Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުން ގޯސްވުން

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފި

ކ. އަތޮޅުން އައްޑޫ ސިޓީއަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 18:49
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް ވަނީ އެދިފައި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުވުމަށް ވަނީ އެދިފައި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރިފައިވަނީ ތ. އަތޮޅުން އައްޑޫ ސިޓީއަށް އަދި ކ. އަތޮޅު ދ. އަތޮޅަށެވެ. އެގޮތުން ތ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު 11:00ން ފަތިހު 4:00 އަށެވެ. އަދި ކ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު 10:00ން ފަތިހު 4:00 އަށެވެ.

Advertisement - newsAdvertisement

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ކ. އަތޮޅުން އައްޑޫ ސިޓީއަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ. މީގެ އިތުރުން ކަނޑުގަދަވެ އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ބުދަ ދުވަހުގެ ރޭގަނޑު 8:00ން ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00ށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 4 - 8 ފޫޓުގައި ކަމަށާއި، ދިޔަވަރު  ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

އަދި މޫސުން ގޯސްވާނެތީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައިވެއެވެ.

މޫސުންމޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު