Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލަންކާ ކައިރިން އާގުބޯޓެއް އަނދަމުން ދިއުން

އަނދަމުންދާ އާގުބޯޓުގެ ހާލަތު މި ދަނީ ބަލަމުން، އަދި ނުރައްކަލެއް ނެތް!

ނުރައްކާ ނެތީ ޙާދިސާ ހިނގީ ލަންކާ ކައިރީގައިވުމުންނާއި، ހުޅަނގު މޫސުމުގެ އޮޔާ ވައި މިވަގުތު ހުރިގޮތުންކަމަށް ވަނީ ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 11:28
ލަންކާ ކައިރިން ނުރައްކާތެރި ކެމިކަލްތަކެއް ހުރި އާގުބޯޓެއް ދަނީ އަނދަމުން

ލަންކާ ކައިރިން ނުރައްކާތެރި ކެމިކަލްތަކެއް ހުރި އާގުބޯޓެއް ދަނީ އަނދަމުން

ނުރައްކާތެރި ކެމިކަލްތަކަކާއެކު ލަންކާ ބޭރުގައި އަނދަމުންދާ އާގުބޯޓުގެ ހާލަތު ބަލަމުންދާކަމަށާއި، މިހާތަނަށް އައިރު މި ހާދިސާއިން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހާމަކޮށްފިއެވެ.

ނުރައްކާތެރި ކެމިކަލްތަކެއް ބަރުކޮށްގެން ލަންކާ ކައިރިން ދަތުރުކުރަމުންދިޔަ އާގުބޯޓެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ދަނީ އަނދަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ވާހަކަދައްކަވަމުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް ސަލީމް ވަނީ މި ހާދިސާ ހިނގާފައިވަނީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުންކަމުގައި ވިދާޅުވެފައެވެ. މި ސަބަބާއި ހުޅަނގު މޫސުމުގެ އޮޔާ ވައި މިވަގުތު ހުރިގޮތުން މި ހާދިސާއިން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އަދި ނެތްކަމަށް ވިދާޅުވިއެވެ. ކާނަލް ސަލީމްވަނީ މިކަން އެމްއެންޑީއެފް ކޯސްޓް ގާޑް އިސްވެ އޮވެ އެންވަޔަރަމެންޓް މިނިސްޓްރީ އަދި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ގާތުން ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ނަޞީރު ވަނީ ރާއްޖެއިން ވެސް ބަލަންޖެހޭކަންކަން އެމްއެންޑީއެފް ކޯސްޓް ގާޑުން އިސްވެ އޮވެ ޒިންމާވާ މުއައްސަސާތަކުން ބަލަމުންދާކަމަށެވެ. އެގޮތުން މި ހާދިސާގެ ސަބަބުން ނުރައްކާތެރި ކެމިކަލްތަކަކާއި ތެޔޮ ކަނޑަށް ލީކުވެފައިވާކަމަށް ޚަބަރުތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ. މިވަގުތު ކަންތައްތައް މޮނީޓަރކުރަނީ ލަންކާ ސަރުކާރުގެ ބަޔާންތަކާއި، ޚަބަރުތަކަށް ބެލުމަށްފަހުގައިކަމަށް ވިދާޅުވިއެވެ. އަދި މި މިވަގުތު ލިބިފައިވާ މަޢުލޫމާތުން މި ހާދިސާގައި ލީކުވެފައިވާ އެއްވެސް އެއްޗެއްގެ އަސަރު ރާއްޖެ ސަރަހައްދަށް އައުން އެކަށީގެން ނުވާއިރު މިކަމުގެ ސީދާ ނުރައްކާ ރާއްޖޭގެ ރަށްރަށަށް ނުކުރާކަމަށް ވިދާޅުވިއެވެ.

ސްރީލަންކާ ކައިރިން އާގުބޯޓުގައި ރޯވެ އަނދަމުންދާތާ މިހާރު ވަނީ ހަފުތާއެއް ވެފައެވެ. މި އާގު ބޯޓުގައި ތިބި ހުރިހާ ފަޅުވެރިން ލަންކާގެ ކަނޑުގެ ސިފައިން ވަނީ ސަލާމަތްކޮށްފައެވެ. ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ރޯވެފައިވާ އާގުބޯޓުގައި ޖުމުލަ 25 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާއި ފިލިޕީންސާއި ރަޝިޔާގެ ފަޅުވެރިން ހިމެނެއެވެ. ބޯޓުގައި ތިބި އިންޑިޔާގެ 2 ފަޅުވެރިން ސަލާމަތްކުރުމުގައި ލިބުނު ބޮޑެތި ޒަޚަމުތަކުގެ ސަބަބުން އެ މީހުންނަށް ފަރުވާދިނުމަށް ކޮލޮންބޯ ނެޝަނަލް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި "އެކްސް-ޕްރެސް ޕާރލް"ގެ ނަން ދީފައިވާ އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25 ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

ސިންގަޕޫރުގައި ދަފުތަރުކޮށްފައިވާ އާގުބޯޓުގައި ހުރި ބައެއް ކޮންޓޭނަރުތައްވަނީ ކަނޑަށް ވެއްޓިފައެވެ. މި އާގުބޯޓުގައި 25 ޓަނުގެ ނައިޓްރިކް އެސިޑްގެ އިތުރުން 300 ޓަނަށްވުރެ ގިނަ އެކި ބާވަތުގެ ތެޔޮ ހުރިކަމަށް ލަންކާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ކޮންޓޭނަރުތަކުގައި ހުރި ނުރައްކާތެރި ސާމާނު ސްރީ ލަންކާގެ ގޮނޑުދޮށްތަކަށް ލެއްގި ނަމަވެސް އެ ތަކެތި ނުނެގުމަށް މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މަސްވެރިން ރޯވެފައިވާ ބޯޓާ ކައިރިނުވުމަށްވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންވަނީ އަންގައިފައެވެ. މި ހާދިސާގެ ސަބަބުން ލަންކާގެ ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު އޮތް އިރު، ކަނޑަށް ވެއްޓިފައިވާ ކޮންޓެއިނަރުތަކުން ނުރައްކާތެރި ކެމިކަލް ލަންކާގެ ކަނޑުގެ ސަރަހައްދަށް ލީކުވެ ކަނޑުގެ ދިރުމަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ލަންކާގެ ސަރުކާރުން ބުނެއެވެ. އިންޑިޔާގެ އެހީތެރިކަމާއެކު ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަދިވެސް ދަނީ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަމުންނެވެ. މި ހާދިސާގެ ސަބަބުން ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ އެހެން ޤައުމުތަކަށް ހުރީ ކިހާ ނުރައްކަލެއްކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ނުރައްކާތެރި ކެމިކަލްތަކެއް ބަރުކޮށްގެން ލަންކާ ކައިރިން ދަތުރުކުރަމުންދިޔަ، އާގުބޯޓެއް އަނދަމުންދާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ސްރީލަންކާ ކައިރިން ދަތުރުކުރަނިކޮށް ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ ކަނޑުގެ ސަރަހައްދަށް ތެޔޮ ވެސް ވަނީ ލީކުވެފައެވެ. އެހެންނަމަވެސް، ސަރަހައްދީ ބާރުތައް ގުޅިގެން ކުރި މަސައްކަތުން މި އަލިފާންގަނޑު ކޮންޓްރޯލްކޮށް ދިމާވި ނުރައްކާތައް ވަނީ ނައްތާލާފައެވެ.

ސްރީލަންކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު