Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫ ސްކޮލަރޝިފަށް ހުޅުވާލުން

ގައުމު ބިނާކުރުމަށް އެމްއެންޔޫއިން ދޭ ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

1 ޖޫން 2021 | އަންގާރަ 02:48

ސްކޮލަރޝިޕް ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 9 ސެޕްޓެމްބަރު

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 1 ޖޫން 2021 | އަންގާރަ 02:48
އެމްއެންޔޫ ދަސްވެރިވުން

އެމްއެންޔޫ ދަސްވެރިވުން

ގައުމު ބިނާކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދޭ ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ ސްކޮލަރޝިޕް ގެ މައިގަނޑު މަގުސަދަކީ މި ވަގުތަށް ގައުމަށް ބޭނުންވާ ކޯސްތަކަށް އިއުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 2021 ވަނަ އަހަރުގެ ދެވަނަ ޓާމަށް ޚާއްސަކުރެވިފައިވާ ދާއިރާތަކަކީ, ފަށާ ތަޢުލީމުގެ މުދައްރިސްކަމާއި މެރިޓައިމް ދާއިރާއެވެ.

ސްކޮލަޝިޕް ދޭ ދާއިރާތަކުގެ ތެރެއިން, ބެޗްލަރ އޮފް ޕްރައިމަރީ އެޑިޔުކޭޝަންގެ ދާއިރާއިން 30 ދަރިވަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން  15 ސްކޮލަރޝިޕް އަކީ އެމްއެންޔޫ އިން ދޭ ސްކޮލަރޝިޕްއެވެ. އަދި އަނެއް 15 ސްކޮލަރޝިޕް އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުން ސްޕޮންސަރ ކުރެވޭ ސްކޮލަރޝިޕްއެވެ.

އެމްއެންޔޫއިން ބުނީ އެ ކޯސް ލިބޭ ދަރިވަރުންނަށް ކިޔަވާ ކޯހުގެ ޓިއުޝަން ފީ، ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ އަދި އެދަރިވަރަކު ހުރުމަށް މަޖްދުއްދީން ދަނާލުން ޖާގަ ލިބޭނެ ކަމަށެވެ.

ބެޗްލަރ އޮފް ޕްރައިމަރީ އެޑިޔުކޭޝަންގެ ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ އެމްއެންޔޫއިން ކަނޑައަޅާފައިވާ 60 ރަށަކުން ކުރިމަތީލާ ފަރާތްތަކުގެ ތެރެއިން ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ.

މެރިޓައިމް ދާއިރާއިން ނޯޓިކަލް ސްޓަޑީޒް / ސެޓިފިކެޓް 3 އިން މެރިޓައިމް އޮޕަރޭޝަންސް ކޯހުން ސްކޮލަޝިޕް ދިނުމަށް ހަމަޖެހިފައި ވާއިރު, ޖުމްލަ ހަ ދަރިވަރަކަށް ޖާގަ ދިނުމަށް ހަމަޖެހިފައި ވެއެވެ. މި ކޯހަށް ހޮވޭ ދަރިވަރުންނަށް ކިޔަވާ ކޯހުގެ ޓިއުޝަން ފީ، ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ އަދި ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ ލިބޭނެ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެމްއެންޔޫގައި ގައި 2021 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް އެދަރިވަރަކު ހޮވިފައިވާ ކޯހަކާއެކު ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމްއެންޔޫން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވާނީ ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުންނެވެ. ދަރިވަރުންގެ ނަތީޖާ ތަރުތީބު ކުރުމަށްފަހު، ލިބޭ މާރކްސް އެއްވަރު ވެއްޖެނަމަ އެކުދިންގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ސްކޮލަރޝިޕް ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 9 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް