Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ކޮންސިއުލޭޓް އޮފީސް

އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް ހުށަހެޅުމާއި ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

އެހެން ސަރަހައްދެއްގައި ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނާކަށް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 މެއި 2021 | ހޮނިހިރު 10:41
އައްޑޫ ސިޓީ ހިތަދޫ - އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައި

އައްޑޫ ސިޓީ ހިތަދޫ - އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައި

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރަން ޖެހޭ އެއްވެސް ސަބަބެއް ފެންނާން ނެތްއިރު، އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް ކުރެވެމުންދާ މަސައްކަތާއިމެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ދިވެހިރާއްޖޭގެ ވަކި ސަރަޙައްދެއްގައި ޤާއިމު ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ޢާންމު ގޮތެއްގައި ބޭރު ޤައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމު ކުރުމަށް ސަރުކާރުތަކުން ކުރަމުން ގެންދާ އާދަކާދައަށް ބަލާއިރު، އެކަމުގެ ރަސްމީ މަޝްވަރާތައް ދެ ޤައުމުގެ ދޭތެރޭ ކުރެވޭ ކަމަށެވެ.

އަދި ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމު ކުރަންޖެހޭ ސަބަބުތަކުގެ ތެރޭގައި އެ އޮފީހެއް ނިސްބަތް ވާ ގައުމުގެ ރައްޔިތުން ގިނަ ޢަދަދަކަށް އޮފީސް ގާއިމު ކުރެވޭ ސަރަހައްދުގައި އުޅޭތީ އެފަރާތްތަކަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވުން އެއީ މައިގަނޑު އެއްސަބަބު ކަމުގައި ބެލެވޭ ކަމަށެވެ. އެހެންކަމަށްވާއިރު، ރާއްޖޭގެ ވެރިރަށް މާލޭގައި ގާއިމު ކުރެވިފައިވާ އިންޑިއާގެ ހައިކޮމިޝަން ގެ އިތުރުން، އެހެން ސަރަހައްދެއްގައި އެގައުމުގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުންނަން ޖެހޭ ސަބަބެއް ފެންނަން ނެތް އިރު، މިފަދަ ހައްސާސް ވަގުތެއްގައި އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައި ވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުން އަމަލު ކުރަމުން ގެންދާ ގޮތާ މެދު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުންވެސް، އެފަދަ ނިންމުމެއް ނިންމަންވާނީ، އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެކަމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެގައި ލިޔެވި ގެޒެޓް ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމުގައި ވެސް ގަބޫލުކުރާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. ހަމައެހެންމެ، މިފަހަކަށް އައިސް އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގާ ބައެއް މުއާމަލާތްތަކުގެ ފުރިހަމަ ތަފްސީލް އާންމުކުރުމަށް ދިވެހި ސަރުކާރުން ފަސްޖެހޭތީ އެކަމުގެ ކަންބޮޑުވުންތައް ދިވެހި ރައްޔިތުން ނުހަނު ބޮޑަށް ފާޅުކުރަމުން ގެންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ހުޅުވުމުގެ ވާހަކަވެސް އާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން މިއައީ އެކަން ހިނގަންވާނެ އެންމެ ރަނގަޅު މަގުން ނޫންކަމުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހެއް ގާއިމުކުރުމަށް ބޭނުންވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އިދިކޮޅުން ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އިސްކަންދީ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލާފައިވެއެވެ. އެއާއެކު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަމަށް ޖާގަ ނުދިނުމަށް އިދިކޮޅު ކޯލިޝަނުންވަނީ ގޮވާލާފައެވެ.

އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ އިރު، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ކޮންސިއުލަރ ޚިދުމަތްތައް އަވަސްމިނެއްގައި ދިނުމަށް ހައިކޮމިޝަނަކާއެކު ކޮންސިއުލޭޓްތައް ގާއިމުކޮށް ޚިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ. އިންޑިއާގައިވެސް ރާއްޖޭގެ ހައިކޮމިޝަން ވެރިރަށް ދިއްލީގައި ހުރި އިރު، އެންމެ ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ޓްރިވެންޑްރަމްގައި ޚިދުމަތް ދެމުން އައުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

މިފަދަ ނެޓްވޯކެއް ރާއްޖޭގައިވެސް އޮތުން މުހިންމުކަން ފާހަގަކޮށް އިންޑިއާ ހައިކޮމިޝަނުން ވަނީ ޚިދުމަތްތައް ހަރުދަނާކުރުމަށް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ނިންމައި އެކަމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާކަން ހާމަކޮށްފައެވެ. މިކަމުގައި ރާއްޖޭގެ ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާކަން ފާހަގަކޮށް އިންޑިއާއިން ވަނީ މި ނިންމުމަށް އިންތިޒާރު ކުރަމުންދާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ތަރައްޤީކުރުމުގެ ވާހަކަ މިހާތަނަށް އައިރު، ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި ނުވާކަމަށެވެ. ރައީސް ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމުގެ ކަންކަން ކުރަނީ އިންޑިއާ ސަރުކާރުން އިސްނަގައިގެންކަމަށެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން ނިންމައި އެކަމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދިންނަމަވެސް، މިކަމާ ގުޅޭ ޑިޕްލޮމެޓިކް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިޙް ވަނީ އައްޑޫ ކޮންސިއުލޭޓް ތަރައްޤީކުރުމުގެ ވާހަކަ މިހާތަނަށް އައިރު، ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފަ ނުވާކަމަށް ވިދާޅުވެފައެވެ. ސަރުކާރުންވެސް މިކަމުގައި އަދި ވަކި ގޮތެއް ނުނިންމާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު