Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެކްސިނޭޝަން

ރާއްޖެއިން ވެކްސިން ޖަހާ މީހުންގެ އަދަދު ދަށަށް

ހޮނިހިރު ދުވަހު މުޅި ރާއްޖެއިން ވެކްސިން ޖެހީ ޖުމްލަ 1،590

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 30 މެއި 2021 | އާދީއްތަ 19:08
ޓްރީ ޓޮޕް ހޮސްޕިޓަލުގައި  ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ހޮނިހިރު ދުވަހު މުޅި ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހި މީހުންގެ އަދަދު 2000އަށް ވުރެ ދަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު މުޅި ރާއްޖެއިން ވެކްސިން ޖެހީ ޖުމްލަ 1،590 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒު ޖެހި 422 މީހުންނާއި ދެވަނަ ޑޯޒު ޖެހި 1،168 މީހުންނެވެ. ފުރަތަމަ ޑޯޒު ޖެހި 422 މީހުންގެ ތެރެއިން 170 މީހުން ވެކްސިން ޖެހީ މާލެއިންނެވެ. އަދި 252 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ. އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ ތެރެއިން 310 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 858 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ.

Advertisement - newsAdvertisement

މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 309،444ށް އަރާފައިވާއިރު އޭގެތެރެއިން 165،181 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު، ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. މިވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ، ސިނޮފާމް، އަދި ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު އެންމެނަށް ނުޖެހެނީސް އެ ވެކްސިން ހުސްވެފައިވާއިރު އެ ވެކްސިން ދެން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަދަލުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެ ވެކްސިން ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެކަމަކު އަންނަ މަހުގެ ފުރަތަމ ހަފްތާގައި ވެސް ވެކްސިން ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ 1ވަނަ ދުވަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު، އޭގެ ދެވަނަ ޑޯޒް ޖެހޭނީ ވެކްސިން ޖަހާތާ 8 ހަފްތާއާއި 16 ހަފްތާއާ ދެމެދުގެ މުއްދަތެއްގައެވެ.

ރަޝިއާގެ ސްޕަޓްނިކް ވެކްސިންއަށް ވެސް ހުއްދަ ދީފައިވާއިރު، އަންގާރަ ދުވަހުގެ ރޭ ރައީސް ވިދާޅުވީ ރަޝިޔާގެ ސްޕަޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަމަށާއި އެ ވެކްސިނަށް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އޯޑަރު ދެއްވާނެކަމަށެވެ. ވެކްސިންތައް ހުސްވަމުންދާއިރު، ވެކްސިން ހޯދުމުގެ މަސައްކަތް ހުއްޓަވާނުލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން ކޮވިޑްގެ ވެކްސިން ގެނައުމަށް ގިނަ ގޮންޖެހުންތަކެއް ހުރި މި ދަނޑިވަޅުގައި ވެސް ވެކްސިން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ސިންގަޕޫރްގެ އެސްޓްރަޒެނަކާގެ 7 ލައްކަ ޑޯޒް ގެނައުމަށް އެގްރިމެންޓްކޮށްފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ވެކްސިން ލިބިފައިނުވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު