Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ކޯޗުންގެ އެއްބަސްވުންތައް އާކުރުން

ކޯޗުންގެ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ބޮޑު މަގުސަދެއް: ފައިސަލް

1 ޖޫން 2021 | އަންގާރަ 05:52

ކްރިކެޓް ކޯޗުންގެ އެއްބަސްވުންތައް އާކުރުމުގެ މަސައްކަތް ވަނީ ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ޖޫން 2021 | އަންގާރަ 05:52
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް

ކްރިކެޓް ކޯޗުންނާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ވަރަށް ބޮޑު މަގުސަދެއް ކަމަށް އެ ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ދާދިބ ފަހުން ކްރިކެޓް ބޯޑުން ވަނީ އެ ބޯޑުގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ ކޯޗުންގެ އެއްބަސްވުންތައް އާކޮށް، އެއްބަސްވުންތައް ހަވާލުކުރުމުގަ މަސައްކަތް ފަށާފައެވެ. އެ މަސައްކަތުގެ ތަފުސީލު ހާމަކުރައްވާ ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ މި ދަނޑިވަޅަކީ ކްރިކެޓް ބޯޑަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި، އެކަމަކު ކްރިކެޓް ކުރިއެރުވުމަށްޓަކައި މިހާތަނަށްވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި ކޯޗުން ތިބުމާއި އަދި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ހުރުމާއެކު، މި ވަގުތު ކޮޗުންގެ އެއްބަސްވުންތައް އާކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އަލަށް ހެދުނު އެއްބަސްވުންތައް ހެދިފައިވަނީ ކޯޗުންނަށް ލިބޭ އިނާޔަތްތައް ތަމްރީނު ޕްރޮގްރާމްތަކާ ގުޅުވައި، ޕްރޮގްރާމްތައް ހިންގާ މިންވަރަށް ބަލާ އިނާޔަތްތައް އިތުރުވާނެ ގޮތަށް ކަމަށާއި، އެ ގޮތަށް ހަމަޖެހުމުން ހުރިހާ ފަންތީގެ ކޯޗުންގެ މުސާރަވެސް ކުރިއަށް ވުރެ ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އަންހެން ކްރިކެޓް ކުރިއެރުވުމަށް ފަށާ މަސައްކަތުގެ ތެރެއިން އަލަށް އެއްބަސްވުން ހަދާއިރު، ކޮންމެ ކޯޗަކާވެސް މަދުވެގެން އެއް އަންހެން ސްކްޑް ހަވާލުކުރެވޭނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކްރިކެޓް ބޯޑުން އަލަށް ތައްޔާރުކުރާ ޑިވެލޮޕްމަންޓް ޕްރޮގަރާމްގައި ހަރަކާތްތެރިވުމަށް 15 ކޯޗަކު މިހާތަނަށް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން މާލެއަށް ނުވަ ކޯޗުން، ފުވައްމުލަކަށް ފަސް ކޯޗުން އަދި ލ. ކުނަހަންދޫއަށް ދެ ކޯޗުން ހަމަޖެހިގެންދާނެ ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.

އަދި ކްރިކެޓް ބޯޑު ހިންގުމާ އައު ހިންގާ ކޮމިޓީ ހަވާލުވުމަށް ފަހު، ކްރިކެޓް ތަރައްގީކުރުމަށް ހިންގޭ ޕްރޮގްރާމްތައް ދިރާސާކޮށް، އެ ޕްރޮގްރާމް ހަރުދަނާކޮށް ނަތީޖާ ނެރެވޭނެ ފަދަ ޕްރޮގްރާމަކަށް ހެދުމަށް ގެންނަޖެހޭ ބަދަލުތަކާ ގުޅޭ ކަންކަން މިހާރު ނިމިފައިވާ ކަމަށްވެސް އެ ބޯޑުން މައުލޫމާތުދެއެވެ. މީގެ އިތުރުން ކޮވިޑުގެ ހާލަތު ރަނގަޅުވެ، ލުއިތައް ލިބުނުހާ އަވަހަކަށް ވައިޑީޕީ ހަރަކާތްތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ކްރިކެޓް ބޯޑުން މައުލޫމާތުދެއެވެ.

ފައިސަލުގެ ބެލުމުގެ ދަށުން ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާއިރު، އޭނާ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި މިދިޔަ ޖެނުއަރީ މަހު އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ އެގްޒެކުޓިވް ބޯޑުގެ ޑައިރެކްޓަރަކަށްވެސް ފައިސަލް ވަނީ އިންތިޚާބުކޮށްފައެވެ. 

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް