Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2020

ޔޫރޯގައި ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ

4 ޖޫން 2021 | ހުކުރު 06:41

މަޝްހޫރު ގިނަ ކުޅުންތެރިން މުބާރާތާ އަލްވަދާއުވެސް ކިޔާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 4 ޖޫން 2021 | ހުކުރު 06:41
ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

މިއަހަރު ބާއްވާ ޔޫރޯ 2020 އަކީ އެތައް ގޮތަކުން މުހިންމު ޔޫރޯއެކެވެ. އެއީ މި މުބާރާތާއެކު ގިނަ ކުޅުންތެރިންތަކެއް މުބާރާތާ އަލްވަދާއު ކިޔާނެ މުބާރާތަކަށް ވުމުންނެވެ. އަދި މި މުބާރާތަކީ ބައެއް ޒުވާން ތަރިންގެ ފުރަތަމަ ޔޫރޯއަށްވެސް ވުމުންނެވެ. ކޮންމެއަކަސް މި މުބާރާތާއެކު ޒުވާން ގިނަ ކުޅުންތެރިންތަކެއް ވިދާލާނެ ކަމަށް ބެލެވެއެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ހުނަރުވެރި ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ޔޫރޯއާ ކުރިމަތިލާއިރު، އޭނާއަކީ 2018 ވަނަ އަހަރު ފްރާންސްއިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެކަމަކު މިއީ އެމްބާޕޭ ޔޫރޯ މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެތަށް ގޮތަކުން އެމްބާޕޭއަށް މުހިންމު މުބާރާތަކަށެވެ. އަދި މި މުބާރާތް ވެގެންދާނީ އެމްބާޕޭއަށް ޗެލިންޖިން މުބާރާތަކަށްވެސް މެއެވެ. އެގޮތުން ޔޫރޯގެ މަރުގެ ގްރޫޕުގައި އޮތް ފްރާންސްއަށް ގްރޫޕް ސްޓޭޖުން އަރައިގަތުމަށް އެމްބާޕޭގެ އެހީ ބޭނުންވާނެކަން ކަށަވަރެވެ.

އުމުރުން 21 އަހަރުގެ ފިލް ފޯޑެން އަންނަނީ އިންގްލެންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. 2017 ވަނަ އަހަރު ފީފާއިން ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން މަޝްހޫރުވި ފޯޑެން އަކީ އެ އަހަރުގެ މުބާރާތް އިންގްލެންޑުން ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އިނގިރޭސި ގައުމީ ސްކޮޑުން މިދިޔަ އަހަރު މުޅިން އަލަށް ޖާގަ ހޯދި ފޯޑެން މިހާތަނަށް ވަނީ އިންގްލެންޑް ޓީމަށް ކުޅެދިން ހަ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއަށް ކުޅެމުން އަންނަ ކިއެސާ ވަނީ ޔުވެންޓަސްއާއެކު މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކިއެސާ ވަނީ ޔުވެންޓަސްއާއެކު މި ސީޒަނުގެ އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ލާމިޔާބުކޮށްފައެވެ.

އެއާއެކު ޔުވެންޓަސްއިން އޭނާގެ ސޮއި ދާއިމީކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕުގެ ގަދަ ބާރު ތަކުން އަންނަނީ ކިއެސާއަށް ފާރަލަމުންނެވެ. ކޮއްޓުމާއި ނެއްޓުމުގެ ހުނަރުން ފުރިގެންވާ ކިއެސާއަކީ ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 43 މެޗުން 14 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި އިޓަލީގެ ގައުމީ ޓީމަށް މިހާތަނަށް 24 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ މި މެޗުތަކުގައި އެއް ލަނޑު ޖަހާފައެވެ.

ސްޕެއިންގެ ގަދަ ބާރު ބާސެލޯނާއަށް ކުޅެމުން އަންނަ ޕެޑްރީ އަކީ މިހާރު އަރަމުން އަންނަ ތަރިއެކެވެ. އޭނާ ވަނީ ބާސާއެކު މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އުމުރުން އެންމެ 18 އަހަރުގައި ބާސާގެ ސީނިއާ ޓީމަށް މެޗެއް ކުޅެދިން ޕެޑްރީއަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ބާސާ ލެޖެންޑް އަންދްރޭސް އިނިއެސްޓާގެ ސްޓައިލަށް ފައްކާވެފައިވާ ޕެޑްރީ އަކީ މިއަހަރުގެ ޔޫރޯގައި ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ވިދާލާނެ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ފަހަރުގެ ފީފާ ވޯލްދް ކަޕުގެ ޔޫރަޕިއަން ކޮލިފައިންއަށް އެކުލަވާލި ސްޕެއިނުގެ ސްކޮޑުން ޕެޑްރީއަށް ފުރަތަމަ ފަހަރަށް އެންރީކޭ ފުރުސަތު ދިންއިރު، އޭނާ ވަނީ މިހާތަނަށް ސްޕެއިނުގެ ގައުމީ ޓީމަށް ތިން މެޗު ކުޅެދީފައެވެ.

2019 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑާ ފީލިކްސް ގުޅުނީ 126 މިލިޔަން ޔޫރޯގެ އަގަކަށެވެ. މިއީ ޒުވާން ކުޅުންތެރިއަކަށް ކުލަބަކުން ދެއްކި ދެވަނައަށް އެންމެ އަގުބޮޑު ފީއެވެ. އެތުލެޓިކޯއާ ގުޅުމަށްފަހު ފީލްކްސް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ އެ ޓީމާއެކު މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ފީލިކްސްއަކީ ޔޫރަޕުގެ ނަން މަޝްހޫރު ގިނަ ކުލަބުތަކުގެ ލޯ އަމާޒުވެފައިވާ ކުޅުންތެރިއެކެވެ.

2019 ވަނަ އަހަރު ޕޯޗުގަލުގެ ގައުމީ ޓީމުންވެސް ފީލިކްސް ޖާގަ ހޯދާފައިވާއިރު، އޭނާ ވަނީ މިހާތަނަށް ޕޯޗުގަލަށް ކުޅެދިން 16 މެޗުގައި ތިން ލަނޑު ޖަހާފައެވެ. އަދި ވަނީ ޕޯޗުގަލާއެކު ޔުއެފާ ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 މެއި 2017

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް