Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިހާރު ނޫހުގެ ރިޕޯޓް މައްސަލަ

"މިހާރު" ނޫހުގެ ރިޕޯޓަކީ އެތެރެއިން ގުޅިގެން ހިންގި ބޮޑު ޕްރޮޕެގެންޑާއެއް - އިންތި

މިއީ ހާމަ ކުރެވިގެންވާނެ މައުލޫމާތުތަކެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 މެއި 2021 | ހޯމަ 06:59
އިމްތިޔާޒް ފަހުމީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު - ސެކިއުރިޓީ ދިނުމުގެ ނަމުގައި އެމަނިކުފާނަށް ފާރަލުމުގައި މިހުރިހާ ދުވަސް ހޭދަކުރެއްވި ކަމަށް ތުހުމަތު ކުރެއްވި

އިމްތިޔާޒް ފަހުމީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު - ސެކިއުރިޓީ ދިނުމުގެ ނަމުގައި އެމަނިކުފާނަށް ފާރަލުމުގައި މިހުރިހާ ދުވަސް ހޭދަކުރެއްވި ކަމަށް ތުހުމަތު ކުރެއްވި

ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅިގެން މައުލޫމާތު ހާމަކުރުމަކީ އެތެެރެއިން ގުޅިގެން ހިންގާފައިވާ ޕްރޮޕެގެންޑާއެއް ކަމަށް މާފަންނު އުތުރު ދާއިރާނެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

"މިހާރު" ނޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓާ ގުޅިގެން ސަލާމަތީ ބާރުތަކުން ހަނު ތިބުމުން މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެ ނޫހުގައި “ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފް އިން އެންގި!” މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީއެވެ.

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަ ކުރި މައްސަލަ އަށް ބަހުސް ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ، ސަލާމަތާ ގުޅުންހުރި މިފަދަ މައުލޫމާތު ހާމަ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޚާއްސަކޮށް ރައީސް ނަޝީދަކީ، ނުރައްކާ އޮންނަ ބޭފުޅަކަށް ވެފައި އެމަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭ މިފަދަ މައުލޫމާތު ހާމަވެގެން ނުވާނެ ކަމަށާއި، މިކަން ރަނގަޅަށް ބެލުމަށް އެދޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސަލާމަތީ ބާރުތަކުން އެއްވެސް އެއްޗެއް ވިދާޅުނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ. އިންތި ވިދާޅުވީ ސަލާމަތީ ބާރުތަކުން އެއްޗެއް ނުބުނެ ތިބުމުން ދޭހަވަނީ އެކަމަށް އިއުތިރާފްވުން ކަމަށެވެ. މެމްބަރު ވިދާޅުވީ، މިފަދަ މައުލޫމާތު މިގޮތަށް ހާމަވެގެންދާނަމަ އެއްވެސް ރައްޔިތަކަށް ސަލާމަތާ ރައްކާތެރިކަން ނެތީ ކަމަށެވެ. މިއީ ގުޅިގެން ހިންގާފައިވާ ޕްރޮޕެގެންޑާއެއް ކަމަށް އިންތި ވިދާޅުވިއެވެ. ރައީސް ނަޝީދަށް ސެކިއުރިޓީ ދޭން ތިބި ފަރާތްތަކުން ފިލާ ތިބެ، އަމިއްލަ ގޭގެ ފޮށި ފަޅާފަދައިން ހިންގި ބޮޑު ޖަރީމާއެއް ކަަމަށް އިންތި ސިފަ ކުރެއްވިއެވެ.

މިކަން ޕްރޮޕެގެންޑާއަކަށް ވެގެންދަނީ މައުލޫމާތުތައް ލީކު ކޮށްލަަން ނުޖެހޭ ބަޔަކު މި މައުލޫމާތު ލީކު ކުރުމުން، ނޫހުން އެމައުލުމާތުތައް ހާމަކުރުމުގެ ސަބަބުން ކަމަށެވެ.

މެއި 6 ވަނަ ދުވަހުގެ ހާދިސާ ރާވާ ހިންގުމުގެ އަޑީގައި ތިބި މި މައުލޫމާތު ނޫހަށް ދިން ފަރާތުންކަމާމެދު މިހާރު ޝައްކު އުފެދޭ ކަމަށް އިންތި ވިދާޅުވިއެވެ. އެ ތަހުގީގު ހިންގަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގެ ނަމުގައި އެމަނިކުފާނަށް ފާރަލުމުގައި މިހުރިހާ ދުވަސް ހޭދަކުރެއްވި ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ.

މިއީ މަސްދަރު ހާމަ ކުރުމަށް ކުރިއަށްގެންދާ މައްސަލައެއް ނޫންކަމަށް މެމްބަރުން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު