Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮރިއެންޓޭޝަން ޕްރޮގްރާމް

ގޮންޖެހުންތަކާއި ދަތިތައް ހައްލުކޮށްދިނުމަށް އެލްޖީއޭ އޮންނާނީ އަބަދުވެސް ތައްޔާރަށް - އަފްޝަން

އެންމެ ބޮޑު އިސްކަމެއް ދޭނީ ލާމަރުކަޒީ ނިޒާމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 17:59
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރާ މުހިންމު މަސައްކަތުގައި ދިމާވާ އެންމެހާ ގޮންޖެހުމާ ދަތިތައް ހައްލުކޮށްދިނުމަށް އެންމެ ގާތުން މަސައްކަތްކުރާނެ އިދާރާކަމުގައި ވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކުރެވިގެން މިމަހުގެ 23 އިން 27އަށް ކުރިއަށް ގެންދެވުނު އޮރިއެންޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ އެ އޮތޯރިޓީން އެންމެ ބޮޑު އިސްކަމެއް ދޭނީ ލާމަރުކަޒީ ނިޒާމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށާ، މިނިޒާމާ މެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަށާ، މިނިޒާމުގެ ސަބަބުން ސީދާ ރައްޔިތު މީހާއަށް ފައިދާ ލިބޭކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި މިކަން ކުރެވޭނީ ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެ އޮތޯރިޓީއާ އޮންނަ ގުޅުން ވަރުގަދަވެ ހަރުދަނާވެގެން ކަމަށެވެ. މީގެ ކުރިންވެސް އެލްޖީއޭއާ ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެދުގައި ވަރަށް ގާތް ގުޅުމަކާ އިތުބާރެއް އޮންނަކަން ފާހަގަކުރައްވާ އެކަން އެގޮތަށް ދެމިއޮންނާނެކަމަށް އުންމީދު ކުރައްވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އޮރިއެންޓޭޝަން ޕްރޮގްރާމް ނިމުމަކަށް އައި ނަމަވެސް، މީގެ އިތުރުންވެސް ކައުންސިލްތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކެޕޭސިޓީ ބިލްޑިންގ އަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ވިސްނާކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ފާސްކުރެވުނު އެލްޖީއޭގެ ކުރިއަށް އޮތް 3 އަހަރުގެ އެކްޝަން ޕްލޭންގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަމަކީ ކައުންސިލްތަކަށް ތަމްރީނާ ތަޖުރިބާގެ ފުރުސަތުތައް ހޯދަދިނުން ކަމަށާ، މިކަމަށް މިހާރުވެސް މަސައްކަތް ކުރެވެމުން ދާކަމަށެވެ. ހަމައެއާއެކު، ކައުންސިލަރުން ހުވާކުރައްވާތާ 3 މަސް ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭނާ ލޯކަލް ޑިވެލޮޕްމަންޓް ޕްލޭން ހުށަހަޅުއްވަން ލާޒިމްވާތީ، މިކަމަށް އަމާޒުކޮށްގެން ސެޝަންތަކެެއް ނެގުމަށްވެސް ތައްޔާރުވަމުންދާކަމަށް އަފްޝަން ވިދާޅުވިއެވެ.

މި އޮރިއެންޓޭޝަނަށް 13 މުއައްސަސާއަކުން 25 ޕްރެޒެންޓަރުން އެލްޖީއޭ ހިމެނިގެން ބައިވެރިވެވަޑައިގެންފައިވެއެވެ. ޕްރޮގްރާމްގެ ސެޝަން ތަކުގައި 1000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފާތީއާއި ވަރަށް ގިނަ ބޭފުޅުން ގްރޫޕްއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވާތީ މިއަދަދު މިއަށްވުރެ ގިނަ ވާނެކަމަށް އެލްޖީއޭއިން ބުނެއެވެ. މިއޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ ގިނަ ފަރާތްތަކެއްގެ އެހީއާ އެއްބާރުލުމާ އެކީގައެވެ. އެގޮތުން މިޕްރޮގްރާމް ހިންގުމަށް އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް މޯލްޑިވްސް (އައިއާރްއައިމޯލްޑިވްސް) ގެ ބޮޑު މާލީ އަދި ފަންނީ އެހީތެރިކަމެއް ލިބިފައިވެއެވެ.

މިޕްރޮގްރާމްގެ ސެޝަންތައް ނެންގެވުމުގައި، އައިއާރުއައިގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ، ސަރުކާރުގެ 6 ވުޒާރާއަކާ 2 މުއައްސަސާއަކާ، ޔޫއެންޑީޕީއާ ޓްރާންސްޕޭރަންސީ މޯލްޑިވްސް ބައިވެރިވިއެވެ. އޭގެތެރޭގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ސިވިލް ސަރވިސް ކޮމިޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނެއެވެ.

އެލްޖީއޭކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

21 ނޮވެމްބަރު 2025
އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

އައްޑޫ ބައިބައި ކުރުން: ވަކި އަތަކަށް ބުރަވެ ރައީސް މުއިއްޒު ތަފްސީލު ކޮށްދެއްވީ ކަން އޮންނަ ގޮތުގެ އެއްފަރާތް

21 އޮކްޓޯބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު