Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19ގެ އަސްލު ދެނެގަތުން

ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ފޭސް ދެއަކަށް ޑަބްލިޔުއެޗްއޯއިން ތައްޔާރުވަނީ

29 މެއި 2021 | ހޮނިހިރު 02:13

ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ދެވަނަ ފޭސް ކުރިޔަށް ގެންދަން އެމެރިކާއިން ވަނީ ގޮވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 މެއި 2021 | ހޮނިހިރު 02:13
ކޮވިޑް-19ގެ އަލްޓްރާސްޓްރަކްޗަރ އެއް

ކޮވިޑް-19ގެ އަލްޓްރާސްޓްރަކްޗަރ އެއް

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކުރަމުންދާ މަސައްކަތުގައި ދެވަނަ ފޭސްގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތުގެ ޕްރޮޕޯސަލްއެއް މާހިރުން އެކުލަވާލަމުން ގެންދާކަމަށް ޑަބްލިޔުއެޗްއޯގެ ސްޕޯކްސްވުމަން ފަދޭލާ ޗެއިބް ވިދާޅުވެއްޖެއެވެ.

ޑަބްލިޔުއެޗްއޯއިން މިކަން ހާމަކޮށްފައި މިވަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ދެވަނަ ފޭސްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އެމެރިކާއިން ގޮވާލާފައިވަނިކޮށެވެ. އެމެރިކާއިން ވަނީ މިނިވަން ޓީމަކުން އެމަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި މާހިރުންގެ ޓީމަށް ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ ސާމްޕަލްތަކުގެ އަސްލާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

އެމެރިކާއިން މިކަމަށް ގޮވާލާފައިވަނިކޮށް އިނގިރޭސިވިލާތުންވެސް ވަނީ ހަމަ އެމޭރުމުން ވާހަކަދައްކާފައެވެ.

ޑަބްލިޔުއެޗްއޯގެ ސްޕޯކްސްވުމަން ހުކުރު ދުވަހު ވިދާޅުވީ އެޖަމިއްޔާގެ މާހިރުންގެ ޓީމަކުން ވައިރަސްގެ އަސްލު ދެނެގަތުމުގެ ތަހުގީގުކުރިޔަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލެއް ތައްޔާރުކުރުމަށްފަހު ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދަނޮމް އަށް ހުށަހަޅާނެކަމަށެވެ. ނަމަވެސް އެކަންކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ.

މިހަފްތާގެ ކުރީކޮޅު ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ކަންކަމުގައި ހަރަކާތްތެރިވާ އިސް މާހިރެއް ކަމުގައިވާ މައިކް ރިޔާން ވިދާޅުވީ މިމަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރިޔަށް އޮތް ހަފްތާތަކުގައި މެމްބަރު ގައުމުތަކާއެކު ކުރިޔަށް ގެންދާނެކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ޓީމެއް މިދިޔަ އަހަރު ފަހުކޮޅު ޗައިނާއަށް ގޮސް ވަނީ ވައިރަސްގެ އަސްލު ދެނެގަތުމަށް ދިރާސާތަކެއްކޮށްފައެވެ. އެދިރާސާތަކަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއަކުން އުފައްދާފައިވާ އެއްޗެއްކަމަށް ދެކެވޭ ވާހަކަތަކަށް ބާރުދޭ ކަންކަން ފެނިފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 އަކީ ވާލުގެ ޒަރީއާއިން ފެނިފައިވާ ވައިރަހެއް ކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މިކަންކަން އިތުރަށް ބަލާ ތަހުގީގުކުރުމަށް އިތުރު ޑާޓާތައް ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2018

ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒްއަށް އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ

20 އޮކްޓޯބަރު 2018
ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒްއަށް އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ
14 އޮކްޓޯބަރު 2018

ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް

14 އޮކްޓޯބަރު 2018
ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް
29 ސެޕްޓެމްބަރު 2018

ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި

29 ސެޕްޓެމްބަރު 2018
ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި
14 މާރިޗު 2018

ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ

14 މާރިޗު 2018
ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ
25 ޖެނުއަރީ 2018

ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ

25 ޖެނުއަރީ 2018
ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ
28 ސެޕްޓެމްބަރު 2017

ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ

28 ސެޕްޓެމްބަރު 2017
ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ
27 ސެޕްޓެމްބަރު 2017

ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި

27 ސެޕްޓެމްބަރު 2017
ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި
16 އޯގަސްޓު 2017

ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި

16 އޯގަސްޓު 2017
ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި
27 މެއި 2017

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

27 މެއި 2017
ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް