Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުދި އަދި މެދު ފަންތީގެ ވިޔަފާރި

ވިޔަފާރިތަކަށް ހުޅުވާލާ ފުރުސަތުތައް ހަމަހަމަކަމާއެކު ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފާސްކޮށްފި

2 ޖޫން 2021 | ބުދަ 08:20

މައްސަލަ ދިރާސާ ކޮށްފައިވަނީ އިގްތިސާދީ ކޮމިޓީން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ޖޫން 2021 | ބުދަ 08:20
ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަނީ ގެއްލުން ވަމުން

ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަނީ ގެއްލުން ވަމުން

ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރަންޓް ހިމެނޭގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ހުޅުވާލާ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތުތައް މިހާރަށްވުރެ އިތުރަށް ފޯރުކޮށްދިނުމަށާއި، ހަމަހަމަކަމާއެކު ފުރުސަތުތައް ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ އިގްތިސާދީ ކޮމިޓީންނެވެ. މި ރިޕޯޓުގައި ބުނީ މެންބަރު ސަލީމް ހުށަހަޅުއްވާފައިވާ މައްސަލައިގައި މައިގަނޑު ގޮތެއްގައި ގޮވާލައްވާފައި ވަނީ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެ ވިޔަފާރިތަކަށް ލުއިދިނުމަށް ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ކޮމިޓީއަށް ފޮނުއްވިއިރު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަށާއި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބަޔާންކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ކޮވިޑް ޕެންޑަމިކާ ގުޅިގެން ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ސަލާމަތް ނުކުރެވޭ ހިސާބަށް ދިއުމާއެކު އެކަންބޮޑުވުން ހިއްސާކޮށް މޯލްޑިވްސް އީޓަރީ ޔޫނިއަންއާއި ހޮޓާ ކެފޭ ރެސްޓޯރަންޓްތަކުގެ ބައެއް ވެރިންގެ ފަރާތުން ފޮނުވާފައިވާ މައްސަލައެއް ކޮމިޓީން ގެންދިޔައީ ދިރާސާކުރަމުން ކަމަށެވެ.

އެގޮތުން، މި މައްސަލަތަކަކީ ގުޅުންހުރި މައްސަލަތަކަކަށް ވުމާއެކު، މި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންގޮސްފައިވަނީ އެއް މައްސަލައެއްކަމުގައި ބަލައިގެން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނީ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އެ ވިޔަފާރިތަކަށް ލުއިދިނުމަށް ކަމާގުޅޭ ފަރާތްތަކަށް ގޮވާލައްވައި، ލާޒިމުކޮށްގެން ބަންދުކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީއަށް އެކަށީގެންވާ ބަދަލެއް ދިނުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް އެފަދައިން އަމަލުކުރުމަށް ނުފެންނަކަމަށާއި، ސަބަބަކީ 2021 ވަނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި އެފަދަ ކަމެއް ހަމަޖެއްސުމަށް ބަޖެޓް ކުރެވިފައިނުވުމާއި، އެފަދަ ޚަރަދެއް ހަމަޖެއްސުމަކީ ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމެއްކަމަށް ކޮމިޓީއަށް ބެލެވޭ ކަމަށް ބުނެއެވެ.

ކޮމިޓީން ހުށަހެޅި އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން މުސްތަގުބަލުގައި ފިޔަވަޅުތައް އަޅުއްވާނަމަ، ވިޔަފާރިތައް ގިންތި ކުރެވިފައިވާ ގޮތަށް ބަލައި، ކެޓަގަރައިޒްކޮށް، ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެގޮތަށް ގަވާއިދުތަކާއި ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ އެ ވިޔަފާރިތައް ދިގުމުއްދަތަކަށް ދެމެހެއްޓުމަށް، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރިތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކޮށް، އެ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވާލަން ޖެހޭ ކަމަށެވެ.

އަދި އެ ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރަމުންދާ ލޯނުތައް ދޫކުރާ ދާއިރާތަކަކީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނުވާނެ ދާއިރާތައްކަން ކަށަވަރުކުރުމަށާއި ލޯނު ލިބެމުންދާ ފަރާތްތަކަކީ އެކަމަށް އެންމެ ހައްގުވާ ފަރާތްތައްކަން ކަށަވަރުކުރުމަށާއި އެ ވިޔަފާރިތަކުގެ ޕްރޮގްރެސް މޮނިޓަރކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
09 މާރިޗު 2017

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

09 މާރިޗު 2017
ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް