Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ސްކޮޑް ފައިނަލްކުރުން

އިޓަލީގެ ސްކޮޑުގައި ވެރާޓީ އާއި ސެންސީ ހިމަނައިފި

2 ޖޫން 2021 | ބުދަ 10:09

ކިއެލީނީ އާއި ބޮނޫޗީވެސް ވަނީ ސްކޮޑުގައި ހިމަނާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖޫން 2021 | ބުދަ 10:09
އިޓަލީގެ ފަރިތަކުރުންތަކުގެ ތެރެއިން ވެރާޓީ އާއި ސެންސީ

އިޓަލީގެ ފަރިތަކުރުންތަކުގެ ތެރެއިން ވެރާޓީ އާއި ސެންސީ

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީން އެކުލަވާލި ސްކޮޑުގައި އަނިޔާވެފައިވާ ދެ މިޑްފީލްޑަރުން ކަމަށްވާ މާކޯ ވެރާޓީ އާއި ސްޓެފާނޯ ސެންސީ ހިމަނައިފިއެވެ.

އަންގާރަ ދުވަހުގެރޭ ފައިނަލްކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ވެރާޓީ ހިމަނަން ރޮބާޓޯ މަންޗިނީ ނިންމިއިރު، މިދިޔަ މަހުގެ ތެރޭގައި އޭނާގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އަދި އެ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް މަދުވެގެން ހަ ހަފުތާ ނަގާނެ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން އިޓަލީގެ ސްކޮޑުގައި ވެރާޓީ ހިމެނި ނަމަވެސް، ޔޫރޯގެ ގްރޫޕް ސްޓޭޖު މެޗުތައް އޭނާއަށް ގެއްލޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެން ސްކޮޑުގައި ހިމެނި އިންޓަ މިލާނަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ސެންސީގެ ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް އަނިޔާވީ އިޓާލިއަން ލީގުގެ ފަހު މެޗުގައި މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އުދިނޭޒީ އަތުން މިލާން މޮޅުވި މެޗުގެ ތެރެއިންނެވެ.

އަނިޔާގައި ތިބި ދެ ކުޅުންތެރިއަކު ސްކޮޑުގައި ހިމަނަށް މަންޗިނީ ނިންމިއިރު، އޭނާ ވަނީ މި ފަހަރުގެ ސްކޮޑުގައި ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ އާއި ލެއޮނާޑޯ ބޮނޫޗީ ހިމަނާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔޫރޯއަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން އުމުރުން 36 އަހަރުގެ ކިއެލީނީ ވަނީ ނިންމާފައެވެ.

އުމުރުން 56 އަހަރުގެ މަންޗިނީގެ އިރުޝާދުގެ ދަށުން ޔޫރޯއާ އިޓަލީ ކުރިމަތިލާއިރު، އޭނާ އިޓަލީގެ ކޯޗުގެ މަގާމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. އެފަހަރު އެ މަގާމު ހުސްވީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ފީފާ ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާ ގުޅިގެން، އޭރު ކޯޗުގެ މަގާމުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ މަގާމުން ވަކިކުރުމުންނެވެ. އަދި ދާދި ފަހުން މަންޗިނީ ވަނީ އިޓަލީގެ އެއްބަސްވުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާކޮށްފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ޔޫރޯ ފަށާއިރު، އެ މުބާރާތުގައި އިޓަލީ ހިމެނުނީ ގުރޫޕް އޭ ގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ސްވިޓްޒަލެންޑް، ތުރުކީ އަދި ވޭލްސްއެވެ. މި ފަހަރުގެ ޔޫރޯ ފަށާ މެޗުގައި އިޓަލީ ކުޅޭއިރު، އެ މެޗުގައި އެ ގައުމު ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް