Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިންގެ 7 ވަނަ އަދަދު ނެރެފި

29 މެއި 2021 | ހޮނިހިރު 07:16

މި މަޖައްލާ ޝާއިއުކުރަނީ އަހަރަކު 1 ފަހަރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 29 މެއި 2021 | ހޮނިހިރު 07:16
ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން

ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން

އޯރކާ މީޑިއާ ގްރޫޕުން ނެރޭ "ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ގެ 7 ވަނަ އަދަދު ނެރެފިއެވެ.

އޯރކާ މީޑިއާ ގްރޫޕަކީ 2010 ވަނަ އަހަރުން ފެށިގެން މީޑިއާ އަދި މާކެޓިން ހަރަކާތްތަކުގައި ރާއްޖޭގެ މަސައްކަތްކުރާ ކުންފުންޏެކެވެ. "ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ގެ 7 ވަނަ އަދަދުގައި ރާއްޖޭގެ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމާއި ގުޅުންހުރި ގިނަ ބައިތަކެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ރާއްޖޭގައި ލޯކަލް އައިލެންޑް ޓޫރިޒަމް ފެށިގެން އައިގޮތާއި، ރާއްޖޭގެ ތާރީޚާއި، ސަގާފަތާއި، އާދަކާދަތައް ވަނީ ހިމަނާފައެވެ.

"ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ގެ 7 ވަނަ އަދަދުގައި ވަކިން ޚާއްސަކޮށް ފުވައްމުލަކުގެ ވާހަކަތައް ވަނީ ގެނެސްދީފައެވެ. މި މެގަޒިންގެ ކަވަރ ފޮޓޯގައިވެސް ބޭނުންކޮށްފައިވަނީ ފުވައްމުލަކުގެ ފޮޓޯއެކެވެ. އަދި ލޯކަލް ޓޫރިޒަމްގައި މިހާރު ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ރަށްރަށުގެ ލިސްޓެއްވެސް މި މެގަޒިންގައި ވަނީ ހިމަނާފައެވެ. ރާއްޖޭގެ 100 އަށްވުރެ ގިނަ ގެސްޓްހައުސްގެ މައުލޫމާތުވެސް ހިލޭ މި މެގަޒިންގައި ވަނީ ހިމަނާދީފައެވެ.

"ލޯކަލް އައިލެންޑް ޓޫރިޒަމް މެގަޒިން" ކުރިން ޝާއިއުކޮށްފައިވަނީ "ގެސްޓްހައުސް މޯލްޑިވްސް މެގަޒިން" ގެ ނަމުގައެވެ. މިއީ ރާއްޖޭގައި ލޯކަލް އައިލެންޑް ޓޫރިޒަމަށް ޚާއްސަކޮށްގެން ނެރޭ ހަމައެކަނި މެގަޒިންއެވެ. މި މެގަޒިން ޕަބްލިޝްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

މި މެގަޒިން ޕަބްލިޝް ކުރަނީ އަހަރަކު 1 ފަހަރުއެވެ. މެގަޒިންގެ އެންމެ ބޮޑު ބޭނުމަކީ ލޯކަލް އައިލެންޑް ޓޫރިޒަމް ކުރިއަރުވައި، ޕްރޮމޯޓްކޮށް، ގެސްޓްހައުސްތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ. ރާއްޖޭގައި މިހާރުވެސް 600 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ރަޖިސްޓްރީކޮށްގެން ހިންގަމުންނެވެ.

މި މެގަޒިން ވަނީ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އެންޑޯޒްވެސްކޮށްފައެވެ. އަދި ލޯކަލް އައިލެންޑް ޓޫރިޒަމް ޕްރޮމޯޓްކުރަން އެމްއެމްޕީއާރުސީން ބޭނުންކުރާނެ އޮފިޝަލް މެގަޒިންއަކީވެސް މިއީއެވެ. ރާއްޖެއިން ބޭރުގައި ބާއްވާ ބޮޑެތި ފަތުރުވެރިކަމުގެ ފެއަރތަކުގައިވެސް މި މެގަޒިން ބަހައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް

02 ނޮވެމްބަރު 2017
ކޮޓަރިތަކުގެ އަދަދު މަދުވުމުން ޖޯން ކީލްސްގެ ފައިދާ ދަށަށް
28 އޮކްޓޯބަރު 2017

ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!

28 އޮކްޓޯބަރު 2017
ސަޓާ: "އައިލެންޑް ފެސްޓިވަލް" ތަފާތުވާނެ!
25 އޮކްޓޯބަރު 2017

ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

25 އޮކްޓޯބަރު 2017
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި
04 އޮކްޓޯބަރު 2017

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
07 ސެޕްޓެމްބަރު 2017

ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ

07 ސެޕްޓެމްބަރު 2017
ޓީ-ބިލާއި ޓީ-ބޮންޑުގެ ނުދައްކާ ހުރި އަދަދު ދަށްވެއްޖެ
12 ޖޫން 2017

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

12 ޖޫން 2017
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް