Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި މައްސަލައިގެ ބަހުސް ނިމުން

ދިއްފުށްޓަށް އުދަ އަރަމުންދާތީ ހުށަހެޅި ކުއްްލި މައްސަލައިގެ ބަހުސް ނިމިއްޖެ

މިފަދަ މައްސަލަތަކަށް އަމަލީ ސިފަ ގެނައުން މުހިއްމު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މެއި 2021 | ހޯމަ 12:21
ހޯމަ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ހޯމަ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ދިއްފުށްޓަށް އުދަ އަރަމުންދާތީ އެކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްްލި މައްސަލައިގެ ބަހުސް ނިމިއްޖެއެވެ.

މި މައްސަލައަށް ބަހުސް ކުރެއްވި މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެކެވެ. އުދަ އަރައިގެން ރައްޔިތުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކުން ސަލާމަތް ކުރެވޭނީ އޭރުން ކަމަށާއި، އުމުރު ދުވަހު މަސައްކަތް ކޮށް ގެއަށް ހޯދާ ސާމާނު ކުޑަ ހިނދު ކޮޅެއްގެތެރޭގައި ނެތިގެން ދިޔުމަކީ ފޫބެއްދޭ ވަރަށްވުރެ ބޮޑު ގެއްލުމެއް ކަމަށް މެމްބަރުން ވިދާޅުވިއެވެ. މިފަދަ މައްސަލަތަކަކީ ހަމައެކަނި ބަހުސަކުން ނިންމާލުމުގެ ބަދަލުގައި އަމަލީ ސިފަ ގެނައުން މުހިއްމު މައްސަލަ ތަކެއްގެ ގޮތުގައި މެމްބަރުން ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް އެތައް މިލިއަން ރުފިޔާއެއް ހަމަޖެއްސި ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ނާންނަކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މައްސަލަ ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 22 މެމްބަރުން ވޯޓުދެއްވިއެވެ. އަދި ބަލައިގަތުމަށް ނުފެންނަ ކަމަށް 11 މެމްބަރުން ވޯޓުދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ 7 މެމްބަރަކު ތިއްބެވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 32 މެމްބަރުންނެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ، މި ފަހަކަށް އައިސް ކ. ދިއްފުށްޓަށް އުދައަރަމުން ދާތީ، ދިއްފުށީގެ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ހާސްކަމާއި ކަންބޮޑުވުމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ، ދިއްފުށްޓަކީ މޫސުމީގޮތުން އަބަދުވެސް އުދަ އަރަމުން އަންނަ ރަށެއް ކަމަށާއި، 2004 ވަނަ އަހަރުގެ ސުނާމީގައި ދިއްފުށްޓަށް އެރި ލޮނުގަނޑު ފައިބައިގެން ދިޔަ ފަހުން، ރަށުގެ ހުޅަނގު ފަރާތު ފަސްގަނޑު ތިރިވެފައިވާ ކަމަށެވެ. އޭގެ ފަހުން އުދަ އެރުން އިތުރުވެފައިވާ ކަމަށް މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އަދި މީގެ 5 ވަރަކަށް އަހަރު ކުރިން ދިއްފުށްޓާއި ކުޑަ ވިލިގިއްޔާ ދޭތެރޭގައި ފަޅުތަކެއް ހިއްކައިގެން އިތުރުރަށްތަކެއް ތަރައްގީކުރުމުގެ މަސައްކަތް ފެށިފަހުން އުދައެރުން އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ވޭތުވެދިޔަ 3 ހަފްތާގައި ދިއްފުއްޓަށް މެދުކެނޑުމެއްނެތި އުދަ އަރަމުން ދާތީ ރައްޔިތުންގެ މެދުގައި އޮތް ބިރުވެރިކަމާއި ހާސް ކަމަށް މިހާރުން މިހާރަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދޭ ކަމަށް ކުއްލި މައްސަލާގައި އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު