Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަނީ

31 މެއި 2021 | ހޯމަ 16:29

ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމަކީ ކުށެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މެއި 2021 | ހޯމަ 16:29
ހިސާން ހުސައިން، ތުޅާދޫ ދާއިރާގެ މެމްބަރު

ހިސާން ހުސައިން، ތުޅާދޫ ދާއިރާގެ މެމްބަރު

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި މި އިސްލާހަކީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ އިސްލާހުތަކެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެދަރަޖައިގެ ކުށަކަށް ދެވޭ އެއްމެ ބޮޑު އަދަބެއް ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައިވަނީ 1 އަހަރުގެ ޖަލު ހުކުމެކެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާ، ބައިވެރިވުމާ، ރޭވުމަކީވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެއެވެ. މިފަދަ މައްސަލައެއް އެމީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތު ކުރުން ނުވަތަ އެމީހަކާމެދު ތަފާތުކުރުމަށް ގޮވާލުމަކީވެސް ކުށެކެވެ. މިފަދަ އަމަލެއް ހިންގުމުގައި މީހަކު މަރުވެއްޖެނަމަ އެ ކުށަކީ، ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

މިފަދަ އަމަލެއް ހިންގީ ކިޑްނެޕްކޮށްގެން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން ނޫނީ މަރުގެ އިންޒާރު ދީގެން ކަމުގައިވާނަމަ އެއީ 2ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ.

އެނޫން ހާލަތްތަކުގައި މިބާވަތުގެ ކުށަކީ ޖިނާއަތުގެ 4ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

ހޯމަދުވަހުގެ ޖަލްސާގައި އިއްވާފައިވަނީ މި ބިލުގެ ފުރަތަމަ ކިޔުމެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް