Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަލި މީހަކަށް އަނިޔާކުރުން

ބަލިމީހާ އަށް އަނިޔާކުރި ބޭރުމީހާ ހައްޔަރުކޮށްފި

26 މެއި 2021 | ބުދަ 14:35

ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 26 މެއި 2021 | ބުދަ 14:35
ޚާއްސަ އެހީއަށް ބޭނުންވާ ބަލި މީހަކަށް އެހީތެރިޔާ އަނިޔާ ކުރާ މައްސަލައެއް

ޚާއްސަ އެހީއަށް ބޭނުންވާ ބަލި މީހަކަށް އެހީތެރިޔާ އަނިޔާ ކުރާ މައްސަލައެއް

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގައިގައި ތަޅާ އަނިޔާކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި އެމީހާ އަކީ އާއިލާގެ ފަރާތުން ބަލި މީހާއަށް އެހީތެރިވުމަށް ބަހައްޓާފައިވާ ކެއާޓޭކަރ އެކެވެ. މީހުންގެ އެހީތެރިކަމާ ނުލައި ނޯވެވޭ ވަރުގެ ބަލި މީހުންގެ ގާތުގައި އާއިލާގެ ފަރާތުން މީހަކު ބަހައްޓަން އެޗްޕީއޭއިން އަންނަނީ ހުއްދަ ދެމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހިނގި މި ހާދިސާގައި އަނިޔާކުރީ އެ ފެސިލިޓީގެ މުވައްޒަފެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް ފެތުރެމުންދާތީ އައިޖީއެމްއެޗް އިން ވަނީ އެކަން ދޮގުކޮށްފައެވެ. ފެސިލިޓީގައި މަސައްކަތްކުރަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. ހޮސްޕިޓަލުން ވަނީ އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންނަށްދީ އެކަން ވަރަށް ގާތުން ބަލާ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން ބުނީ އެ އަމަލު ކުށްވެރިކުރާ ކަމަށެވެ. އަދި މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓު ޓީމުން ބަލި މީހާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާ ބެހޭ އިދާރާތަކާއި އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި އެތަނުގައި އެކަން ހިނގާތާ ވަނީ ދެތިން ދުވަހެއް ވެފައެވެ. އަދި އެމީހާއަށް އަނިޔާކޮށް އެމީހާ ރޯ އަޑު ތަނުގައި ތިބި އެހެން ބަލި މީހުންނަށް ވެސް އިވެއެވެ. ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވެ އެކަން ފެންމަތިވެފައިވާއިރު އެނގިފައިވާގޮތުގައި އެ ވީޑިއޯ ވެސް ނަގާފައި ވަނީ ތަނުގައި އޮތް ބަލި މީހެކެވެ.

އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެހީއަށް އެދުމުން އެމީހާއަށް އަޑު ލައި ހަޅޭއް ލަވައި ރުއިމުން ކޯމަތީގައި ބާރަށް ޖަހާތަން ވެސް ފެނެއެވެ. އަދި ހުއްޓާލަން އިންޒާރުދޭ ތަން ވެސް ފެނެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީމޯލްޑިވްސް ޕޮލިސް ސަރވިސްޖެންޑަރ މިނިސްޓްރީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް