Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިސް ޕާމިޓް

އައްޑޫގައި ވެސް ބޭރަށް ނުކުތުމަށް ޕޮލިސް ޕާމިޓް ބޭނުންވާނެ

1 ޖޫން 2021 | އަންގާރަ 06:49

އައްޑޫ ސިޓީ ނޫން އެހެން ސަރަހައްދެއްގައި ހުރެގެން މައުލޫމާތު ސާފުކުރުމަށް 6886098 އަށް ގުޅުމަށް ވަނީ އެދިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖޫން 2021 | އަންގާރަ 06:49
ފުލުހުންނާއި ސިފައިން ގުޅިގެން މާލެތެރެ ބެލެހެއްޓުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން

ފުލުހުންނާއި ސިފައިން ގުޅިގެން މާލެތެރެ ބެލެހެއްޓުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން

ކޮވިޑް19ގެ ހާލަތާ ގުޅިގެން އައްޑޫ ސިޓީގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ބޭރަށް ނުކުމެ އުޅުން މަނާ ވަގުތު ތަކުގައި، ޒަރޫޒީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީން ހުއްދަ ދޫކުރުމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އައްޑޫ ސިޓީގައި ހުރެގެން ގުޅާނަމަ 1665 ނުވަތަ އައްޑޫ ސިޓީ ނޫން އެހެން ސަރަހައްދެއްގައި ހުރެގެން ގުޅާނަމަ 6886098 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރަށްތަކުގައި ވެސް ފެންނަ ކޮވިޑުގެ ކޭސްތައް އިތުރުވެފައިވާއިރު ސަރުކާރުން މިވަނީ ކޮވިޑު ކޮމްޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ކޮވިޑް-19ން ރައްކާތެރިވުމަށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މޮނިޓަރިންގ ގެ ހާލަތަށް ގެނެވޭ ރަށްރަށުގައި ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ އަންގާފައެވެ.

އެގޮތުން މޮނިޓަރިންގ ގައި އޮންނަ ރަށްރަށުގައި ރޭގަނޑު 9ން ފެށިގެން ފަތިހު 4ށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާތީ އެރަށްތަކުގެ ހާލަތު ވަރަށް ގާތުން ސަރުކާރުން ދަނީ ބަލަމުންނެވެ.

އެގޮތުން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ އިސް ބޭފުޅަކު ހަމަޖައްސަވާފައެވެ. އެގޮތުން އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށް ވަނީ ކަނޑައަޅުއްވާފައެވެ. މިބޭފުޅުން މަސައްކަތްކުރައްވާނީ ކައުންސިލްތަކާއި ޓާސްކްފޯސްތަކާ ގުޅިގެން އެ އަތޮޅެއްގައި ކޮވިޑް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަދި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވައި އަދި އެކަން ހިނގާނުހިނގާ ގޮތް މޮނިޓަރ ކުރެއްވުމަށެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ރަށްތަކުގައި ކާފިއު ހިންގަމުންދާއިރު، އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ގިނަ ރައްޔިތުން އަމަލުކުރަމުންދާ ކަމަށް އެރަށްތަކުގެ ކައުންސިލްތަކުން މައުލޫމާތުދެއެވެ. އަދި މި މަސައްކަތުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ކައުންސިލްތަކުން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް