Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގާނޫނުލް އުގޫބާތަށް ގެނައި އިސްލާހް

ކާފަރެކޭ ނުބުނެވޭ އިސްލާހާއެކު ސޯޝަލް މިޑިއާ އުތުރި އަރަނީ

މިއީ ވަކި މީހަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ކަމަށް ބުނޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 ޖޫން 2021 | އަންގާރަ 15:43
ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހާއެކު ސޯސަލް މީޑިއާގައި ހުރި ބައެއް ޓްވީޓްތައް

ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހާއެކު ސޯސަލް މީޑިއާގައި ހުރި ބައެއް ޓްވީޓްތައް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅީ ހޯމަ ދުވަހު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ހުށައެޅި މި އިސްލާހާއެކު ސޯޝަލް މީޑިއާގެ ބަހުސްތައް ފެށުނީއެވެ. ބެއެއް މީހުން ބުނާގޮތުން މިއީ ވަކި މީހަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހެކެވެ. އަނެއްބަޔަކު ބުނަނީ މި އިސްލާހު ފާސްވިޔަސް އެހެން ކިޔުމަށް ނިމުމެއް ނާންނާނެ ކަމަށެވެ.

މިވާހަކަތައް ދައްކަ މީހުންގެ ތެރޭގައި ގާނޫނީ ވަކީލުންނާ ދީނީ އިލްމުވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުންވެސް ހިމެނެއެވެ. މިކަމުން ދޭހަވާ ކަމަކީ، ކޮންމެއަކަސް ބިލްގެ ބަހުސް މަޖިލީހުގައި ފެށޭ ހިސާބުން އަދި މިކަމުގެ ފޯރި މިއަށްވުރެ ގަދަވާނެ ކަމެވެ.

ބައެއް ދީނީ އިލްމުވެރިން ގަބޫލް ކުރާ ގޮތުގައި މި ބިލުގެ ސަބަބުން ދީނަށް ނިކަމެތިން އަންނާނެއެވެ. މިއީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުންނަށް އިތުރަށް ހުޅުވާލެވުނު ފުރުސަތެއްގެ ގޮތުގައި ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އިންލޯގެ ކުރީގެ ޑީން އަލީ ޒާހިރު ސިފަ ކުރައްވައެވެ. އަލީ ޒާހިރު ވިދާޅުވީ، އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހަކީ ދީނާ ދެކޮޅު މިހެއް ކަމަށް ބުނާ މީހާ "އުލު ބައިންދަން" ގެންނަ މިފަދަ އިސްލާހުތަކުގެ ސަބަބުން ދީނަށް ނިކަމެތިން ލިބިގެންދާނެ ކަމަށެވެ.

ކުރީގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ ދިޔާނާ ސައީދު މިކަމާ ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ބިލު ހުށަހެޅުއްވި މެމްބަރާ ދިމާކޮށް ނޮޅާއިރުވެސް ސަރުކާރުގެ ފްރޮންޓްލައިން އޮތީ ހިމޭނުން ކަމަށެވެ. މީގެ ޖަވާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ތިވިދާޅުވީ ތެދެއް ކަމަށް ބުނެ ދިޔާނާއާ އެއްބަސްވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިން މަކުނުދޫ ދާއިރާގެ ގޮނޑި ތަމްސީލް ކުރެއްވި އަނާރާ ނައީމް ވިދާޅުވެފައިވަނީ، ދީނަށް ފުރައްސާރަކުރުން މިރާއްޖޭގަ ޢާއްމުވެފަވާއިރު އެކަމަށް ޙުކުމެއް ތަންފީޛު ނުކުރާޙާލު، މި އިޞްލާޙު ގެނެސްގެން ދީނަށް ފުރައްސާރަކުރާމީހުންގެ ޢަމަލުތަކަށް ހިތްވަރުލިބި ހައްދުންނެއްޓިދާނެތީ ކަންބޮޑުވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެފައިވަނީ، ބިލުގެ ޑްރާފްޓް އޮތްގޮތުން ފާސްކުރުމަށް ތާއީދު ނުކުރެވޭނެ ކަމަށެވެ. މިހާރު އޮތް ޑްރާފްޓް އޮތީ ވަރަށް ފުޅާކޮށް ކަމަށެވެ. ގާނޫނެއްގައި އެހާ ފުޅާކޮށް އެ އަމަލު މާނަ ކުރެވެން އޮތުން އެއީ ގަބޫލް ކުރައްވާ ގޮތް ނޫން ކަމަށާއި، އެ ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެފައިވަނީ، އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މީހަކާ ދިމާއަަށް އިސްލާމް ދީނާ ދެކޮޅު މީހެކޭ ބުނުން އެއީ ޖިނާއީ ކުށަކަށް ވެގެން ނުވާނެ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، އިސްލާމްދިނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ. އެކަމާ އިދިކޮޅަށް ފާސްކުރަން މަސައްކަތްކުރާ އެއްވެސް ގާނުނަނަކަށް ތާއީދު ނުކުރައްވާނެ ކަމަަށެވެ.

އާއްމު ރައްޔިތުންވެސް އަންނަނީ މި ބިލަށް ޚިޔާލު ފާޅުކުރަމުންނެވެ. ދެން އޮތީ، މަޖިލީހުގެ މަރުހަލާތައް ފެށުމުން ކަންތައްވާނެ ގޮތެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާ، ބައިވެރިވުމާ، ރޭވުމަކީވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. 

މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތު ކުރުން ނުވަތަ އެމީހަކާމެދު ތަފާތުކުރުމަށް ގޮވާލުމަކީވެސް ކުށެކެވެ. މިފަދަ އަމަލެއް ހިންގުމުގައި މީހަކު މަރުވެއްޖެނަމަ އެ ކުށަކީ، ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ވެއެވެ.

މިފަދަ އަމަލެއް ހިންގީ ކިޑްނެޕްކޮށްގެން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން ނޫނީ މަރުގެ އިންޒާރު ދީގެން ކަމުގައިވާނަމަ އެއީ 2ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ.

އެނޫން ހާލަތްތަކުގައި މިބާވަތުގެ ކުށަކީ ޖިނާއަތުގެ 4ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

ހޯމަދުވަހުގެ ޖަލްސާގައި އިއްވާފައިވަނީ މި ބިލުގެ ފުރަތަމަ ކިޔުމެވެ.

އިތުރަށް ކިޔާލަން

03 މެއި 2024

ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް

03 މެއި 2024
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
07 އެޕްރީލު 2024

ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ބޭފުޅަކީ އަދުރޭ ކަމަށް ރައީސް ވިދާޅުވުމާއެކު އަދުރޭގެ ބަސްމޮށުންތެރިކަން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި

07 އެޕްރީލު 2024
ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވާ ބޭފުޅަކީ އަދުރޭ ކަމަށް ރައީސް ވިދާޅުވުމާއެކު އަދުރޭގެ ބަސްމޮށުންތެރިކަން ސޯޝަލް މީޑިއާއަށް ދޫކޮށްލައިފި
26 ޖެނުއަރީ 2024

އަހައިގެން ނުބުނެވޭ! ދައްކަނީ ހުސް ދަޅަ!

26 ޖެނުއަރީ 2024
އަހައިގެން ނުބުނެވޭ! ދައްކަނީ ހުސް ދަޅަ!
19 ޖޫން 2022

ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ އެއްޗަކީ ތެދެއް ނޫން!

19 ޖޫން 2022
ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ އެއްޗަކީ ތެދެއް ނޫން!
09 މެއި 2022

މުހިންމު ދުވަސްތައް ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާގައި އެކަނި، ބަދަލުކުރަންވެއްޖެ ކަމެއް

09 މެއި 2022
މުހިންމު ދުވަސްތައް ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާގައި އެކަނި، ބަދަލުކުރަންވެއްޖެ ކަމެއް
25 ޑިސެމްބަރު 2021

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން އެތައް ވާހަކައެއް

25 ޑިސެމްބަރު 2021
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން އެތައް ވާހަކައެއް
08 އޮކްޓޯބަރު 2021

ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފާކަށް ނުވޭތަ؟

08 އޮކްޓޯބަރު 2021
ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފާކަށް ނުވޭތަ؟
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު