Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުވައްމުލަކުގައި ކޮވިޑް ހާލަތު

ކޮވިޑަށް ޚާއްސަ ޕޯޓަލެއް ފުވައްމުލަކުގައި ތައާރަފުކޮށްފި

ހޯމަދުވަހުން ފެށިގެން މަސް މާރުކޭޓުގައި މަސްކެނޑުން ވަގުތީ ގޮތުން ހުއްޓާލަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 މެއި 2021 | އާދީއްތަ 17:43
ފުވައްމުލައް ސިޓީގައި ކޮވިޑަށް ޚާއްސަކޮށްގެން ތައާރަފުކުރި ޕޯޓަލް

ފުވައްމުލައް ސިޓީގައި ކޮވިޑަށް ޚާއްސަކޮށްގެން ތައާރަފުކުރި ޕޯޓަލް

ފުވައްމުލަކުގެ ކޮވިޑް ހާލަތުގެ އެއްމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްސަ ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.

ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ. މިއީ އެއް ތަނަކުން ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.

Advertisement - newsAdvertisement

މި މައުލޫމާތުތައް މި ގޮތަށް ދިނުމަށް ނިންމީ، މިކަންކަމަށް ބަލައި، ރައްޔިތުން އިތުރަށް ހޭލުންތެރިވެ، މިކަމުން އަރައިގަތުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ ބޭނުމުގައެވެ.

ފުވައްމުލަކުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެގެއެއްގައި އުޅޭ ބިދޭސީން ފިޔަވައި އެހެން ބިދޭސީން ގެއަށް ގެންގޮސްގެން މަސައްކަތް ކުރުވުން ވަނީ މަނާކޮށްފައެވެ. ސިޓީ ކައުންސިލުން ބުނީ، މިހެން މިކަން ނިންމާފައި އޮތްނަމަވެސް ބިދޭސީން ގެއަށް ގެންގޮސްގެން މަސައްކަތްކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެކަން ކައުންސިލުން ފާހަގަކުރެއެވެ.

މޭޔަރ ވިދާޅުވީ، ފުވައްމުލަކުގައި ސައްހަ ލިޔެކިޔުން ނެތި މަސައްކަތްކުރާ ބިދޭސީން ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މޭޔަރ ވިދާޅުވިއެެވެ. ފުވައްމުލަކުގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ.

ފުވައްމުލަކުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ހޯމަދުވަހުން ފެށިގެން މަސްމާރުކޭޓުގެ މަސް ކެނޑުންވެސް ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.

ފުވައްމުލަކުން ފާއިތުވި ސައުވީސްގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބުނީ 80 ސާމްޕަލެކެވެ. އޭގެ ތެރެއިން 22 ސާމްޕަލަކީ ޕޮޒިޓިވް ސާމްޕަލެވެ. ޕޮޒިޓިވް ސާމްޕަލް ތަކުގެ ތެރޭގައި ހިމެނެނީ، 10 ބިދޭސީންނާއި، 12 ދިވެހިންނެވެ.

އެކްޓިވް 232 ކޭސް މިހާރުވެސް އޮތް އިރު އޭގެތެރޭގައި ހިމެނެނީ 62 ބިިދޭސީންނާއި، 170 ދިވެހިންނެވެ. 457 ގެއެއް މޮނިޓަރިންއަށް ލާފައިވާއިރު، ހައި ރިސްކް 191 މީހަކު އެބަތިބިކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު