Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ހާލަތު

ކޭސްތައް މިގޮތަށް އިތުރުވަމުންދާނަމަ މީހުން މަރުވާ ނިސްބަތް މަތިވާނެ - ޑރ ނަޒްލާ

އެންމެ ޕީކްގައި ދުވާލަކަށް 7000 މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާކޮށްފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 މެއި 2021 | ބުދަ 03:36
ޑރ ނަޒްލާ މުސްތަފާ - ކުއްލިއަކަށް ޑެތް ރޭޓް ދަށަކަށް ނުދާނެ، އެކަމަށް ވަގުތު ނަގާނެ

ޑރ ނަޒްލާ މުސްތަފާ - ކުއްލިއަކަށް ޑެތް ރޭޓް ދަށަކަށް ނުދާނެ، އެކަމަށް ވަގުތު ނަގާނެ

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިގޮތަށް އިތުރުވަމުންދާނަމަ މީހުން މަރުވާ ނިސްބަތް މަތި ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ޑެތް ރޭޓް މިހާރު އުޅެނީ 0.3 ގައި ކަމަށެވެ. މި އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށާއި، ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ކުރެވެން ޖެހޭ ކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މާބޮޑު ފިޔަވަޅުތަކެއް ނާޅައި މި ވަގުތު ދޫކޮށްލައިގެން ތިބެފިނަމަ އެންމެ ޕީކްގައި ދުވާލަކު 7،000 މީހުން ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށް އެންމެ ފަހުގެ ޕްރޮޖެކްޝަނުން ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. ވިދާޅުވީ، މިއީ ބަލީގެ ހާލަތު ވަޒަންކުރުމަށް، މިދިޔަ މެއި މަހު ޑރ. ޝީނާ މޫސާ ހައްދަވާފައިވާ ޕްރޮޖެކްޝަނެއް ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ހަފްތާ ތެރޭގައި ޑރ. ޝީނާ ހެއްދެވި ޕްރޮޖެކްޝަނުން ދައްކާ ގޮތުގައި މާބޮޑު ރެސްޓްރިކްޝަންއެއް ނެތް ނަމަ އެންމެ ޕީކް ދުވަހު ގާތްގަނޑަކަށް 7،000 މީހުން ޕޮޒިޓިވް ވާނެ ކަމަށާއި، އެންމެ ކުޑަކޮށް އަޅާ ފިޔަވަޅުތަކާ އެކު ޕީކް ދަށްކުރެވޭނީ ދުވާލަކު 6،000 އަށް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ނެގި ވަރުގެ މޮޑެރޭޓް ރެސްޓްރިކްޝަނެއް ނަމަ، އެންމެ ގޯސް ހާލަތުގައި ވެސް އެންމެ ޕީކްގައި ޕޮޒިޓިވް ވާނީ ދުވާލަކަށް 3،000 ކަމަށް، ޑރ. ޝީނާގެ ޕްރޮޖެކްޝަނާ ހަވާލާދެއްވައި ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ލޮކްޑައުންއަކަށް ނުގޮސް، އެކަމަކު ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްގެން ޕީކް ވެސް 1،500 އަށް ވުރެ ދަށުގައި ހިފެހެއްޓޭނެ ކަމަށް ޕްރޮޖެކްޝަނުން ދައްކާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު ލޮކްޑައުނެއް ނުވަތަ ވަރަށް ވަރުގަދަ ރެސްޓްރިކްޝަނެއް ނަމަ އެންމެ ޕީކް އިރު ވެސް ކޮންމެ ދުވަހެއްގެ ކޭސްތައް 500 އާ ހަމަޔަށް ނުގޮސް ހިފެހެއްޓޭނެ ކަމަށް އޭރުގެ ޕްރޮޖެކްޝަނުން ދައްކާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެން ކަމުން ބުދަ ދުވަހުން ފެށިގެން އަޅާ ފިޔަވަޅުތަކުން ކޭސް ތަކުގެ އަދަދު މަދު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަންބަރުތައް ދަށްވި ކަމުގައި ވިޔަސް ކޮވިޑްގައި މީހުން މަރުވާ ނިސްބަތް ކުއްލިއަކަށް ދަށް ނުވާނެ ކަމަށާއި، އަލަށް ބަލި ޖެހޭ މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެތީ އޭގެ ތެރޭގައި ވެސް ފުރާނައަށް ނުރައްކާވެދާނެ މީހުން ތިބޭނެތީ އެ އަދަދު ދަށްވާން ވަގުތު ނަގާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ލޮކްޑައުން ފަދަ ހަރުކަށި ފިޔަވަޅުތަކާ އެކު އަވަހަށް ނަންބަރުތައް ދަށްކުރެވިގެން މަރުވާ މީހުންގެ އަދަދު ވެސް ދަށްކުރެވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިޓީގައި ނަރުހުންގެ އަދަދު މަދު ކަމަށާއި، އެހެންކަމުން ފަރުވާ ދިނުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އައިސީޔޫ ބެޑް އަދި އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން 11 އެނދު ހުޅުމާލެ އައިސީޔޫގައި ހުރިއިރު، މިހާރު ބަލިމީހުން ތިބީ 5 އެނދުގައި ކަމަށެވެ. އެނދު ހުއްޓަސް ނަރުހުންނާއި ޑޮކްޓަރުން މަދުވުމުން ދިމާވާ ދަތިތައް އެބަހުރި ކަމަށެވެ.

ކޮވިޑް-19މާލެ ލޮކްޑައުން ކުރުންރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހެލްތު މިނިސްޓްރީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު