Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމަށް ސަލާމުވުމަށް އެންގުން

ހއ. އަތޮޅުން ދ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފި

28 މެއި 2021 | ހުކުރު 09:49

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 މެއި 2021 | ހުކުރު 09:49
ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކޮށްފައިވޭ

ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކޮށްފައިވޭ

މޫސުން ގޯސްވެ، ހއ. އަތޮޅުން ދ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ މެންދުރު 02:15ން އިރުއޮއްސި 06:15ށެވެ. އެ އިދާރާއިން ބުނީ އެލަރޓް ނެރުނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭތީއާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާތީ ކަމަށެވެ.

Advertisement - newsAdvertisement

އަދި ކަނޑުތައް ގަދަވެ، އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިހެން ބުނެފައިވާއިރު މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ (ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ) ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ހިއްސާކޮށްފައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ނ. ކެނދިކުޅުދޫއަށް އުދައަރައި ރަށު ތެރޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކ. ދިއްފުއްޓަށް އުދައަރައި ވަރަށް ގިނަ ގެތަކަށް އުދައިގެ އަސަރުކޮށްފައިވާއިރު އއ. ތޮއްޑޫ، ހިމަންދޫ އަދި ރަސްދޫއަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.

މީގެ އިތުރުން އދ. ކުނބުރުދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވާއިރު އދ. ދަނގެއްޗަށް ވެސް އުދަ އަރައި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ދިޔަވަރު ބޮޑުވި ގަޑީގައި ވ. އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށްފައެވެ. އެގޮތުން ވ. ރަކީދޫއަށް ވަރަށް ބޮޑަށް އުދަ އަރައި ރަށު ތެރޭގައި ވަނީ ފެންބޮޑުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
01 މާރިޗު 2017

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް
01 މާރިޗު 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި

01 މާރިޗު 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ވައިޓް އެލާޓް ނެރެފި
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް