Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫވީގެ ކުޅުންތެރިން ދޫކޮށްލުން

ޔޫވީން ބިދޭސީ ކުޅުންތެރިންތައް ދޫކޮށްލައިފި

29 މެއި 2021 | ހޮނިހިރު 04:07

ޔޫވީގެ ބިދޭސީ ކުޅުންތެރިން ދޫކޮށްލީ ޚަރަދު ކުޑަކުރުމުގެ ގޮތުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 މެއި 2021 | ހޮނިހިރު 04:07
ޔޫވީއަށް ކުޅެމުން އައި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް

ޔޫވީއަށް ކުޅެމުން އައި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް

ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށޭނެ ކަމުގެ އުއްމީދު ކުޑަވުމާއެކު، ޚަރަދު ކުޑަކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ހަތަރު ކުޅުންތެރިން ދޫކޮށްލައިފިއެވެ.

މި ސީޒަނަށް ޔޫވީން ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގައި 2018 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް އާއި، މީގެ ކުރިންވެސް ޔޫވީއަށް ކުޅެފައިވާ ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އާމިރޯފާއި، ޔޫކްރޭނުގެ ފޯވާޑް ކީރްލޯ ސިލިޗް އަދި ކިރްގިސްތާނުގެ ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ދެވަނަ ބުރަށް ފަހު މެދުކެނޑިފައިވާއިރު، ލީގުގެ ތިންވަނަ ބުރު ނުކުޅެ، މި ހިސާބުން ލީގު ނިންމާލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ލީގު ދިގުދެމިގެންދިއުމުގެ ބަދަލުގައި، އޭނާގެ އަމިއްލަ ވިސްނުމަކީ ލީގުގެ ދެ ބުރު ކުޅެފައިވުމާއެކު، ތިންވަނަ ބުރު ނުކުޅެ މި ހިސާބުން ލީގު ނިންމާލުން ކަމަށެވެ. އެ ހިސާބުން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ލީގު އަލުން ފެށޭނެ ކަމުގެ އުއްމީދު ކުޑަވުމާއެކު ޔޫވީން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ދޫކޮށްލަން ނިންމާފައެވެ. އެއާއެކު އެ ހަތަރު ކުޅުންތެރިން ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި އެނބުރި ގައުމަށް ފުރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމިފައިވާއިރު، މި ފަހުން އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ އެއް ޓީމަކީވެސް ޔޫވީއެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ 11 މެޗުން ޔޫވީއަށް މޮޅެއް ނުލިބުނު ނަމަވެސް، ދެވަނަ ބުރުގެ ފަހު ތިން މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އެހެން ނަމަވެސް ތާވަލުގެ ފުލުގައި ޕޮއިންޓެއްގެ ފަރަގަކާއެކު ޔޫވީ އޮތްއިރު، ކުޅުނު 14 މެޗުން އެ ޓީމަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2018

އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި

03 އޮކްޓޯބަރު 2018
އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި
08 ޖުލައި 2018

ސްޕެއިންގެ ކޯޗުގެ މަގާމު ހިއެރޯ ދޫކޮށްލައިފި

08 ޖުލައި 2018
ސްޕެއިންގެ ކޯޗުގެ މަގާމު ހިއެރޯ ދޫކޮށްލައިފި
27 ޖޫން 2018

މިސްރުގެ ކޯޗު މަގާމު ދޫކޮށްލައިފި

27 ޖޫން 2018
މިސްރުގެ ކޯޗު މަގާމު ދޫކޮށްލައިފި
13 މެއި 2018

އިޓަލީގެ ކޯޗުކަމާއި ހަވާލުވާން މަންޗިނީ ޒެނިތު ދޫކޮށްލައިފި!

13 މެއި 2018
އިޓަލީގެ ކޯޗުކަމާއި ހަވާލުވާން މަންޗިނީ ޒެނިތު ދޫކޮށްލައިފި!
03 ޑިސެމްބަރު 2017

ސާޖަރީއަށް ފަހު ބެރީޒޯ ހޮސްޕިޓަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2017
ސާޖަރީއަށް ފަހު ބެރީޒޯ ހޮސްޕިޓަލުން ދޫކޮށްލައިފި
11 ނޮވެމްބަރު 2017

ޔުއެފާއިން ސަސްޕެންޑް ކުރުމުން އެވްރާ މާސޭ ދޫކޮށްލައިފި

11 ނޮވެމްބަރު 2017
ޔުއެފާއިން ސަސްޕެންޑް ކުރުމުން އެވްރާ މާސޭ ދޫކޮށްލައިފި
10 ޖޫން 2017

އެންމެފަހުން ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލައިފި

10 ޖޫން 2017
އެންމެފަހުން ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލައިފި
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް