Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޔަރާއި ރައީސް ސާލިހު ބައްދަލުކުރެއްވުން

ކިންގް ސަލްމާން މިސްކިތުގެ ނަމާދުުކުރާ ފަންގިފިލާތައް ހުޅުވައިދިނުމަށް އެދުނިން - މުއިއްޒު

ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް ބަދަލުކުރުމަށްވެސް އެދިވަޑައިގެންނެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 މެއި 2021 | ހުކުރު 06:44
ކިންގް ސަލްމާން މިސްކިތް، ސައުދީ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެއް

ކިންގް ސަލްމާން މިސްކިތް، ސައުދީ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެއް

ކިންގް ސަލްމާން މިސްކިތުގެ ނަމާދުކުރާ ފަންގިފިލާތައް ވަގުތީ ގޮތުން ހުޅުވައިދިނުމަށް ރައީސްގެ އަރިހުން މާލޭގެ މޭޔަރު އެދިވަޑައިގެންފިއެވެ.

މާލޭގައި ހުރި ކަންބޮޑުވުންތަކާއި، ސިޓީ ކައުސިލުން ކުރަން ނިންމާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއެކު މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ބުރާސްފަތިދުވަހު ބައްދަލު ކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގެ ތަފްސީލް ހިއްސާ ކުރައްވަމުން މޭޔަރ ވިދާޅުވީ، ކިންގް ސާލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވުނު ނަމަވެސް ވަގުތީ ގޮތުން ނަމާދުުކުރާ ފަންގިިިފިލާތައް ހުޅުވައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސައުދީ އެމްބަސީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް މުއިއްޒު ހާމަކުރެއްވިއެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ތާރީޚުތަކެއް ކަނޑައެޅުނު ނަމަވެސް ކޮވިޑުގެ މިހާލަތުގައި ސައުދީ ވަފްދަށް ނާދެވުމުގެ ސަބަބުން އެކަން ވަނީ ކެންސަލް ކުރައްވާފައެވެ.

މީގެ އިތުރުން މަޝްވަރާކުރެވުނު ބައެއް އެހެން ކަންކަމުގެ ތެރޭގައި ވިލިމާލޭގައި ގެދޮރު އިމާރާތް ކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށް ވިލިމާލެ ރައްޔިތުންނަށް ގެދޮރު އިމާރާތް ކުރުމަށް ބޭންކްތަކުން ލޯނު ހޯދުމުގައި ލުއިފަސޭހަތަކެއް ހޯދައި ދިނުން ހިމެނެއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާއި ބަޖެޓު ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ. އެކަމުގައި ރައީސްގެ ވިސްނުންފުޅުވެސް އެއްގޮތް ކަަމަށާއި، އެކަން ވަރަށް އަވަހަށް ވެގެންދާނެކަމުގެ ފެހި ސިގްނަލް ރައީސް ދެއްވި ކަަމަށް މޭޔަރ ވިދާޅުވިއެވެ.

ސިޓީ ކައުންސިލަށް ގެނައި އާ ބަދަލުތައްވެސް ރައީސާ ހިއްސާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. ހިންގުން ހަރުދަނާ ކުރުމަށް މިނިސްޓްރީތަކުން އެއްބާރުލުން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި، ޖާގަައިގެ ދަތިކަން ހައްލު ކޮށްދިނުމަށް އެދި ވަޑައިގެންނެވި ކަމަށް ވިދާޅުވިއެެވެ.

މޭޔަރ ވިދާޅުވީ، ރައީސާއެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2018

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި

09 ޖުލައި 2018
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި
18 ޖޫން 2018

ކުމުންދޫގެ ހުކުރު މިސްކިތުގެ ކުލަ ވެސް ބަދަލުކުރަން އަންގައިފި

18 ޖޫން 2018
ކުމުންދޫގެ ހުކުރު މިސްކިތުގެ ކުލަ ވެސް ބަދަލުކުރަން އަންގައިފި
16 ފެބުރުއަރީ 2018

ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު

16 ފެބުރުއަރީ 2018
ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު
03 ފެބުރުއަރީ 2018

ޑިރެކްޓަރ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އިސްތިއުފާ ދެއްވައިފި

03 ފެބުރުއަރީ 2018
ޑިރެކްޓަރ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އިސްތިއުފާ ދެއްވައިފި
17 ޖުލައި 2017

ކިންގް ހާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް ބުދަ ދުވަހު އިންޓަވިއު ކުރަނީ!

17 ޖުލައި 2017
ކިންގް ހާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް ބުދަ ދުވަހު އިންޓަވިއު ކުރަނީ!
04 ޖުލައި 2017

އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި

04 ޖުލައި 2017
އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި
19 ޖޫން 2017

ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް

19 ޖޫން 2017
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް  ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް