Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

މަޖިލީހަށް ވަކި ވަކި ސިފައިން ހާޒިރެއް ނުކުރެވޭނެ، ޖަވާބުދާރީވާނީ މުއައްސަސާއިން: އެމްއެންޑީއެފް

އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތައް ނޫން އެހެން ފަރާތަކާ ހިއްސާކުރުމަކީ މަނާ ކަމެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 3 ޖޫން 2021 | ބުރާސްފަތި 14:04
ރައީސް ނަޝީދު ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދު ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހަށް ވެސް އަދި އެހެން އިދާރާތަކަށް ވެސް ވަކި ވަކި ސިފައިން ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަކީ ޗެއިން އޮފް ކޮމާންޑްއާ ހިލާފު ކަމެއް ކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއާ ގުޅޭގޮތުން ނެރުނު ބަޔާނުގައި އެމްއެންޑީއެފުން ބުނީ އެ އިންކުއަރީ އަށް އެމްއެންޑީއެފް އިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. މި އިންކުއަރީ އަށް ވަކި ވަކި ސިފައިންނަށާއި ފުލުހުންނަށް ވެސް މައުލޫމާތު ދެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެމްއެންޑީއެފްއިން ބުނީ ކޮމިޓީގެ އިންކުއަރީއަށް ވަކި ވަކި ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދޭ ގޮތަށް ގާނޫނީ ހައިސިއްޔަތު އޮތް ނަމަވެސް އެކަމަކީ އެމްއެންޑީއެފްގެ ޗެއިން އޮފް ކޮމާންޑްއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ ސިފައިންގެ މައްސޫލިއްޔަތު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތައް ނޫން އެހެން ފަރާތަކާ ހިއްސާކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ދިފައިންނަކީ 24 ގަޑި އިރުގެ ހިދުމަތެއްދޭ ބަޔަކަށް ވާއިރު އެފަދަ އެއްވެސް މައުލޫމާތެއް ކޮމާންޑަރެއްގެ ހުއްދަ ނެތި ބަޔަކާ ހިއްސާކުރުމަކީ ވެސް މަނާކަމެއް ކަމުގައި ބުނެފައިވެއެވެ. އެގޮތުން ސިފައިންގެ މައްސޫލިއްޔަތުގެ ތެރެއިން ލިބޭ މައުލޫމާތުތަކާ ގުޅިގެން ޖަވާބުދާރީވަން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށާއި، އެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރާ މައްސޫލިއްޔަތުތަކާ ގުޅިގެން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ޑިފެންސް މިނިސްޓަރ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި ބުނީ އެ އުސޫލު ނޫން އެހެން ގޮތަކަށް އަމަލުކުރުމަށް ޝަރުއީ ކޯޓެއްގެ އެއްވެސް ހުކުމެއް ނެތް ކަމަށާއި އެހެންވެ އެ އުސޫލުގެ ތެރެއިން ކޮމިޓީގެ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ލިބިފައިވާ މައުލޫމާތާއި، ޚާއްސަކޮށް އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތު މީޑިއާއަކަށް ހިއްސާކޮށްފައިވާތީ 241 ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު