Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަހަރީ އާންމު ޖަލްސާ ފަސްކުރުން

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

31 މެއި 2021 | ހޯމަ 07:05

އަހަރީ އާންމު ޖަލްސާ ފަސްކުރި ނަމަވެސް އެ ޖަލްސާ ޖޫން 30 ގެ ކުރިން ބާއްވާނެ ކަމަށް ބުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މެއި 2021 | ހޯމަ 07:05
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ 2018

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ 2018

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފިއެވެ.

އާދިއްތަ ދުވަހު ކުންފުނީގެ ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނީ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ އެންމެފަހު ތާރީޚަކީ 31 މެއި ކަމަށެވެ. އެހެންނަމަވެސް ކުންފުނީގެ ޚާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބޭއްވުމާއި ގުޅިގެން ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

އަހަރީ އާންމު ޖަލްސާ ފަސްކުރި ނަމަވެސް އެ ޖަލްސާ ޖޫން 30 ގެ ކުރިން ބާއްވާނެ ކަމަށް އެކުންފުނިން ބުންޏެވެ. އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާ އަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވާއިރު އެމްޓީސީސީއަށް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކުންފުނީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާ އަޅާބަލާއިރު %40.16 އިތުރު އަދަދެކެވެ.

މާލީ ހިސާބުގެ ތަފްސީލަށް ބަލާއިރު، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ޖުމުލަ 423.12 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ލިބިފައިވަނީ 353.53 މިލިއަން ރުފިޔާއެވެ.

2021 ވަނަ އަހަރު ވިޔަފާރި ކޮށްގެން 82.31 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު އިރު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ، 72.44 މިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރު، ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 61.67 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރެކޯޑު ކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނުކަމަށް ރެކޯޑު ކޮށްފައިވަނީ، 52.98 މިލިއަން ރުފިޔާއެވެ. މި ނަތީޖާއާ އެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 67.7 ރުފިޔާއަށް އަރާފައެވެ.

ކޮވިޑް-19 ގެ ހާލަތަށް ބަލާ ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ހިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މި ފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަން މާލީ ނަތިޖާއިން ފެންނަން އޮތްކަމަށް ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީއަކީ އެ ކުންފުނިން މަޝްރޫއުތައް ހިންގަމުންދާ ރަށްރަށުގައި އިޖުތިމާއީ ޒިންމާގެ ދަށުން އެކި ޕްރޮޖެކްޓްތައް ހިންގާ ކުންފުންޏެކެވެ. އެމްޓީސީސީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ މިހާރު އާންމުކޮށްފައިވާއިރު ފާއިތުވި އަހަރު އެކުންފުނިން ކުރި 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
18 މެއި 2017

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

18 މެއި 2017
އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
02 މާރިޗު 2017

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

02 މާރިޗު 2017
ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް