Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ގައުމީ ޓީމު

އިޓަލީގެ ކޯޗުކަމާއި ހަވާލުވާން މަންޗިނީ ޒެނިތު ދޫކޮށްލައިފި!

59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 13 މެއި 2018 | އާދީއްތަ 18:16
ރޮބާޓޯ މަންޗިނީ - އޭނާއަކީ ޔޫރަޕުގައި ތަޖުރިބާކާރު ކޯޗެއް

ރޮބާޓޯ މަންޗިނީ - އޭނާއަކީ ޔޫރަޕުގައި ތަޖުރިބާކާރު ކޯޗެއް

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބަރގްގެ ކޯޗުގެ މަގާމުގައި ހުރި ކާމިޔާބު ކޯޗު ރޮބާޓޯ މަންޗިނީ އެ މަގާމު ދޫކޮށްލައިފިއެވެ.

އިޓަލީގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެ ޓީމަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލުމާއި ވިދިގެން އޭރު ކޯޗުގެ ގޮތުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ އެ މަގާމުން ވަކިކުރުމުންނެވެ. ކޮލިފައިންގެ ގްރޫޕުގެ ދެވަނަ ލިބުމާއި ވިދިގެން ކުޅުނު ޕްލޭއޮފް މެޗުތަކުގައި އިޓަލީ ވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެފައެވެ. މި ނަތީޖާގެ ސަބަބުން 59 އަހަރުތެރޭ އެ ޓީމަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް ގެއްލިފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑާއި އޭސީ މިލާންގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީއާއެކު އެއްބަސްވުމަކަށް ނާދެވުމާއެކު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ މަގާމަށް މަންޗިނީ ގެނައުމަށް ނިންމާފައެވެ.

ޒެނިތުގެ ރަސްމީ ވެބްސައިޓުގައި އެ ކްލަބްއިން ނެރެފައިވާ ބަޔާނެއްގައި ވަނީ މަންޗިނީގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާއާއެކު އެ ކްލަބްއިން ހަދާފައިވާ އެއްބަސްވުން އުވާލުމަށް ދެފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށާއި އަދި ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން އެއްވެސް ފަރާތަކުން އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު މީޑިއާތަކުން ވަނީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު މަންޗިނީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެގޮތުން މަންޗީނީ އެ މަގާމަށް ގެންނަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވަނީ އޭނާއަކީ އެ ގައުމަށް ނިސްބަތްވާ މީހަކަށްވުމާއެކު އޭނާއަކީ ކާމިޔާބު ގެނެވޭނެ ކޯޗެއް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގަބޫލުކުރެވޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޗިނީގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ މިހާތަނަށް ކުޅުނު ޒެނިތު އޮތީ ރަޝިއަން ޕްރިމިއާ ލީގުގެ ފަސް ވަނައިގައެވެ. އެ ޓީމަށް ލީގުގައި ބާކީ އަދި އެއް މެޗު އެބައޮތެވެ.

މަންޗިނީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ތުރުކީގެ ގަލަޓަސަރޭ އަދި އިޓަލީގެ އިންޓަ މިލާނާއި ލާޒިއޯ އަދި ފިއޮރެންޓީނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭނާ ވެގެންދިޔައީ 2012 ވަނަ އަހަރު މެންޗެސްޓާ ސިޓީއަށް އެ ޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގެއް ހޯދައިދިން ކޯޗަށެވެ.

ވެންޗޫރާގެ ބަދަލުގައި އައު ކޯޗެއް އިޓަލީއިން ހޯދަމުން އަންނައިރު އެ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާލޯ ޓަވޭޗިއޯ ބުނެފައިވަނީ ދެން އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެންނަނީ ތަޖުރިބާކާރު އަދި ނަން މަޝްހޫރު ކޯޗެއް ކަމަށެވެ. މަންޗިނީ މި މަގާމާއި ހަވާލުވުމާއެކު އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ 2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން އެ ގައުމަށް ފުރުސަތު ހޯދައިދިނުމެވެ.

މަންޗިނީ އެ މަގާމާއި ހަވާލުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު އޭނާގެ 17 އަހަރުގެ ކެރިއަރުގައި މަންޗިނީ ވަނީ އެކި ޓީމުތަކަށް 725 މެޗުގައި އިރުޝާދު ދީފައެވެ. އޭނާވަނީ މި ޓީމުތަކާއެކު 13 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2018

އިޓަލީގެ ކުޅުންތެރިންގެ މެދުގައި އެންމެ މަޝްހޫރު މަންޒިލަކީ ރާއްޖެ

09 ޖެނުއަރީ 2018
އިޓަލީގެ ކުޅުންތެރިންގެ މެދުގައި އެންމެ މަޝްހޫރު މަންޒިލަކީ ރާއްޖެ
21 ނޮވެމްބަރު 2017

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

21 ނޮވެމްބަރު 2017
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި
20 ނޮވެމްބަރު 2017

އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!

20 ނޮވެމްބަރު 2017
އިޓަލީގެ ކޯޗަކަށް އަނެއްކާ ވެސް ކޮންޓޭ!
16 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!

16 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!
15 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި

15 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު