Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ދުބާއީ ކޭމްޕް

ސަޕްރައިޒިން ނަތީޖާތަކެއް ނެރެވިދާނެ: ކޫޕްމަން

29 މެއި 2021 | ހޮނިހިރު 16:17

އާދީއްތަ ދުވަހު ގައުމީ ޓީމު ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މެއި 2021 | ހޮނިހިރު 16:17
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ސަޕްރައިޒިން ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމުން އަންނަނީ ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ.

ދުބާއީގައި ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ކޫޕްމަން ބުނީ ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވުމަށް ވަރަށް ވަރުގަދައަށް ތަމްރީނުތައް ކުރިއަށްގެންދަން ޖެހޭ ކަމަށާއި، އެކަމަކު އެކަން ކުރަން ޖެހެނީ ބަލައިގެން ކަމަށެވެ. އެގޮތުން އެތައް ހަފުތާއެއް ވަންދެން ނުކުޅެ ތިބުމަށްފަހު، ވަރުގަދައަށް ތަމްރީނުކޮށްގެން އަނިޔާއެއްވުންވެސް އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމާ ކޫޕްމަން ހަވާލުވި ފަހުން މިހާތަނަށް ގައުމީ ޓީމުން ރަސްމީ މެޗަކަށް ނުކުމެފައެއް ނުވެއެވެ. އަދި ދާދި ފަހުން ގައުމީ ޓީމާއެކު ހަދާފައި އޮތް އެއްބަސްވުން އިތުރު ތިން އަހަރަށް ކޫޕްމަން އާކުރިއިރު، އޭނާގެ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނުކުންނަ މެޗެވެ.

އެ މެޗު ކުޅުމަށް ޗައިނާއަށް ފުރުމުގެ ކުރިން ކޫޕްމަން ބުނީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަށް ވުމުން އޭނާ ފަޚުރުވެރިވާ ކަމަށެވެ. އަދި މިއީ ޓީމަށް ކުރިމަތިވެފައި އޮތް އުދަނގޫ ހާލަތެއް ކަމަށާއި، އެކަމަކު މަސައްކަތް ކޮށްގެން ސަޕްރައިޒިން ނަތީޖާތަކެއް ނެރެވިދާނެ ކަމަށްވެސް ވަނީ ބުނެފަައެވެ.

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފަށައިގެން ގައުމީ ޓީމުން ދުބާއީގައި ކޭމްޕް ކުރަމުން އަންނައިރު، މީގެ ކުރިން ރާއްޖޭގައި ތަމްރީނު ހެދުމުގެ ފުރުސަތު ގައުމީ ޓީމަށް ލިބިފައެއް ނުވެއެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން މީގެ ކުރިން ތަމްރީނު ހަދާފައިވަނީ އެ ކުޅުންތެރިން މާލޭގައި ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ. އެއާއެކު މީގެ ކުރިން ކޫޕްމަން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ދުބާއީގައި ތަމްރީނުތައް ހެދުމަށް ފަހު އާދީއްތަ ދުވަހު ގައުމީ ޓީމު ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮލިފައިންގައި ރާއްޖެއަށް ބާކީ ތިން މެޗު އޮތްއިރު، އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2021

ގައުމީ ޓީމުގެ ކޯޗު ކޫޕްމަންގެ އެއްބަސްވުން އުވާލައިފި

13 އޯގަސްޓު 2021
ގައުމީ ޓީމުގެ ކޯޗު ކޫޕްމަންގެ އެއްބަސްވުން އުވާލައިފި
10 ޖޫން 2021

ޗައިނާ މެޗަކީ މުސްތަގުބަލަށް އަޅާ ބިންގަލެއް: ކޫޕްމަން

10 ޖޫން 2021
ޗައިނާ މެޗަކީ މުސްތަގުބަލަށް އަޅާ ބިންގަލެއް: ކޫޕްމަން
05 ޖޫން 2021

މެޗުން ބަލިވިޔަސް އެއްވެސް ޝަކުވާއެއް ނެތް: ކޫޕްމަން

05 ޖޫން 2021
މެޗުން ބަލިވިޔަސް އެއްވެސް ޝަކުވާއެއް ނެތް: ކޫޕްމަން
03 ޖޫން 2021

ހައިރާންކޮށްލާ ފަދަ ނަތީޖާއެއް ނެރެވިދާނެ: ކޫޕްމަން

03 ޖޫން 2021
ހައިރާންކޮށްލާ ފަދަ ނަތީޖާއެއް ނެރެވިދާނެ: ކޫޕްމަން
17 މެއި 2021

ތައްޔާރީތައް ކުރިއަށްދަނީ އާދައިގެ ގޮތަކަށް ނޫން: ކޫޕްމަން

17 މެއި 2021
ތައްޔާރީތައް ކުރިއަށްދަނީ އާދައިގެ ގޮތަކަށް ނޫން: ކޫޕްމަން
04 ފެބުރުއަރީ 2021

ގައުމީ ފުޓްބޯޅަ ޓީމުގެ އެއްބަސްވުން ކޫޕްމަން އާކޮށްފި

04 ފެބުރުއަރީ 2021
ގައުމީ ފުޓްބޯޅަ ޓީމުގެ އެއްބަސްވުން ކޫޕްމަން އާކޮށްފި
24 ޑިސެމްބަރު 2020

ސަސް އަކީ ސަޕްރައިޒިން ޓީމެއް: ޝާޒްލީ

24 ޑިސެމްބަރު 2020
ސަސް އަކީ ސަޕްރައިޒިން ޓީމެއް: ޝާޒްލީ
16 ޖޫން 2020

އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސް: ކޫޕްމަން

16 ޖޫން 2020
އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސް: ކޫޕްމަން
26 ޖެނުއަރީ 2020

ގައުމީ ކޯޗަކަށް ހޮލެންޑްގެ ކޫޕްމަން

26 ޖެނުއަރީ 2020
ގައުމީ ކޯޗަކަށް ހޮލެންޑްގެ ކޫޕްމަން
13 ޖެނުއަރީ 2018

އައިޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ނަތީޖާތަކެއް

13 ޖެނުއަރީ 2018
އައިޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ނަތީޖާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް