Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިޔާވި 10 އަހަރުގެ ކުއްޖާ

ނިޔާވި 10 އަހަރު ކުއްޖާގެ މައްސަލަ މަޖިލީހަށް

ކުއްޖާ ހޮސްޕިޓަލަށް ނުގެންދެވި 2 ގަޑިއިރާ 30 މިނެޓް ހޭދަވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 2 ޖޫން 2021 | ބުދަ 07:33
އަހްމަދު ހައިތަމް، މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު

އަހްމަދު ހައިތަމް، މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު

ނިޔާވި 10 އަހަރުގެ ކުއްޖާގެ މަައްސަލަ މަޖިލީހަށް ވެއްދުމަށް ތައްޔާރު ވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ރާއްޖެެއެމްވީއަށް ވިދާޅުވީ، މިކަމާ ގުޅިގެން މަޖިލީހަށް މައްސަލައެއް ވެއްދުމަށް ލިޔެކިޔުންތައް ތައްޔާރު ކުރައްވަމުން އަންނަ ކަމަށެވެ. މިއަދު މަޖިލީހަށް މައްސަލަ ވައްދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަހުގެ 1 ވަނަ ދުވަހު ނިޔާވީ ހދ. ކުޅުދުއްފުށީ ލާޖަހާގޭ ފާތިމަތު މިޝްކާއެވެ. އެ ކުއްޖާ އެޑްމިޓްކޮށްފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ކުއްޖާގެ އާއިލާއިން ބުނިގޮތުގައި، އެ ކުއްޖާގެ ހާލު ދެރަވެ އެޗްޕީއޭއަށް ގުޅައި އެންގީ 31 ވަނަ ދުވަހުގެ ރޭ 9 ޖެހި އިރުއެވެ. އެތައް ފަހަރަކު ގުޅައިގެން އެދުމުން ވެސް އެޗްޕީއޭއިން ބުނީ "މެޑިކަލް ޓީމަށް ގުޅައި އަންގައިފި" ކަމަށެވެ. އެހެންނަމަވެސް ދެ ގަޑި އިރު ވެގެން ދިޔަ އިރު ވެސް އެމްބިއުލާންސް ނާންނަ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. ކޮވިޑް-19 ޕޭޝަންޓެއް ކަމުން އައިޖީއެމްއެޗުން ވެސް ފަރުވާދޭން އެއްބަސް ނުވި ކަމަށާއި އެންމެ ފަހުން އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ ދެ ގަޑި އިރު ފަހުން އެ ރޭ 11:30 ހާއިރު ކަމަށް ބުނެފައިވެއެވެ.

އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާގެ ހޭ ވެސް ނެތްކަމަށާއި ކުއްޖާ އޮތީ ހުއްޓިފައި ކަމަށެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ވެސް އެ މައްސަލަ ފެންމަތިވިއެވެ. ކޮވިޑް-19 ރެސްޕޮންސް ޓީމުގައި އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ބޭނުންކުރަމުން އަންނައިރު ބަލި މީހުން އުފުލުމާއި ނިޔާވާ މީހުން އުފުލުމަށް ވެސް ގެންގުޅެނީ އެއް އެމްބިއުލާންސްތަކެކެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު