Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިޝްކާ ނިޔާވި މައްސަލަ ކޮމިޓީން ބަލަން ފެށުން

މިޝްކާ ނިޔާވި މައްސަލާގައި ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން، ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަނީ

މިކަމާ ގުޅުންހުރި ހުރި އިދާރާތަކުގެ ފަރާތުން މިކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް، ކޮމިޓީން އެދިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖޫން 2021 | ބުރާސްފަތި 13:02
ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން

ކޮވިޑް-19 އަށް ޕޮޒިޓިވްވެ އާއިލާއާއެކު ކަރަންޓީނުގައި ހުރި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވެ، އޭނާ ނިޔާވި މައްސަލާގައި، ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް މިކަން ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުރިޔަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާ ކުރައްވާފައިވަނީ މިކަން ކުރިޔަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދް ވިދާޅުވީ މިޝްކާ ނިޔާވާން ދިމާވި ސަބަބަކީ ކުއްޖާއަށް ދޭންޖެހޭ ފަރުވާ ހޯދުމަށްޓަކައި ސިއްހީ މަރުކަޒަކަށް ވާސިލްވުމަށް ބޭނުންވާ އެމްބިޔުލާންސްގެ ޚިދުމަތް ލަސްވެގެންކަން ފާހަގަކުރެވޭ ކަމަށާއު، އެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އިއުތިރާފްވެވަޑައިގެން އެކަމަށް މައާފަށްވެސް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖީހާން ވިދާޅުވީ މިކަމާއި ގުޅުންހުރި ހުރިހާ އިދާރާތަކުގެ ފަރާތުން، މިކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ކޮމިޓީން އެދިފައިވާނެކަމަށެވެ.

ޖީހާން ވިދާޅުވީ ހިޔުމަން ރައިޓްސް ކޮމިޝަނުން މިމައްސަލަ ބަލަމުންދާކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ވީހާވެސް އަވަހަކަށް އެމައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރައްވާނެކަމަށް އަންގަވާފައިވާކަމަށެވެ. އަދި އެންމެ ފަހުން ލިބިފައިވާ މައުލޫމާތަކީ ހެލްތު މިނިސްޓްރީން މިކަން ތަހުގީގު ކުރުމަށްފަހު އާންމުކުރި ރިޕޯޓް ކަމަށެވެ.

ނަމަވެސް ކޮމިޓީން މިކަމުގައި ބަލަން ބޭނުންވަނީ ނުރައްކާތެރި ހާލަތަށް ހުށަހެޅޭ ކުޑަކުދިންނަށް އޮތް ރައްކާތެރިކަމަކީ ކޮބައިކަން ކަމަށް ޖީހާން ވިދާޅުވިއެވެ.

މިފަދަ ހާދިސާއެއް އެހެން އާއިލާއަކަށް ދިމާނުވުމަކީ ބޭނުމަކަށްވާއިރު ދެން ކުރަންވީ ކަންކަން ދެނެގަތުމަކީ ކޮމިޓީން މިކަން ބަލަން ބޭނުންވާކަމެއްކަމަށް ޖީހާން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކަމާގުޅޭ ފަރާތްތަކުގެ މައުލޫމާތު ލިބުމުން އެފަރާތްތަކާއެކު ކޮމިޓީން ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ އެވެ. އެ ހުށަހެޅުއްވުމަށް މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީ ވަނީ ތާއީދުކުރައްވާފައެވެ. އެހެންކަމުން ކަމާގުޅޭ އިދާރާތަކާއެކު މިކަމުގައި ކޮމިޓީން ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގެ ގެއަކުން މަރުވެފައިވާ އަންހެނަކު ފެނުނު މައްސަލާގައި، އޭނާއަކީ އެންޑީއޭގެ މެތަޑޮން ޓްރީޓްމަންޓްގައި ހުރި ފަރާތަކަށްވާއިރު އެކަން ހިނގައިދިޔަ ގޮތް ބެލުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އެއީ އެފަދަ ފަރާތްތަކަކީ ގާތުން ބަލަހައްޓަންޖެހޭ ބަޔަކަށްވާތީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް ގުޅުންހުރި ފަރާތްތަކުން މައުލޫމާތުތައް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު