދަރިކަނބަލުންވެސް އެކަމަނާއަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ސެކިއުރީޓީއާ ގުޅޭ ސިއްރު މައުލޫމާތުތައް ހާމަކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށްވެސް ވާހަކަތައް ފެތުރުނެވެ. އެހެންނަމަވެސް، މިހުރިހާކަމެއްވެސް އެކަމާ ވަނީ ދޮގުކުރައްވާފައެވެ. އަދި ކަންހިނގާ ދިޔަގޮތް މީޑިއާތަކާ އެކަމަނާވަނީ ހިއްސާކުރައްވާފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީއެމްއެންޑީއެފްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު