Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ހައުސްގެ މަސައްކަތް

"އެފްއޭއެމް ހައުސްގައި ކޮވިޑް ފެސިލިޓީއެއް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް"

26 މެއި 2021 | ބުދަ 12:59

އެފްއޭއެމް ހައުސް 20 ބުރިއަށް ތަރައްގީކުރަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 މެއި 2021 | ބުދަ 12:59
ނައިބު ރައީސް ފައިސަލް ނަސީމާއި، ކުޅިވަރާ  ބެހޭ ވަޒީރާއި، ސިއްހަތާ ބެހޭ ވަޒީރާއެކު ބައްސާމް އެފްއޭއެމް ހައުސްގައި

ނައިބު ރައީސް ފައިސަލް ނަސީމާއި، ކުޅިވަރާ ބެހޭ ވަޒީރާއި، ސިއްހަތާ ބެހޭ ވަޒީރާއެކު ބައްސާމް އެފްއޭއެމް ހައުސްގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްގައި ކޮވިޑް ފެސިލިޓީއެއް ހަދަން ދިނުމަކީ މި ދަނޑިވަޅުގައި ފުޓްބޯޅަ އާއިލާއަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަންތައް ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން އެފްއޭއެމް ހައުސް ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބޭނުމަށް ދޫކޮށްފައެވެ. އެއާއެކު އެމްއެންޑީއެފް ސާވިސް ކޯގެ ބެލުމުގެ ދަށުން އަންނަނީ އެ އިމާރާތުގައި ކޮވިޑް ފެސިލިޓީއެއް ތަރައްގީކުރަމުންނެވެ. އަދި މިހާރު އެ ފެސިލިޓީގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް ދާދި ފަހުން އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ.

އެފްއޭއެމުގެ އިމާރާތް އެޗްޕީއޭ ބޭނުމަށް ދޫކޮށްފައިވަނީ އެ އިމާރާތް 20 ބުރިއަށް ތަރައްގީކުރުމަށް ސައުތު ކޮރެޔާގެ ސްކައި ވިންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެ މަސައްކަތް ސްކައި ވިންޑް ކުންފުންޏާ ހަވާލުކުރި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އެ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށާފައެއް ނުވެއެވެ. އެކަމަކު މީގެ ކުރިން އެފްއޭއެމުން އެ އިމާރާތް ހުސްކުރިއިރު، މިހާރު އެފްއޭއެމުން ޚިދުމަތް ދެމުން އަންނަނީ ޗާންދަނީ މަގުގައި ހުންނަ އޮފީހެއްގައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމް ހައުސްއަކީ ކޮވިޑް ފެސިލިޓީއެއް ތަރައްގީކުރުމަށް ފެންވަރު ރަނގަޅު އިމާރާތެއް ކަމަށާއި، އެ އިމާރާތް ބަދަލުކުރީ އެތަން ތަރައްގީކުރުމަށް ކަމަށެވެ. އެކަމަކު ކޮވިޑުގެ ފެސިލިޓީތައް މަދުވެގެން އުޅޭ ދަނޑިވަޅެއްގައި މި ވަގުތަށް އެންމެ މުހިންމު ކަމަކީ އެފްއޭއެމް ހައުސްވެސް އެޗްޕީއޭގެ ބޭނުމަށް ދިނުން ކަމަށާއި، މިއީ މި ދަނޑިވަޅުގައި ފުޓްބޯޅަ އާއިލާއަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަންތައް ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސްވެސް އެ އިމާރާތް އެޗްޕީއޭ ބޭނުމަށް ދޫކުރުމަށް މަޝްވަރާތަކުގައި ވިދާޅުވެފައިވާނެ ކަމަށާއި، އެހެންކަމުން އެފްއޭއެމް ހައުސްގެ މަސައްކަތްތައް މި ދަނޑިވަޅުގައި މަޑުޖައްސާލެވިދާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ކޮރެއާ ކުންފުނީގެ ބޭފުޅުންނަށް ރާއްޖެ ނާދެވި، އެ އިމާރާތުގެ މަސައްކަތް ލަސްވި ކަމަށާއި، އެކަމަކު މިހާރު އެ ކުންފުނީގެ ބޭފުޅުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ލިޔެކިއުންތަކުގެ މަސައްކަތް ކަމަށާއި، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ހުއްދަތަކަށް އެދެވިގެންދާނެ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތް ކުރެވޭއިރު، އެ އިމަރާތުގެ ގިނަ ފަންގިފިލާތައް ބޭނުން ކުރެވޭނީ ފުޓުބޯޅައަށް ޚަރަދުކުރުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެފްއޭއެމުން އަންނަނީ ހިއްކި ބިން ސަރަހައްދު (ޓާފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ އިމާރާތެއްވެސް ހަދަމުންނެވެ. އެ އިމާރާތުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް