Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެގްރޯނެޓް

ދަނޑުވެރިންނާއެކު އެގްރީމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް – އެގްރޯނެޓް

29 މެއި 2021 | ހޮނިހިރު 06:59

500ށްވުރެ ގިނަ ދަނޑުވެރިންނާއެކު މިހާރު އަމަލީ މަސައްކަތް ވަނީ ފަށާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 މެއި 2021 | ހޮނިހިރު 06:59
ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

ފީލްޑް އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

780ށް ވުރެ ގިނަ ދަނޑުވެރިންނާއެކު އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ވިޔަފާރި މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ހާރޫން ވިދާޅުވީ 1500ށް ވުރެ ގިނަ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ޝަރުތު ހަމަވެފައިވަނީ 780 އެއްހާ ދަނޑުވެރިން ކަމަށެވެ. އަދި އޭގެ ތެރެއިން 500ށްވުރެ ގިނަ ދަނޑުވެރިންނާއެކު މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. ދަނޑުވެރިން ތިބީ ވަރަށް ބޮޑު އުންމީދެއްގައިކަން ފާހަގަކުރައްވައި ހާރޫން ވިދާޅުވީ މި ރޯދަ މަހު ވެސް ދަނޑުވެރިން އުފެއްދި ބާވަތްތައް އެގްރޯނެޓުން ގަނެ މާރކެޓްކޮށްފައިވާ ކަމަށެވެ. 10 ރިސޯޓަކުން އެތަކެތި ގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގްރޯނެޓާއެކު ދަނޑުވެރިން މަސައްކަތް ކުރުމަށް ހުށަހަޅާއިރު ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން ބައެއް ޝަރުތުތަކަކީ ދިވެއްސެއް ކަމުގައިވުމާއި ކައުންސިލުން ހުއްދަ ދޫކޮށްފައިވާ ބިމެއްގައި ދަނޑުވެރިކަން ކުރާ ފަރާތަކަށް ވާން ޖެހެއެވެ.

ދަނޑުވެރިންނާއި ގުޅިގެން އެގްރޯނެޓް ކުންފުނިން ހައްދަން ސަރުކާރުން ހަވާލުކޮށްފައިވަނީ 17 ބާވަތެކެވެ. މި 17 ބާވަތުގެ ތެރެއިން ކޮންމެ ދަނޑުވެރިޔަކަށްވެސް ކޮންމެވެސް ދެ ބާވަތެއް ނެގުމުގެ ފުރުސަތު ލިބެއެވެ.  

އެ ދެ ބާވަތް ހެއްދުމަށްޓަކައި ބޭނުންވާ މުޑުވައް ކުންފުނިން ފޯރުކޮށްދީ އެ ޝެޑިއުލްގެ ދަށުން ދަނޑުވެރިޔާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެގްރޯނެޓުން ބުންޏެވެ. މީގެ އިތުރަށް ބޭނުންވާ ގަސްކާނާއާ އެހެނިހެން ވަސީލަތްތައްވެސް ފޯރުކޮށްދޭނެއެވެ.

ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، ދަނޑުވެރިން ހައްދާ ތަކެތިން ބޮޑު މާކެޓެއް އުފައްދައި ދެއަހަރު ތެރޭގައި ރައްޔިތުންނަށް ވީހާވެސް ބޮޑަށް އޭގެ މަންފާ ލިބިގެންދާނެކަމަށް ހާރޫން ވިދާޅުވެފައިވެއެވެ.

ދަނޑުވެރިންނަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވުމާއި އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށް ގިނަ ދަނޑުވެރިން ބުނެއެވެ. ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އަދި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް