Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިހާރު ނޫހުން ޝާއިއުކުރި ރިޕޯޓާ ގުޅޭ ބަހުސް

ސަލާމަތީ މައުލޫމާތު ހާމަކުރި ރިޕޯޓް މައްސަލައިގެ ބަހުސް ނިންމާލައިިފި

މިނިސްޓަރ މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނުކެރެނީ ކީއްވެތޯ ނިހާދު ސުވާލު އުފެއްދެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 31 މެއި 2021 | ހޯމަ 10:36
ފިރުޝާން، އާދަމް ޝަރީފް، ނިހާދު، އިލްޔާސް، ވަހީދު - މި މައްސަލަ ބަލަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރަން ނޫން ކަމަށް މެމްބަރުން ވިދާޅުވަމުން ގެންދެވި

ފިރުޝާން، އާދަމް ޝަރީފް، ނިހާދު، އިލްޔާސް، ވަހީދު - މި މައްސަލަ ބަލަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރަން ނޫން ކަމަށް މެމްބަރުން ވިދާޅުވަމުން ގެންދެވި

ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ހިމެނޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަކުރި މައްސަލައިގެ ބަހުސް ނިންމާލައިފިއެވެ.

މިހާރު ނޫހުގައި ޝާއިއު ކޮށްފަައިވާ ރިޕޯޓާ ގުޅިގެން ހޯމަ ދުވަހުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގައި މެމްބަރުން މައިގަނޑު ގޮތެއްގައި ދެއްކެވި އެއްވާހަކައަކީ، މި މައްސަލަ ބަލަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރަން ނޫން ކަމަށެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތުތަކެއް ލީކުވުމުން އެކަން ބެލުމަށް ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. އަދި މިގޮތަށް މައުލޫމާތުތައް ލީކުވާނަމަ ދިވެހިންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ބަހުސްގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ވެރިކަމަށް އައުމަށް ދެއްކި ވާހަކައަކީ އިންސާފު ގައިމު ކޮށްދީ، އަޑިނޭނގި ހުރި މައްސަލަތައް އޮޅުން ފިލުވައި އެކަންކަމަށް އިންސާފު ހޯދައިދޭނެ ވާހަކަ ކަމަށެވެ. އެހެނަސް މިއަދު ރައްޔިތުން ކުރާނެ ސުވާލަކީ ހައި ސެކިއުރިޓީ ދޭން ޖެހޭ މީހަކަށް މިވަރު ކަމެއް ދިމާވީމާ ދެން ސަލާމަތްކަން އޮތީ ކާކަށްތޯ ކުރާނެ ސުވާލު ކަަމަށް ވަހީދު ވިދާޅުވިއެވެ. ކަންބޮޑުވާ ކަމަކީ، މިކަމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެކަން ދޮގު ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެެވެ. ވަހީދު ވިދާޅުވީ، މިކަމުގެ އަޑީގައި ތިބި މީހުން ހޯދެންދެން މިވާހަކަ ހުއްޓާ ނުލައްވާނެ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، މިހާރު މި ކުރަމުންދާ މަސައްކަތަކީ މެއި 6 ވަނަ ދުވަހުގެ ހަމަލާގެ ތަހުގީގު އެހެން ދިމާއަކަށް އަނބުރާލަން ބަޔަކު ކުރާ ކަމެއް ކަމަށެވެ. މިއީ 241 ކޮމިޓީން ކުރިއަށްގެންދާ ތަހުގީގަށް ނުސީދާ ގޮތުން ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ބަޔަކު ފިލާ ތިބެ މި މައުލޫމާތު އާއްމު ކުރި ނަމަވެސް މި ކަމުގެ ހަގީގަތް ހޯދުމަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ސަލާމަތީ ބާރުތަކުން މިކަން އަވަހަށް ބެއްލެވުމަށް އިލްޔާސް ގޮވާލެއްވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ޑިފެންސް މިނިސްޓަރގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މެމްބަރުން ޖެހިލުންވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ނިހާދު ވިދާޅުވީ، މީގެ ކުރިން ވެސް މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހުން ފަސްޖެހިފައިނުވާއިރު، މިއަދު އެކަމާ ފަސްޖެހެނީ ކޮންކަމަކާތޯ ސުވާލު ކުރައްވާފައެެވެ. ނިހާދު ވިދާޅުވީ، ކޮންމެ މެމްބަރަކު ވެސް މިނިސްޓަރުންގެ އިހުމާލު އޮތް ކަމަށް ވިދާޅުވާ ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރަކަށް ވީތީ ޓެރަރިޒަމްގެ ހަމަލާގައި އިހުމާލުވެފައިވާ ފަރާތަކާމެދު ފިޔަވަޅު އަޅަން ފަސްޖެހެންވީ ސަބަބަކީ ކޮބައިތޯ ތަކުރާރުކޮށް ނިހާދު ސުވާލު ކުރެއްވިއެވެ. ނިހާދު ވިދާޅުވީ މިހެން މި ވާހަކަ ދެއްކުމުން އެބޭފުޅާއަށް އޮންނާނެ ނުރައްކަލަކަށް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށެވެ. މިހާރު އަޅަންޖެހޭ ފިޔަވަޅު ނޭޅިއްޖެ ނަމަ ދެން މި ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް ނިހާދު ވިދާޅުވިއެވެ. އެކުލަވާލާފައިވާ ކޮމިޝަންތަކަށް ކުރެވުނު ކަމެއް ނެތް ކަން މިއީ ހަގީގަތެއް ކަމަަށް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ ދުރަށްލާން ޖެހޭ މީހަކު ދުރައްލައިގެން ވެސް މާދަމާގެ ދަރިންނަށްޓަކައި މިގައުމު ސަލާމަތް ކުރަންޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، މިއީ އަސްކަރިއްޔާއިން ހާމަކުރި މައުލޫމާތުތަކަށްވުރެ ބޮޑަށް ބެލެވެނީ އަސްކަރިއްޔާއަށް މައުލޫމާތު ފޯރުކޮށްދޭ ބައެއްގެ ފަރާތުން ލީކުވި މައުލޫމާތެއް ކަމަށެވެ. މި ކަހަލަ މައުލޫމާތުތަކެއް ލީކުވުމުން އަސްކަރިއްޔާ ބަދުނާމު ކުރުން އެއީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، މިއީ މިކަމުގެ މައުލޫމާތު ލިބޭ ސިޔާސީ ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ. މި މައްސަލަ ޑިފެންސް މިނިސްޓަރ ބައްލަވާ ފިޔަޅު އަޅަންޖެހޭ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، މިއީ އިތުރު ހަމަލާއަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އިންސާފު ގާއިމުކޮށް ދިނުމަށް ހަރު އަޑުން ގޮވައި ވެރިކަަމަށް އައި ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށް ފިރުޝާން ވިދާޅުވިއެވެ. މުއައްސަސާތައް ފެއިލްވާ މަންޒަރު ފެންނަ ކަމަށާއި، އަޑީ ދައުލަތެއްގެ ބާރު ހިނގާތައް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. މިކަން މުޅި އަސްކަރިއްޔާގެ ބޮލުގައި އަޅުވަނީ ނޫން ކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

ވާހަކަދެއްކެވި ހުރިހައި މެމްބަރުން ވެސް ވަނީ މިކަން ތަހުގީގުކުރުން އަވަސް ކުރުމަށް ގޮވާލައި ވާހަކަދައްކަވާފައެވެ. ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންނެވި ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވުމަށްފަހު ރިޔާސަތުން ވަނީ މައްސަލައިގެ ބަހުސް ނިމުނީ ކަމަށް އިއުލާން ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު