Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2020

މި ފަހަރުގެ ޔޫރޯއަށް ދިން ބައެއް ލުއިތައް

ކޮންމެ ޓީމަކަށްވެސް 26 ކުޅުންތެރިން ސްކޮޑުގައި ޖެހުމުގެ ހުއްދަދިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2021 | ހުކުރު 05:59
ޔޫރޯގައި ވާދަކުރާ ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ޔޫރޯގައި ވާދަކުރާ ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ކޮވިޑް-19 އާ ހެދި މި އަހަރަށް ފަސްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން ޖެހިފައިވަނީ ކޮވިޑުގެ ބިރުވެރިކަމުގެ ތެރޭގައެވެ. އެގޮތުން މެޗުތައް ކުޅެން ޖެހެނީ ސަޕޯޓަރުން ނުވައްދައި ފަޅު ސްޓޭޑިއަމްތަކެއްގައެވެ. އަދި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ކުޅުންތެރިންނަށްވެސް ކޮވިޑުގެ ބިރު އޮތުމުން، ޔުއެފާއިން ވަނީ މި ފަހަރުގެ މުބާރާތުގައި ބައެއް ލުއިތައް ދޭން ނިންމާފައެވެ.

އެގޮތުން ކުރިއަށް އޮތް ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ ސްކޮޑުގައި އިތުރު ތިން ކުޅުންތެރިންނަށް ޖާގަ ދޭން ޔުއެފާއިން ވަނީ ނިންމާފައެވެ. ކޮވިޑާ ގުޅިގެން ގެންނަ ވަގުތީ ބަދަލެއްގެ ގޮތުގައި މި ބަދަލު ގެންނަން މީގެ ކުރިން ޔުއެފާ ނެޝަނަލް ޓީމު ކޮމެޓީން ހުށަހެޅިއެވެ. އެއާއެކު މި މަހުގެ ކުރީކޮޅު ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑާއެކުވެސް މި އަހަރު ބޭއްވުމަށް ނިންމާފައިވާ ޔޫރޯ މައްސަލަތަކެއް ނައިސް ނިންމާލަން ބޭނުންވާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް 26 ކުޅުންތެރިން ސްކޮޑުގައި ޖެހުމުގެ ހުއްދަ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ ކުރިން ޔޫރޯ މުބާރާތްތަކުގެ ސްކޮޑުގައި ހިމެނޭނީ 23 ކުޅިންތެރިންނެވެ.

މީގެ އިތުރުން ޔުއެފާއިން ވަނީ މި ފަހަރުގެ ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަންވެސް ނިންމާފައެވެ. މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑަފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމުން މިދިޔަ އަހަރެވެ. މި ބަދަލު ގެންނަން އައިފެބުން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ.

މީގެ ކުރިން މި ގަވާއިދަށް އަމަލުކުރެވޭނީ މިދިޔަ ސީޒަނުގައި އެކަނި ކަމަށް ކަނޑައެޅި ނަމަވެސް، ފަހުން މި ސީޒަނުގައިވެސް މި ގަވާއިދަށް އަމަލުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަން ޔުއެފާއިން ނިންމީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިން މެޗުތަކުގައިވެސް ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަން ފީފާއިން ނިންމުމާ ގުޅިގެންނެވެ.

ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދިއިރު، ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުނުކުރާ ހަމައެކަނި ލީގަކީ އިނގިރޭސި ޕްރިމިއާ ލީގެވެ. އެގޮތުން މީގެ ކުރިންވެސް ޔުއެފާގެ މުބާރާތްތަކުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރިއިރު، ޕްރިމިއާ ލީގު ފިޔަވައި އެހެން ލީގުތަކުގައި އަންނަނީ ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަމުންނެވެ.

ކޮވިޑާއެކުވެސް މި އަހަރުގެ ޔޫރޯ ބާއްވާއިރު، މި ފަހަރުގެ މުބާރާތުން އަލަށް ފެނިގެންދާނެ ކަމަކީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) މުޅިން އަލަށް ބޭނުން ކުރަން ފެށުމެވެ. ޔުއެފާއިން މީގެ ކުރިންވެސް ވީއޭއާރް ބޭނުންކުރި ނަމަވެސް، އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގައި ވިއޭއާރް ބޭނުން ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު