Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލީހަށް ތްރެޓް އޮތުން

މަޖިލިސް ކުރާގެ ގޮއްވާލާނެ ކަމަށް ބުނި ޒުވާނާ ހައްުޔަރުކޮށްފި

މަޖިލިސް އިމާރާތާއި އިމާރާތް ވަށައިގެންވާ ސަރަހައްދުގެ ސެކިޔުރިޓީ ވަނީ މަތިކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ޖޫން 2021 | އަންގާރަ 19:26
ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފައި

މީސްމީޑިއާގައި މަޖިލިސް ކުރާގެ ގޮއްވާލާނެ ކަމަށް ބުނި ޒުވާނާ ހައްުޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެނާއަކީ މީސްމީޑިއާ މެދުވެރިކޮށް މަޖިލިސް ކުރާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، އެފަދަ ޓެރަރިޒަމާ ގުޅޭ މައްސަލަތައް ފުލުހުން ބަލަމުންދާނީ ވަރަށް ސީރިއަސް މައްސަލަތަކެއް ގޮތުގައި ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.

އޭރު ރައްޔިތުންގެ މަޖިލީހަށް ތްރެޓެއް އޮތްކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މަޖިލިސް އިމާރާތާއި އަދި އިމާރާތް ވަށައިގެންވާ ސަރަހައްދުގެ ސެކިޔުރިޓީވެސް އެމްއެންޑީއެފުން މަތިކުރިއެވެ. ސަބަބަކީ އޭރު މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނިކޮށް ރާއްޖެޓީވީގެ ފޭސްބުކް ލައިވަށް ފިރިހެނަކު "ތި މަޖިލިސް ގޮއްވާލަންވީ" ކަމަށް ބުނެ ކޮށްފައިވާ ކޮމެންޓް ފުލުހުންގެ ސަމާލުކަމަށް އައިސް، ފުލުހުން ވަގުތުން އެ މައްސަލަ ތަހުގީގު ކުރަން ފެށުމާއި ގުޅިގެންނެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ވަނީ ދީފައެވެ. އައިއީޑީއެއް ގޮއްވައިލައިގެން މިހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައެވެ. އަދި އެވަގުތު އެމަނިކުފާނުގެ ބޮޑީ ގާޑުން ވެސް ކައިރީގައި ތިއްބެވިއެވެ. މިހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން މިހާރު ޖަރުމަނުވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އެމަނިކުފާނުގެ ތިން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާ މިހަމަލާގައި ވަނީ ލިބިވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށައިގެން ކުރިޔަށްދާއިރު އެކަމާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް މިވަގުތު މަޖިލީހުގައި އަންނަނީ ކުރެވެމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތް ބެލުމަށް ޕާލަމެންޓްރީ ޚާއްސަ އިންކުއަރީއެއް ހެދުމަށް މުޅި މަޖިލިސް އިގުރާރުވެ އެކަން އަންނަނީ ކުރަމުންނެވެ. އަދި ރައީސް ނަޝީދާ ދެކޮޅަށް ދެވުނު ހަމަލާ ކުށްވެރިކޮށް މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ. މީގެއިތުރުން ހަރުކަށި ފިކުރާއި ނަފްރަތު އުފެދޭ ގޮތަށް ދެކެވޭ ވާހަކަތަކާއި ދެކޮޅަށް ވެސް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

ތޮއްޑޫ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

15 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު