Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާރުކޭޓުގެ ވިޔަފާރި ދަށަށް ދިއުން

އިތުރު ކުރެވުނު ކާފިއު ގަޑިތަކާއެކު މާރުކޭޓުގެ ވިޔަފާރި ދަށަށް

29 މެއި 2021 | ހޮނިހިރު 12:23

ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓުތައް ހުޅުވާނީ ހެނދުނު 08:30ން މެންދުރު 03:30ށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 މެއި 2021 | ހޮނިހިރު 12:23
ވިޔަފާރިވެރިން ބުނަނީ މީހުން އަންނަނީ އަތުން ގުނާލެވޭހާ މަދުން ކަމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށް

ވިޔަފާރިވެރިން ބުނަނީ މީހުން އަންނަނީ އަތުން ގުނާލެވޭހާ މަދުން ކަމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑި އިތުރުކޮށް، އަޅާފައިވާ އިތުރު ހަރުކަށި ފިޔަވަޅުތަކާއެކު މާރުކޭޓުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ވިޔަފާރިވެރިން ބުނީ މީހުން އަންނަނީ އަތުން ގުނާލެވޭހާ މަދުން ކަމަށާ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ. މީގެ ކުރިން މާލެ ކައިރި ރަށްރަށުން ވެސް ވިޔަފާރި ކުރަން މީހުން އަންނަ ކަމަށާއި ނަމަވެސް މިހާރު އެ މީހުން ވެސް ނާންނާތީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި މިދުވަސްވަރު ހުޅނަގު މޫސުމުގެ ވިއްސާރަ ކުރަމުން ދިއުމާއެކު ބައެއް ރަށްރަށުގެ ދަނޑުތައް ހަލާކުވުމާ ގުޅިގެން ތަކެތީގެ އަގު އުފުލުން އެކަށީގެން ވާ ކަމަށް ވެސް ވިޔަފާރިވެރިން ބުނެއެވެ.

ފާއިތުވި ރަމަޟާން މަހު މާރުކޭޓުގެ ވިޔަފާރި ދަށްވި ނަމަވެސް މިހާރު އެވަރަށް ވެސް ވިޔަފާރި ނުވާ ކަމަށް ބުނެއެވެ. އަދި ކޮވިޑްގެ މި ހާލަތާއެކު ބައެއް މީހުން މާރުކޭޓަށް ވިޔަފާރި ކުރަން އަންނަން ޖެހިލުންވާ ކަމަށް ވެސް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މަސްމާރުކޭޓޫގައި ވެސް މަހުގެ އަގުތައް އުފުލިފައިވާއިރު އެ ތަނުގައި ތިބޭ ވިޔަފާރިވެރިން ބުނީ މި ހާލަތުގައި މަސް ބާނަންދާ މީހުން މަދު ކަމަށާއި މިހާރު މަސް ލިބުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މާރުކޭޓުތަކުގެ ވިޔަފާރި ދަށަށް ގޮސްފައިވާއިރު މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓުތައް ހުޅުވާނީ ހެނދުނު 08:30ން މެންދުރު 03:30ށް ކަމަށެވެ. އަދި ކޮންމެ ގޮޅިއަކަށް ވެސް ދޫކުރަނީ އެއް ފާސް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ގަޑި ހަވީރު 4:00ން ހެނދުނު 8:00ށް ވަނީ އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން އެހެން ގަޑިތަކުގައި ބޭރަށް ނުކުމެ އުޅުމުގައި އިތުރު ހިފެހެއްޓުންތަކެއް އަޅަން ނިންމާފައިވާއިރު، ކާފިއު ނޫން ގަޑީގައި ކޮންމެ ގެއަކަށް ވެސް ރެސިޑެންޝަލް ޕާމިޓެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ

22 އެޕްރީލު 2017
އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ
12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް