Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑްބަލީގައި ކުޑަކުއްޖަކު ނިޔާވުން

އެމްބިއުލާންސް ލަސްވި ސަބަބު ދެނެގަތުމަށް ހާމަކަންބޮޑު ތަހުގީގެއް ހިންގުމަށް އާކް އިން ގޮވާލައިފި

2 ޖޫން 2021 | ބުދަ 20:25

ރާއްޖޭގައި ޖަހަމުންދާ އެއްވެސް ވެކްސިނެއް ޖެހުމުގެ ހުއްދަ ކުޑަކުދިންނަށް ނެތުމުން ޚިދުމަތް ފޯރު ކޮށްދިނުމުގައި ކުޑަކުދިންގެ ހައްގުތަށް ކަށަވަރުކުރުމަށް އާކް އިން ގޮވާލާފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 2 ޖޫން 2021 | ބުދަ 20:25
މިޝްކާ - މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ނައިސް ލަސްވި މައްސަލަ ބަލަނީ

މިޝްކާ - މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ނައިސް ލަސްވި މައްސަލަ ބަލަނީ

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދުގެ ހާލު ދެރަވެ އާއިލާއިން އެމްބިއލާންސްގެ ޚިދުމަތަށް އެދުމުން, އެކަމަށް އިޖާބަ ދިނުން ލަސްވި ސަބަބު ދެނެގަތުމަށް އަވަސް އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ގޮވާލައިފިއެވެ.

ފާތިމަތު މިޝްކާއަކީ ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. މިޝްކާ ނިޔާވީ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 ގައެވެ. މެއި މަހުގެ 31 ވަނަ ދުވަހުގެރޭ, އޭނާގެ ހާލު ދެރަވެ އެމަބިއުލާންސް އަށް ގުޅުމުން, އެމްބިއުލާންސް އައީ 2 ގަޑިއިރާ 30 މިނިޓް ފަހުން ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އާކް އިން ނެރުނު ބަޔާނުގައި, ކޮވިޑް 19 ބަލިމަޑު ކަމުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ވެސް ކުޑަކުދިންގެ ސިއްޙީ ފަރުވާގެ ހައްގު ކަށަވަރު ކުރުމަށް ހުރި ނިޒާމީ މައްސަލަތަކަށް ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން ބައްޔަށް ޕޮޒިޓިވްވާ ކުދިންގެ އަދަދު އިތުރުވެފައި ވުމާއެކު, ކުޑަކުދިންނަކީ މިހާރު ރާއްޖޭގައި ޖަހަމުންދާ އެއްވެސް ވެކްސިނެއް ޖެހުމުގެ ހުއްދަ އޮތް އުމުރުފުރާއަކަށް ނުވާތީ, ސިއްޙީ ޚިދުމަތް ފޯރު ކޮށްދިނުމުގައި ކުޑަކުދިންގެ ހައްގުތަށް ކަށަވަރުކޮށްދީ, ޚާއްސަކޮށް މިދަނޑިވަޅު ސަރުކާރުގެ ފަރާތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ވަރުގަދަކުރުމަށް އާކުން ގޮވާލާފައިވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް ބަލި ޖެހެމުންދާ މިންވަރު އިތުރުވެ, 10 އަހަރުން ދަށުގެ 80 އަށްވުރެ ގިނަ ކުދިން ދުވާލަކު މިހާރު ކޮވިޑަށް ޕޮޒިޓިވް ވަމުން ދެއެވެ. އަދި ފާއިތުވި އެއް މަސްދުވަސްތެރޭ އެކަނި ވެސް އެއް އަހަރުން ދަށުގެ ތުއްތު ކުދިންގެ ތެރެއިން 400 އާ ގާތްކުރާ އަދަދަކަށް ކުޑަކުދިން ޕޮޒިޓިވް ވެފައި ވާކަން ތަފާސް ހިސާބު ތަކުން ދައްކައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
26 މާރިޗު 2017

މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް