Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

"އަސަރުކުރީ ލޯ ސީޒަންގެ އަމާޒަށް، އަހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުކުރާނަން"

1.5 މިލިއަން ފަތުރުވެރިން ގެނައުމާއި، 10 މިލިއަން ބެޑް ނައިޓް އަމާޒު އަދިވެސް ހާސިލުވާނެކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 5 ޖޫން 2021 | ހޮނިހިރު 03:54
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ކޮވިޑްގެ ހަތަރުވަނަ ރާޅާއިއެކު އަސަރުކުރީ ލޯ ސީޒަންގެ އަމާޒަށް، އަހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖެ މިހާރު ކުރިމަތިލަމުންދާ ކޮވިޑްގެ ހަތަރުވަނަ ރާޅާއިއެކު ފަތުރުވެރިކަމަށް ކުރަމުންދާ އަސަރާއި ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. މިނިސްޓަރ ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުނަމަވެސް 2021 ވަނަ އަހަރު ފެށުނު އިރު، ފަތުރުވެރިކަން ވަނީ އަލުން ކުރިއަރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. ފުރަތަމަ މަހަށް ވުރެ ދެވަނަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް، ކޮވިޑްގެ ހަތަރުވަނަ ރާޅާއިއެކު އަހަރުގެ ފަސް ވަނަ މަސް ނިމުނު އިރ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން މި އަހަރ ފެށީ މެއި ޖޫން ޖުލައިމަހު އަންނަ ލޯ ސީޒަންއަކީ މިހާތަނަށް ނުފެންނަ ވަރުގެ ކާމިޔާބު ލޯ ސީޒަންއަކަށް ހެދުމަށްކަމަށެވެ. އެހެންނަމަވެސް ކޮވިޑްގެ ހަތަރުވަނަ ރާޅާއިއެކު ދެކުނު އޭޝިއާގެ ޤައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހުމާއި، އިނގިރޭސިވިލާތްފަދަ މުހިންމު މާކެޓްތަކުން ރާއްޖެއަންނަ ފަތުރުވެރިން ހުއްޓުމަކަށް އައުމުން މި އަމާޒަށް ވާސުލުނުވެވޭނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހަރަށް ސަރޔުކާރުން އަމާޒުހިފި މުޅިި ޖުމުލަ ޓާގެޓްތަކަށް ވާސިލުވެވޭނެކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން އަދި މާޗް މަހު 109,585 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ކޮވިޑް-19ގެ ފަހުން އެއްމަހެއްގައި އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ މަހެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ފަތުރުވެރިންގެ އަދަދު މަޑުމަޑުން ދަށަށްދާން ފެށި މަންޒަރެވެ. އޭޕްރިލް މަހު 91,200 ފަތުރުވެރިން އައި އިު، މެއި މަހު އައިސްފައި ވަނީ 64،613 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ވި ނަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކޮށްފައި ވަނީ ހަ ދުވަހެވެ. މިއަހަރުގެ މިހާތަނަށް ފަތުރުވެރިއަކު އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ ނުވަ ދުވަހަށް އިތުރުވެފައެވެ. މިއަހަރުގެ ވަކި ވަކި މަސްމަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަ ދުވަހަށް ބަލާއިރު، ޖެނުއަރީ މަހު ފަތުރުވެރިއަކު ރައްޖޭގައި އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ ނުވަ ދުވަހެވެ. ފެބްރުއަރީ އަދި މާޗް މަހު އެއަދަދު އަށަކަށް ވެއްޓުނު ނަމަވެސް އޭޕްރިލް އަދި މެއި މަހު އެއަދަދު ވަނީ ނުވަޔަކަށް އަރާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ބެޑް ނައިޓްސް ހުރީ 2019 ވަނަ އަހަރުގެ ފުރަތަމަ ހަތަރު އަހަރުގެ ބެޑްނައިޓްސްގެ 80 އިންސައްތައާ އެއްވަރަށެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ އަދަދެއްގެ އެއަރލައިން ތަކަކުން ވަނީ ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިފަހުން ދުނިޔޭގެ ބޮޑު ގިނަ އެއަރލައިން ތަކުން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. މިހާރު 28 އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އިރު، ނުވަ އެއަރލައިނަކުން ދަނީ ޗާޓަރު ދަތުރުތައް ކުރަމުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ފެސިލިޓީތަކަށް ބަލާއިރު، 728 ފެސިލިޓީއެއްގައި 47،452 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އެއީ 154 ރިސޯޓެއްގައި 35،640 އެނދު، ދިހަ ހޮޓަލުގައި 1،360 އެނދު، 425 ގެސްޓްހައުސްގައި 7،726 އެނދު އަދި 139 ސަފާރީގައި 2،726 އެނދެވެ. 2019 ގައި ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް ރާއްޖޭގެ ފަތުރުވެރިކަން ރުޖޫއަވާނެކަމަށް މިހާރު ލަފާކުރަނީ 2022 ނުވަތަ 2023 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

04 އެޕްރީލު 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު