Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑަބްލިޔުއެސްސީގެ ޑިސްކައުންޓް

އެމްޑަބްލިޔުއެސްސީން މެއިމަހުގެ ބިލުން ޑިސްކައުންޓް ދެނީ

ގްރޭޓަރ މާލެ ސަރަހައްދާއި ރ.ދުވާފަރު ، ކ.މާފުށި އަދި ހދ ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއެއްގެ ބިލުން ޑިސްކައުންޓް ދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މެއި 2021 | ބުރާސްފަތި 15:10
އެމްޑަބްލިޔުއެސްސީ ބިލްޑިންގ

އެމްޑަބްލިޔުއެސްސީ ބިލްޑިންގ

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ފެންބިލާއި ކަރަންޓު ބިލުން ބޮޑެތި ލުއިތަކެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ނިންމެވި ނިންމެވުމާއި ގުޅިގެން މެއިމަހުގެ ކަރަންޓާއި ފެންބިލުތަކުން ޑިސްކައުންޓް ދިނުމަށް އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި މެއި މަހުގެ ފެން އަދި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު, ކ.މާފުށި އަދި ހދ ކުޅުދުއްފުށީގެ ކޮންމެ ގޭބިސީއެއްގެ މެއި މަހުގެ ފެންބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ ފެން ބިލުން 20 އިންސައްތަ ޑިސްކައުންޓް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެއިތުރުން އެމްޑަބްލިޔުއެސްސީން ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މިގޮތުން ދުވާފަރުގެ ކޮންމެ ގޭބިސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ފެން ބޭނުންކުރުމުގައި ވީހާވެސް އިސްރާފުވުން ކުޑަވާގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ފެން ބިލާއި ކަރަންޓު ބިލުން ލުއިތަކެއްދީފައެވެ.

އެމްޑަބްލިޔުއެސްސީ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު