Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓުޗެލް އެއްބަސްވުން އާކުރުން

ޗެލްސީގެ އެއްބަސްވުން ޓުޗެލް އާކޮށްފި

4 ޖޫން 2021 | ހުކުރު 20:17

ސިލްވާ އާއި ޖިރޫޑުވެސް ވަނީ ޗެލްސީގެ އެއްބަސްވުން އާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 20:17
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޗެލްސީއާއެކު ހަދާފައި އޮތް އެއްބަސްވުން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އާކޮށްފިއެވެ.

ޗެލްސީގެ ކޯޗަކަށް އުމުރުން 47 އަހަރުގެ ޓުޗެލް ހަމަޖެއްސީ މި އަހަރުގެ ޖެނުއަރީ މަހު، އެ ޓީމުގެ ކޯޗުގެ މަގާމުން ފްރޭންކް ލަމްޕާޑް ވަކިކުރުމަށްފަހުއެވެ. އެ ފަހަރު ޓުޗެލް ވަނީ ޗެލްސީއާއެކު އެއް އަހަރާ ބައިގެ އެއްބަސްވުމެއް ހަދާފައެވެ.

ޓުޗެލް ވަނީ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވިތާ 124 ދުވަހުގެ ތެރޭގައި އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. މިއީ ޗެލްސީއާއެކު ޓުޗެލްގެ ފުރަތަމަ ކާމިޔާބީއެވެ. އަދި މިއީ ޓުޗެލްގެ ކޯޗިން ކެރިއަރުގައިވެސް ކާމިޔާބުކުރި ފުރަތަމަ ޗެމްޕިއަންސް ލީގެވެ. އެކަމަކު ޓުޗެލުގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ އެފްއޭ ކަޕުގައި ޗެލްސީ ކުޅުނު ނަމަވެސް، ފައިނަލުގައި ލެސްޓާ ސިޓީ އަތުން ޗެލްސީ ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެކަމަކު ހުކުރު ދުވަހު ޓުޗެލް އެއްބަސްވުން އާކުރިއިރު، އޭނާ ވަނީ ޗެލްސީގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމާފައެވެ. އެހެންކަމުން ޓުޗެލްގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޓުޗެލް އަކީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް، 2003 ވަނަ އަހަރު އެ ކުލަބު ގަތް ފަހުން، އެ ޓީމާ ހަވާލުވި 11 ވަނަ ކޯޗެވެ. އަދި ސީޒަނެއްގެ މެދުތެރެއިން އެ ޓީމާ ހަވާލުވި ފަސްވަނަ ކޯޗެވެ. 

މި ފަހަރުގެ ޗެމްޕިއަންސް ލީގު ޗެލްސީއާއެކު ޓުޗެލް ކާމިޔާބުކުރިއިރު، އޭނާއަކީ އެއް އަހަރު ފައިނަލުން ބަލިވެ، ޖެހިގެން އައި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ޖަރުމަނުގެ ތިންވަނަ ކޯޗެވެ. ޓުޗެލް މިދިޔަ ސީޒަނުގައި މުޅިން އަލަށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދިން ނަމަވެސް، އެ ފަހަރުގެ ފައިނަލުން ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ޗެލްސީގެ އެއްބަސްވުން ޓުޗެލް އާކުރިއިރު، ހަމަ އެ ދުވަހު އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ އާއި ފޯވާޑް އޮލިވިއޭ ޖިރޫޑުވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް